Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް

ސަރުކާރުން ޖަހާ ލަނގިރިއަކަށް ނުނަށާނެ، ފްލެޓާއި ގޯތި ދޫކުރުމަށް ބާރުއަޅާ އެ މަސައްކަތް އެމްޑީޕީން ކުރާނެ: މެންބަރު ފަލާހު

24 މެއި 2024 | ހުކުރު 06:41

ރައީސް މުއިއްޒަކީ ގުޅީފަޅުން ފްލެޓު ލިބުނު މީހުން ބިކަކޮށްލި ބޭފުޅާ

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2024 | ހުކުރު 06:41
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ބިންތައް ހަވާލުކުރަނީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ބިންތައް ހަވާލުކުރަނީ

ސަރުކާރުން ޖަހާ ލަނގިރިއަކަށް ނުނަށާނެ ކަމަށާއި، ރައްޔިތުންނަށް ފްލެޓާއި ގޯތި ދޫކުރުމަށް ބާރުއަޅައި، އެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ފަލާހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގުޅިފަޅާއި، ގިރާވަރުފަޅު ހިއްކައި، ބިން ދޫކޮށްފައިވާ ކަމަށާއި، ހުޅުމާލޭ ފޭސް-2 އަކުން ބިން ރައްޔިތުންނަށް ދީފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރަށް ހަމަސް ދުވަސްވެގެންދިޔައިރު އެބިންތަކުގެ ހައްގުވެރިންނަށް ބިން ހަވާލުކުރެވިފައިނުވާ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބޯހިޔާވަހިކަމަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ކުރިން ވެސް ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ގުޅީފަޅުން ފްލެޓު ލިބުނު މީހުން ބިކަކޮށްލި ބޭފުޅާ ކަމަށާއި، އެރަށުން ރައްޔިތުން ބޭލުވީ ފުލުހުން ފޮނުވައިގެން ކަމަށެވެ. އަދި އެ ރައްޔިތުންނަށް ގޮތެއް ހޯދައިދީނީ ރައީސް ސާލިހުގެ ސަރުކާރުގައި ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ފަލާހު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ބައެއް މީހުންނަށް ހަވާލުނުކޮށް ދިގުދައްމަމުންދާ ކަމަށާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކާއި، ފްލެޓުތައް ހޯދައިނުމުގެ މަސައްކަތުގައި އަބަދުވެސް އެމްޑީޕީން މަސައްކަތް ކުރާނެ މެންބަރު ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ވެސް ރައްޔިތުންގެ ފްލެޓާއި ބިންތައް ދޫކުރާނެ ކަމަށެވެ.

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ބިންވެރިޔާގެ ސްކީމްގެ ދަށުން ބިންދޫކޮށްފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ވަނީ ދޫކޮށްފައެވެ. ބައެއް މީހުންނަށް ދޫކޮށްފައިވާ ބިންތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ފްލެޓުތައް ދޫކުރުން ވަނީ ހުއްޓުވާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަނޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއާއި އޭރުގައި ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތް މިނިސްޓްރީން ކުރިއަށް ނުގެންގޮސް ސަރުކާރުން ވަނީ ފްލެޓު ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމިޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ފްލެޓުތައް ދޫކޮށް، ލިސްޓު ނޭރޭނެ އިރަކާއި، މަސައްކަތް ގޮސްފައިވާ ހިސާބު ބަލަން ގިނަ ބަޔަކު ބޭނުންވެއެވެ.

26 ފެބްރުއަރީ 2024 ގައި ފްލެޓު ކޮމިޓީ އުފެއްދި ނަމަވެސް، މިހާތަނަށްއައިރު އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ތަފްސީލެއް ހާމަކޮށްފައިނުވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޓީގެ މެންބަރުންނަށް ގުޅި ނަމަވެސް ފޯނެއް ވެސް ނުނަންގަވައެވެ.

ބުރާސްފަތި ދުވަހު 'މިހާރަށް' ފްލެޓް ކޮމިޓީގެ ޗެއާ އާމިނަތު އީނާސް ވިދާޅުވެފައިވަނީ އެ ކޮމިޓީއަކީ މިނިސްޓަރަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީއަކަށް ވާތީ އެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އަމިއްލަ އަށް ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޓީން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ލަފާ އަރުވަމުން އަންނަ ކަމަށާއި އެކަމާ ބެހޭ މައުލޫމާތުތައް މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ. މަސައްކަތްތަކަށް ކިހާ ދުވަހެއް ނަގާނެތޯ ދެންނެވި ސުވާލަށް އޭނާ ވިދާޅުވެފައިވަނީ އެއީ ވަރަށް ގިނަ މަސައްކަތް ކަމަށްވާތީ، އަވަހަށް ނިމެނޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް