Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ޔޫރޯ އަށް ފަހު ޖިރޫޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

ޖިރޫޑް ބުނީ، މިއީ ފްރާންސް ޤައުމީ ޓީމުން އެހެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2024 | ހޮނިހިރު 07:09
ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އަންނަ އޮލީވިއޭ ޖިރޫޑް

ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އަންނަ އޮލީވިއޭ ޖިރޫޑް

އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ފްރާންސް ޤައުމީ ޓީމަށް ކުޅެން ހުއްޓާލަން އޮލީވިއޭ ޖިރޫޑް ނިންމައިފި އެވެ.

އެކަން ޖިރޫޑް ހާމަކޮށްފައި ވަނީ ފްރާންސްގެ ނޫހަކަށް އޭނާ ދިން އިންޓަވިޔުއެއްގަ އެވެ. އެ އިންޓަވިޔުގައި ޖިރޫޑް ބުނެފައި ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ޤައުމީ ޓީމުގައި އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށެވެ. ޖިރޫޑް ބުނީ، މިއީ ފްރާންސް ޤައުމީ ޓީމުން އެހެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އުމުރުން 37 އަހަރުގެ ޖިރޫޑް އަކީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އެ ރެކޯޑު އޭނާ ހޯދީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުންނެވެ. 2011 ވަނަ އަހަރު ފްރާންސް ޤައުމީ ޓީމަށް ކުޅެން ފެށި ޖިރޫޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 131 މެޗު ކުޅެދީ 57 ލަނޑު ޖަަހައިފަ އެވެ. ޤައުމީ ޓީމާ އެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް އަދި 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅުނެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖިރޫޑް ނިންމާފައިވާއިރު، އޭނާ ވަނީ އިޓަލީގެ އޭސީ މިލާން ދޫކޮށް، އެމެރިކާ ލޮސް އެންޖަލަސް އެފްސީ އަށް ބަދަލުވެފަ އެވެ. ޖިރޫޑް އެ ކުލަބަށް ބަދަލުވީއިރު، ފްރާންސްގެ ކުރީގެ އެއް ނަންބަރު ގޯލް ކީޕަރު ހޫގޯ ލޮރިސް ވެސް މިހާރު ކުޅެމުން އަންނަނީ އެ ކުލަބަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު