Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްރިކަލްޗާ ޒޯން

އެގްރިކަލްޗާ ޒޯންގައި ކުކުޅު ބިސް ޕޯލްޓްރީ ފާމް އެއް ޤާއިމްކުރަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރު ކުރީކޮޅު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 މެއި 2024 | ހޯމަ 13:23
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ

އުތުރުތިލަފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެގްރިކަލްޗާ ޒޯންގައި ކުކުޅު ބިސް ޕޯލްޓްރީ ފާމް ނުވަތަ ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން މިނިސްޓަރ ރަމީލާ ވިދާޅުވީ އުތުރުތިލަފަޅުން ދަނޑުވެރިކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ފުރަތަމަ ފިޔަވަހީގައި ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެެ. މީގެ އިތުރުން އެ ޒޯންގައި ކުކުޅުގެ ކާނާވެސް ހައްދާނެ ކަމަށް ޑރ.ރަމީލާ ވިދާޅުވިއެވެ. ހަމައެހެންމެ އެ ތަނުގައި ކުކުޅުގެ ސިއްހީ ކަންކަން ބަލަހައްޓާ ފެސިލިޓީއެއް ވެސް ޤާއިމްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަން ކުރަން ނިންމާފައިވަނީ 100 ހެކްޓަރުގެ ބިމުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ރަމީލާ ވިދާޅުވީ އެގްރިކަލްޗާ ޒޯންގައި ދަނޑުވެރިކަން ކުރާނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެސަރަހއްދުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައް ޓެސްޓްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ދަނޑުވެރިކަމުގެ އިގްތިސާދީ ސަރަޙައްދެއް ގާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރު ކުރީކޮޅެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ

12 އޯގަސްޓު 2017
ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ
12 އޯގަސްޓު 2017

ރާއްޖެ އެތެރެކުރާ ބިސް އެމްއެފްޑީއޭއިން މޮނީޓަރ ކުރަން ފަށައިފި

12 އޯގަސްޓު 2017
ރާއްޖެ އެތެރެކުރާ ބިސް އެމްއެފްޑީއޭއިން މޮނީޓަރ ކުރަން ފަށައިފި
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
29 ޖޫން 2017

ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި

29 ޖޫން 2017
ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި
28 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

28 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި
12 ޖޫން 2017

ބިސް، ފިޔާ، އަލުއިގެ ފަސް ވަނަ ބެޗް ގެނެސް ހޯލްސޭލް ކުރަން ފަށައިފި

12 ޖޫން 2017
ބިސް، ފިޔާ، އަލުއިގެ ފަސް ވަނަ ބެޗް ގެނެސް ހޯލްސޭލް ކުރަން ފަށައިފި
07 ޖޫން 2017

ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި

07 ޖޫން 2017
ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
09 އެޕްރީލު 2017

ބިސްގަނޑު ލިބުން ލަސްވެގެން ވެއިޓަރުގެ ނިތްކުރި ފަޅާލައިފި!

09 އެޕްރީލު 2017
ބިސްގަނޑު ލިބުން ލަސްވެގެން ވެއިޓަރުގެ ނިތްކުރި ފަޅާލައިފި!
05 މާރިޗު 2017

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު