Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީ ވަކިކޮށްފި، ސަޕޯޓަރުން ލޯބިވަނީ އޭނާ ދެކެ!

މާދަމާ ރޭ ސެވިއްޔާއާ ދެކޮޅަށް ޒަވީ ޓީމަށް އިރުޝާދުދޭނެ

ރާއްޖެ އެމްވީ | 24 މެއި 2024 | ހުކުރު 14:29
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗުކަމުން އެންމެ ފަހުން ޒަވީ ހަނާންޑޭޒް ވަކިކޮށްފި އެވެ.

ޒަވީގެ ބަދަލުގައި ކޯޗުކަމަށް ގެންނާނީ ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބީތަކެއް ހޯދި ކޯޗު ހަންސީ ފްލިކެވެ.

ނަމަވެސް ސަޕޯޓަރުން ދަނީ ކުރީގެ ކެޕްޓަން އަދި ކުލަބުގެ އެންމެ ވަރުގަދަ އެއް ލެޖެންޑަށް އޮތް ލޯބި ބަންޑުން ކުރަމުން، ރައީސް ޖޯން ލަޕޯޓާގެ މެނޭޖްމަންޓަށް ފާޑުކިޔަމުންނެވެ. މިހެންވެ މާދަމާ ރޭ ސްޕެނިޝް ލީގުގެ މި ސީޒަނުގެ ފަހު މެޗުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުން ލަޕޯޓާގެ އިސްތިއުފާ އަށް ގޮވާނެ ކަމަށް ވަނީ ޔަގީން ކުރެވިފަ އެވެ. ބާސެލޯނާ އެންމެ ފަހުނެ ކުޅުނު ދެ މެޗުގައި ސަޕޯޓަރުން ވަނީ ޒަވީ އަށް ތާއީދުކޮށް، ލަޕޯޓާ އަށް ނުރުހުން ފާޅުކޮށްފަ އެވެ. ސެވިއްޔާ މެޗުގައި ޓީމަށް އިރުޝާދުދޭނީ ޒަވީ އެވެ.

ޒަވީ ކޯޗުކަމުން ވަކިކުރީ މިހާރުގެ މެނޭޖްމަންޓުގެ ވިސްނުމާ ދެކޮޅަށް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަ ދެއްކުމުންނެވެ. މިއާއެކު ކޯޗުކަމުން އޭނާ ވަކިކުރުމަށް ބާސެލޯނާގެ ގިނަ ބޯޑު މެމްބަރުން ވަނީ ލަޕޯޓާ އަށް ޕްރެޝަރު ކުރަން ފަށައިފަ އެވެ. މި ޕްރެޝަރުގައި އޭނާ ކޯޗުކަމުން ވަކިކުރިއިރު ޒަވީ ވަނީ މިދިޔަ ޖެނުއަރީ މަހު މި ސީޒަނަށް ފަހު ބާސެލޯނާއިން ވަކިވާނެކަން އިއުލާނުކޮށްފަ އެވެ. މި ނިންމުން އޭނާ ބަދަލުކުރީ ބާސެލޯނާގެ ނަތީޖާތައް ރަނގަޅުވުމާއި، މެނޭޖްމަންޓުން އޭނާ މަޑުކުރުމަށް އެދެމުން ދިއުމުންނެވެ.

ޒަވީ ވަކިކުރުމަކީ މާލީ ގޮތުން ބާސެލޯނާ އަށް ގޮންޖެހުންތަކެއް ހުންނާނެ ކަމެކެވެ. އެއީ ބަދަލެއްގެ ގޮތުން 2 މިލިއަން ޔޫރޯ ދޭންޖެހޭތީ އެވެ. ސްޕޭނުގެ މަޝްހޫރު ބައެއް ނޫސްވެރިން ބުނަނީ މާލީ ގެއްލުން ބޮޑަސް ބާސެލޯނާއިން ޒަވީ ވަކިކުރީ ޓީމަށް ކުރިއެރުން ނުހޯދޭތީ އާއި އޭނާ އަކީ ލަޕޯޓާގެ ވާދަވެރިޔާ ވިކްޓަރ ފޮންޓްގެ ގާތް މީހަކަށްވުމުން ކަމަށެވެ. ފޮންޓް ދާދި ފަހުން ވަނީ ލަޕޯޓާ އަށް ފާޑުކިޔައި ސިޓީ އެއް ވެސް ފޮނުވާފަ އެވެ.

އައު ކޯޗަކަށް ގެންނަ ފްލިކްއާއެކު ބާސެލޯނާއިން މާދަމާ ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އޭނާ ކޯޗުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބާސެލޯނާގެ އިސް ބައެއް ވެރިން ވަނީ ހުސްވި ހަފުތާގައި ލަންޑަނުގައި ބައްދަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު