Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްރީޓްރޭޑް އެއްބަސްވުން

މަޖިލިސް ފެށުމާއި އެކު ޗައިނާ އާއި އެކުވެފައިވާ ފްރީޓްރޭޑް އެގްރިމެންޓް އެއްބަސްވުމަށް ޢަމަލުކުރަން ފާސްކުރަން ފޮނުވަނީ

މިނިސްޓަރ ވަނީ ތުރުކީ އާއި އެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގެ މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 މެއި 2024 | ހޮނިހިރު 13:29
އިގްތިސާދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

އިގްތިސާދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

20 ވަނަ މަޖިލީހުގެ މަސައްކަތްތައް ފެށުމާއި އެކު ޗައިނާ އާއި އެކުވެފައިވާ ފްރީޓްރޭޑް އެގްރިމެންޓް އެއްބަސްވުމަށް ޢަމަލުކުރަން ފާސްކުރަން ފޮނުވާނެކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގިނަ ފައިދާތަކެއއް ވާނެކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން 200 އަށް ވުރެ ގިނަ ސީފުޑްގެ ބާވަތްތައް ޓެރިފްއަކާއި ނުލާ ޗައިނާ އިން ރާއްޖެއަށް އެެތެރެކުރެވޭނެ ކަމަށާއި އެ ނޫން ގިނަ ފައިދާތައް ވެސް އެ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ އެ އެއްބަސްވުމަށް ޢަމަލުކުރުމާއި މެދު ގޮތެއް ނިންމުމަށް 20 ވަނަ މަޖިލިސް ފެށުމާއި އެކު ފޮނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުތެރޭގައި އެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާ އާ އެކު ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ.

ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެދިފައި ވަނީ އިންޑިއާގެ ފަރާތުން ކަމަށާއި ސަފްޓާގެ އިތުރުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އިންޑިއާއިން އެދޭ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ތުރުކީ އާއި އެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގެ މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު