Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޑްސް ކޮންފަރެންސް

ސިޑްސް ކޮންފަރެންސަށް ރައީސާއި ސަރުކާރުގެ ވަފުދު ކުރައްވާ ދަތުރަށް ބޮޑު ޚަރަދެއް ހިނގާނެ، ތަފްސީލު ހާމަކުރާނަން: ހީނާ

ދަތުުރުފުޅު ނިމޭތާ 15 ދުވަސް ތެރޭގައި ތަފްސީލުތައް އާންމު ކުރައްވާނެކަމަށްވެސް ހީނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މެއި 2024 | ބުރާސްފަތި 07:07
ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު

ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު

އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނޯތް އެމެރިކާގެ ޤައުމެއްކަމަށްވާ  އެންޓިގުއާ އެންޑް ބާބިއުޑާއަށް ވަޑައިގަންނަވަން ނިންމަވައިފިއެެވެ.

ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27އިން 30އަށެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުކުރު ދުވަހު ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެންވަޔަރމަންޓް މިނިސްޓަރ އިބްރާހިމް ތޯރިޤް، ހައުސިންގ މިނިސްޓަރ އަލީ ހައިދަރު، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ، ކްލައިމެޓް ޗޭންޖް އެންވޯއީ އަލީ ޝަރީފްގެ އިތުރުން އަދިވެސް އިތުރު ބޭފުޅުންނާއި ސަޕޯޓު ސްޓާފުންގެ ގޮތުގައި ވަކި ޓީމަކުން ބައިވެރިވާނެކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސަށް ލިބިވަޑައިގަތީ އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއިއެކު މީގެ ކުރިން ބޭއްވެވި މަޝްވަރާތަކުގައެވެ.

ހީނާ ވިދާޅުވީ، މި ދަތުރުފުޅުގެ ގިނަ ޚަރަދުތައް ކުރާނީ ޔޫއެންއިން ކަމަށާއި، ފަޒުލްގެ ޚަރަދުތައް ކުރާނީ އެޗްޑީސީން ކަމަށެވެ.

މިއީ ބޮޑު ޚަރަދެއް ހިނގާނެ ދަތުރެއްކަމަށްވެސް ހީނާ ވިދާޅުވިއެވެ. ނަމަވެސް ދަތުުރުފުޅު ނިމޭތާ 15 ދުވަސް ތެރޭގައި ތަފްސީލުތައް އާންމު ކުރައްވާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.  

ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ހުރިހާ ކަމެއް ރާވާ، ހިންގާ، އިންތިޒާމްކުރުމުގެ މަސްއޫލިއްުޔަތު އޮންނަ ކޮމިޓީގެ ރިޔާސަތަށް ދިވެހިރާއްޖެ ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ އިބްރާހިމް ތޯރިޤް ވިދާޅުވީ، މިއީ ކޮންމެ 10 އަހަރަކުން ބާއްވާ ޖަލްސާއެއް ކަމަށާއި، މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރެވޭ ކޮންފަރެންސެއް ކަމަށެވެ.

ސިޑްސްގެ 4 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 2002 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު