Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީޕްލޭން ޓަރމިނަލް

ސީޕްލޭން ޓަރމިނަލް ފުލްމޫން އަށް ބަދަލުކުރުމަކީ ކުރަން ޖެހޭ ކަމެއް، އެކަން ފީސިބަލް ވާނެ ގޮތަކީ އެއީ - ސައީދު

ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުކުރުމާއި ޖެޓް ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މި ސަރުކާރުގެ މާސްޓަރ ޕްލޭންގެ ދަށުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 މެއި 2024 | އާދީއްތަ 13:14
ސީ ޕްލޭން ޓާމިނަލް

ސީ ޕްލޭން ޓާމިނަލް

ސީޕްލޭން ޓަރމިނަލް ފުލްމޫން އަށް ބަދަލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ފީސިބަލް ވާނެ ގޮތަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ މަޝްރޫޢު އަށް ހޭދަވާނެ މިންވަރާއި ކިހާވަރަކަށް އެ މަޝްރޫޢު ފީސިބްލް ވާނެތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ސީޕްލޭން މަޝްރޫޢު ތަރައްޤީކުރި އިރުވެސް އެއީ ކުރެވިދާނެ ކަމެއްތޯ އާއްމުން ސުވާލު އުފައްދަމުން އައި ކަަމަށެވެ. ނަމަވެސް މިހާރު ބޭނުންކުރާ ސީޕްލޭން ޓަރމިނަލްގެ ހަކަތަ އެންމެ ފުޅާކޮށް މިހާރުވެސް ބޭނުން ކުރަމުންދާ ކަމަށާއި ޚިދުމަތްތައް ފުޅާކުރަން ބޭނުން ނަމަ ސީޕްލޭން ޓަރމިނަލް ބޮޑުކުރަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މިހާރުގެ ސީޕްލޭން ޓާރމިނަލް ހުރި ސަރަހައްދު ބަދަލުވެގެންދާނީ ޕްރައިވެޓް ޖެޓް ޓާރމިނަލަކަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ވިސްނުމަކީ މިހާރުގެ ސީޕްލޭން ޓަރމިނަލް ހުޅުމާލެއާއި ޖެހިގެން އޮތް ފުލްމޫން ރިސޯޓަށް ބަދަލުކުރުން ކަމަށާއި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އިންޑަސްޓްރީ އޮތީ ރާއްޖޭގައި ކަމަށެވެ. އެހެންކަމުން އެއާޕޯޓުގެ ލޭންޑިން، ޓޭކް އޮފްގައި ބާރު ބޮޑުވުމަށް ހައްލެއް ގެނެވޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ޓްރާންސްޕޯޓް ނުވަތަ ދަތުރުފަތުރުގެ ކަންކަމަކީ އަބަދުވެސް ބަދަލުވާން ޖެހޭ ކަންކަންކަމަށެވެ. ސިންގަޕޫރު، ދުބާއީ ފަދަ ޤައުމުތަކަށް ބަލާއިރު ވެސް އެކަން ހިނގަނީ އެހެން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުކުރުމާއި ޖެޓް ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މި ސަރުކާރުގެ މާސްޓަރ ޕްލޭންގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު