Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދަނޑުވެރިކަން

ވާޓިކަލް ފާމިންގ އަށް ފަސް ރަށެއް ހޮވައިފި

ވާޓިކަލް ފާމިންގ އަށް ހޮވާފައިވާ ރަށްތަކަކީ ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، އއ. މަތިވެރި އަދި ތ. ކިނބިދޫ އެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 30 ނޮވެމްބަރު 2024 | ހޮނިހިރު 13:19
ހައިޑްރޮޕޯނިކް ވާރޓިކަލް ފާމެއް

ހައިޑްރޮޕޯނިކް ވާރޓިކަލް ފާމެއް

ވާޓިކަލް ފާމިންގ މަޝްރޫޢުތަކަށް ފަސް ރަށެއް ހޮވައިފި ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ބުނެފައިވަނީ މިއީ ދަނޑުވެރިކަން ޒަމާނީކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އައިޝަތު ރަމީލާ ސަރުކާރުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިކަން ހާމަކުރައްވައި، މި މަޝްރޫޢަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

ވާޓިކަލް ފާމިންގ އަށް ހޮވާފައިވާ ރަށްތަކަކީ ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، އއ. މަތިވެރި އަދި ތ. ކިނބިދޫ އެވެ. މި ރަށްތައް ހޮވީ ކޮން ގޮތަކަށް ކަން ބަލާފައިކަން ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، މި ރަށްތަކުގެ ކައުންސިލް ތަކަށް އެ ރަށްތައް މަޝްރޫއު ހިންގުމަށް ހޮވިފައިވާ ކަން މިހާރު ވަނީ އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވާޓިކަލް ފާމިންގ އަށް ބޭނުންވާ ސްޓްރަކްޗަރތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި މި ތަކެތި 2025 ވަނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ތަކެތި ލިބުމުން، ވާޓިކަލް ފާމިންގ އަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ރަށްރަށުގެ ދަނޑުވެރިންނަށް ދިނުމަށް ސަރުކާރުން ތަމްރީނު ޕްރޮގްރާމްތައް ފަށާނެ ކަމަށާއި އަދި އިތުރު ޓެކްނިކަލް އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

"މެޓާބޯ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވައިފި

08 ނޮވެމްބަރު 2017
"މެޓާބޯ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވައިފި
07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
02 ނޮވެމްބަރު 2017

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި

02 ނޮވެމްބަރު 2017
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި
17 އޮކްޓޯބަރު 2017

ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

17 އޮކްޓޯބަރު 2017
ރީފްސައިޑް "މަރުހަބާ ރަމަޟާން 2017" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
03 އޮކްޓޯބަރު 2017

ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި

03 އޮކްޓޯބަރު 2017
ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ މިމަހުގެ ނަސީބުވެރިން ހޮވައިފި
02 އޮކްޓޯބަރު 2017

"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި

02 އޮކްޓޯބަރު 2017
"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި
21 ސެޕްޓެމްބަރު 2017

ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
02 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު