Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިރުޒާގެ މަރުގެ މައްސަލަ

މިރުޒާގެ ޤާތިލަށް އަދަބެއް ކަނޑަނޭޅި ބަންދުގައި 13 އަހަރު، ދިފާއުން އެދުނީ އަދަބުގެ ދަރަޖަ މަތި ނުކުރުމަށް

ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ވަނީ ސަލާމަތްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މެއި 2024 | ހޯމަ 06:07
އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފް ގެ މައްޗަށް ޤާނޫނީ އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިރުޒާ މަރާލި މައްސަލައިގައި އަބްދުﷲ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ވަނީ ސަލާމަތްވެފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާއަށް އަދަބު ދޭން ޖެހޭނީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އަދަބު ބޮޑުކުރަންޖެހޭ ޙާލަތެއްވެސް އެބައޮތް ކަމަށާއި، ސަބަބަކީ އޭނާ އެ އަމަލު ހިންގާފައިވަނީ އެއްވެސް ފަރުވާލެއް ނެތި އިންސާނީ ކަރާމާތަށް ބެލުމެއް ނެތިކަމަށްވާތީކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތަށް ލިބިދޭ ބާރުގެ ދަށުން އޭނާގެ އަދަބު ބޮޑު ކޮށް ދިނުމަށްވެސް ދައުލަތުން އެދިފައިވެއެވެ. ސަބަބަކީ ޤިސާސް މާފުކުރި ނަމަވެސް މުޖުތަމައުގެ ހައްޤު ކެނޑިގެން ނުދާތީއާއި، އޭނާ ކުށް ކުރިގޮތަށް ބަލާއިރު އެކަށީގެންވާ އުޤޫބާތެއް ކަނޑައަޅަންޖެހޭކަމަށް ދައުލަތަށް ފެންނާތީކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ކުށުގެ އަސާސީ އަދަބު ގޮތުގައި އޮތް 3 ދަރަޖަ މަތިކޮށް، 17 އަހަރާއި 6 މަހުގެ ޖަލު ޙުކުމެއް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ވިދާޅުވީ، އަދަބު ކަނޑައަޅާއިރު، ޝަރީއަތަށް ލިބިދޭ ބާރުގެ ދަށުން ކުށުގެ ދަރަޖަ މަތި ކުރުމުގެ އިހުތިޔާރު ބޭނުން ނުކުރެއްވުމަށް ދިފާއުން އެދޭ ކަމަށެވެ.

ޙާދިސާ ހިނގިތާ 13 އަހަރުވެފައިވާއިރު، އަދަބެއް ކަނޑަނޭޅި މިހާ ދިގު މުއްދަތެއް ހޭދަވެގެން ގޮސްފައިވުމަކީ ނަޒީފްގެ ޙައްޤުތަކެއްވެސް ގެއްލިގެންދާ ކަމެއްކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ނަޒީފް ބަންދުކޮށްފައިވަނީ 13 އޭޕްރީލް 2011 ވަނަ ދުވަހުއެވެ.

ދިފާއީ ވަކީލު ވަނީ އަސާސީ އަދަބު ކަމުގައިވާ 10 އަހަރުގެ ޖަލު ޙުކުމެއް ނަޒީފަށް އިއްވަދިިނުމަށް އެދިފައެވެ. އެއީ އޭނާ ބަންދުގައި ހޭދަކޮށްފައިވާ 13 އަހަރު އުނިކުރުމުން، މުޖުތަމައަށް ނުކުންނަން ލިބޭ ފުރުސަތަކަށް ވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ބައްލަވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އޭނާގެ މައްޗަށް އަަދަބު ކަނޑައެޅުމަށް 29 މެއި ގައި އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

ކްެރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ ޤާނޫނީ އަދަބެއް ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން 1 ޖޫން 2023 ގައި ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ނިންމުމާއި ގުޅިގެން، ހައިކޯޓުގައި ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންދުގައި ތިއްބެވި މެމްބަރުން މަޖިލީހަށް ހާޒިރުކޮށްނުުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ބަންދުގައި ތިއްބެވި މެމްބަރުން މަޖިލީހަށް ހާޒިރުކޮށްނުުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

03 އޯގަސްޓު 2017
ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފި

ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފި

19 ޖުލައި 2017
ހަފްތާ ބަންދުގައި 9 ރަށެއްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވަނީ!

ހަފްތާ ބަންދުގައި 9 ރަށެއްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވަނީ!

11 ޖުލައި 2017
ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

01 ޖުލައި 2017
ގާސިމް ބަންދުގައި ބެހެއްޓުމާއި މެދު މިއަދު 1:30 ގައި ގޮތެއް ނިންމަނީ!

ގާސިމް ބަންދުގައި ބެހެއްޓުމާއި މެދު މިއަދު 1:30 ގައި ގޮތެއް ނިންމަނީ!

10 މެއި 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު