Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރުގެ ހިންގުން

ރައީސް މުއިއްޒު މިހާތަނަށް ގައުމާއި ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކުރައްވާފައެއް ނުވޭ: މެންބަރު ފަލާހު

ރަސްމާލެ މަޝްރޫއު ހުއްޓި، ހިއްކިފަޅުގެ ވެސް އެކި ސަރަހައްދުތައް ދަނީ ގިރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2024 | ހުކުރު 04:16
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ގައުމާ ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް މިހާތަނަށް ކުރައްވާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ފަލާހު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ތަސައްވުރުގެ ދަށުން ކަމަށެވެ. ބްރިޖާއި، ހުޅުމާލެ ފޭސް-2 ހިއްކަވައި ތަރައްގީ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ތަސައްވުރުގެ ދަށުން ކަމަށެވެ. މީގެ ކުރިން 7 އަހަރު ދުވަހު ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނަމަވެސް، އެމަނިކުފާނުގެ ބައިވެރިވުމެއް ނެތް ކަމަށް މައުލޫމާތު ލިބޭ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގުޅިފަޅާއި، ގިރާވަރުފަޅު ހިއްކަވަން ފައްޓަވާ، ތަރައްގީގެ ބޮޑު ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ މަސައްކަތް ކުރެއްވީ ނުހިއްކާ އޮތް ފަޅެއް ހިއްކަވައި، ރަސްމާލެ ނަމުގައި ތަރައްގީ ކުރެއްވުމަށް ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ހިންގާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރެއްވުމުގެ ވިސްނުންފުޅު ރައީސް މުއިއްޒުގެ ނެތް ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ރަސްމާލެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، ހިއްކިފަޅުގެ ވެސް އެކި ސަރަހައްދުތަކުން ގިރަމުންދާ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ޒާތުގެ އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށެވެ.

ރާއްޖޭގެ ރައީސް ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު