Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޖުތިމާއީ މިންގަނޑާ ޚިލާފުވުން

އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 4 ޖޫން 2024 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2024 | އަންގާރަ 07:37
އޭނާ ހައްޔަރުކުރީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މައްސަލައިގައި

އޭނާ ހައްޔަރުކުރީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މައްސަލައިގައި

އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް އިތުރު 15 ދުވަހަށް ބަންދު ކޮށްފިއެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ މައްސަލައިގައި 39 އަހަރުގެ ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކޯޓުން އޭރު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކްރިމިނަލް ކޯޓުން މިވަނީ އިތުރު 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 4 ޖޫން 2024 ގައެވެ.

މިފަދަ މައްސަލައެއްގައި 22 ސެޕްޓަންބަރު 2022 ގައި ނަބީލް މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އައިސްފައިވެއެވެ. އެގޮތުން މީގެ ކުރިން ނަބީލުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ.

އެއް ދައުވާއަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވުމުން އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. ދެވަނަ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ ސާބިތުވުމާއި ގުޅިގެން އެއް މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.

އޭނާ އަނެއްކާވެސް ހައްޔަރު ކޮށްފައި މިވަނީ މިނިވަންވުމަށްފަހު އޭނާގެ އެކައުންޓުގައި ނިވައިކަން ކުޑަ ހެދުން ލައިގެން ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.

ކްރިމިނަލް ކޯޓްޓިކްޓޮކް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު