Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސް ފެކްޓަރީތަކުގެ ކަރަންޓް ހަރަދު ކުޑަކުރުން

މަސް ފެކްޓަރީތަކުގެ ކަރަންޓް ހަރަދު ކުޑަކުރުމުގެ ގޮތުން 35 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ

27 މެއި 2024 | ހޯމަ 08:16

މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2024 | ހޯމަ 08:16
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

މަސް ފެކްޓަރީތަކުގެ ކަރަންޓް ހަރަދު ކުޑަކުރުމުގެ ގޮތުން 35 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުގެ ޕްރޮޖެކްޓުގެ ތެރެއިން ސެކުއާ ކުރެވޭ ކަމަށެވެ. އަދި މިމަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދާނީ ކޮން ދިމާލެއްގައިތޯ ބަލައި، އެންމެ ކަރަންޓު ހަރަދު ބޮޑު ދިމާލަކަށް އިސްކަންދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ވަރަށް ބާރަށް ދާން ޖެހޭ ކަމަށާއި، ތެލަށް ކުރާ ހަރަދު ކުޑަ ކުރަންޖެހޭ ކަމަށެވެ. އަދި މިބަދަލު ގެނެވުމުން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްފެކްޓަރީތަކުގެ ކަރަންޓް ހަރަދު ކުޑަކުރުމުގެ ގޮތުން 35 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރަން ނިންމާފައިވާއިރު، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫނުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން 22 އޭޕްރީލްއާ ހަމައަށް މަސްވެރިން ބޭނި މަހަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި، 23 އޭޕްރީލްއިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫކޮށްފައިނުވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ މިހާރު ޖުމްލަ 62 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވިއޮތްއިރު، މި ސަރުކާރުން މިހާތަނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް