Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ ގޮނޑި ގެއްލުން

ވައްޑެއާއި ސައުދު ޕީޕީއެމް އިން ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު: ދައުލަތް

ސުޕްރީމް ކޯޓުގެ ހުކުމް މާޒީއަށް ރުޖޫއަވާގޮތަށް ތަތްބީގެއް ނުކުރެވޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 13:14
މެންބަރުު މުހައްމަދު ވަހީދު އިބްރާހިމާއި މެންބަރު ސައުދު ހުސެއިން

މެންބަރުު މުހައްމަދު ވަހީދު އިބްރާހިމާއި މެންބަރު ސައުދު ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޕީޕީއެމުން ވަކިކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު ހުންނަ ޕާޓީއިން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ފަހުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މެންބަރު ސައުދުއާއި ވައްޑެގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަންގާރަ ދުވަހު ވަނީ ފަށާފަ އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ބޭއްވި ވައްޑެގެ ޝަރީއަތުގައި، މައްސަލަ ހުށަހަޅުއްވަމުން ވައްޑެގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މާޗް މަހުގެ 25 ވަނަ ދުވަހު ޕީޕީއެމުން ވައްޑެ ވަކިކުރުމަށް ނިންމައި އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވައްޑެއަށް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމްގެ ދަފްތަރުން ވައްޑެގެ ނަން އުނިކޮށްފައިނުވާކަން ފާހަގަކޮށް ހިސާން ވިދާޅުވީ ވައްޑެގެ ނަން އުނިކޮށްދިނުމަށް އެދި ޖުލައި މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވި ކަމަށާއި އަދި ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޖުލައި 11 ވަނަ ދުވަހު ޕާޓީން ވަކިވާން ވެސް ހުށަހެޅި ކަމަށެވެ.

ހިސާން ވިދާޅުވީ ޕީޕީއެމް އިން ވައްޑެ ވަކިކުރި މައްސަލަ އިސްތިއުނާފް ކޮށްފައިނުވާއިރު، ވައްޑެއަކީ އެ ޕާޓީން ވަކިވެފައިވާ ބޭފުޅެއް ކަމަށް ގާނޫނީ ގޮތުން ބަލަންޖެހޭ ކަަމަށެވެ. އެގޮތުން މައްސަލަ އިސްތިއުނާފް ކުރަން އޮންނަނީ 15 ދުވަސް ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އިސްތިއުނާފް ކޮށްފައިނުވަނީ ޕާޓީގައި ހުރުމަށް ވައްޑެގެ ޝައުގުވެރިކަމެއް ނެތުމުން ކަމަށް ހިސާންވިދާޅުވި އެވެ.

ޕާޓީން ވަކިކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް ޕީޕީއެމުން ވައްޑެއަށް އެންގިކަން ފާހަގަކޮށް ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވައްޑެ ކުރައްވަމުން ގެންދެވި މަސައްކަތަށް ނުފޫޒު ފޯރުވައި ގަދަކަމުން ޕީޕީއެމްގެ މެންބަރަކަށް ހަަދައިގެން ކަންތައްތައް ކުރުވަން އުޅޭތީ ޖުލައި 17 ވަނަ ދުވަހު ދުވަހު އެ މައްސަލަ ބަލައި ޕީޕީއެމަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވައްޑެ ސިޓީއެއް ހުށަހެޅުއްވި ކަމަށެވެ.

ހިސާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވެ ގާނޫނީ އިމުގެ ތެރެއިން ވާޖިބު އަދާކުރަންޖެހޭ މުއައްސަސާއަކަށްވާއިރު، ޕީޕީއެމްގެ އެދުމުގެ މަތިން އެ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށެވެ. ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމް މާޒީއަށް ރުޖޫއަވާގޮތަށް ތަތްބީގު ކުރުމާއި ތަންފީޒް ކުރުން ހުއްދަނޫން ކަމަށް ސާފުކޮށް އެނގޭއިރު، ވައްޑެގ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނެ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.

ވައްޑެގެ ފަރާތުން ދެއްކި ވާހަކަތުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ވައްޑެ ޕާޓީން ވަކި ކުރިކަން ޕީޕީއެމުން ކޮމިޝަނަށް އެންގީ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ފަހުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށާއި މާޗް މަހުގެ ތެރޭގައި ޕާޓީން ވަކިކުރިކަން އަންގައި، ޕީޕީއެމުން ވައްޑެ އަށް ފޮނުވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ލިބުނު ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ ދަފްތަރުން ވައްޑެގެ ނަން އުނިކޮށްދޭން އެދި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގެ ދަށުން ވައްޑެ ޕާޓީން ވަކިކޮށްދޭން ނުޖެހޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޕާޓީގެ ދަފްތަރުން މެންބަރުންގެ ނަން އުނިކުރަނީ ޕާޓީން އެގޮތަށް އެދުމުން ކަމަށާއި ވައްޑެގެ ނަން އުނިކޮށްދޭން އެދިފައިވަނީ ޖުލައި 18 ވަނަ ދުވަހު ކަމަށް ވާތީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ވައްޑެގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ޖުލައި 18 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ވައްޑެ ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ ބަހުސް ކުރައްވާފައި ވަނީ ވެސް ޕީޕީއެމަށް ކަނޑައެޅިފައިވާ ވަގުތުގައި ކަމަށެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވައި ހިސާން ވަނީ، މާޗް މަހުގެ ތެރޭގައި ޕީޕީއެމުން ވައްޑެ ވަކިކޮށްފައިވާއިރު، އަލުން އެ ޕާޓީއާ ނުގެޅެނީސް ދެވަނަ ފަހަރަށް ވަކިކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ހިސާން ވިދާޅުވީ ބުއްދީގެ ހަމަތަކުން ބެލިޔަސް އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނީ ހަމައެއް ވެސް އޮތްކަމެއް ނޫން ކަމަށެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މާޗް މަހުގެ ތެރޭގައި ޕާޓީން ވަކިކުރިކަން ވައްޑެއަށް އަންގާފައި އޮތަސް، ޕީޕީއެމް އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާތީ ދަފްތަރުން އުނިކޮށްފައިނުވާ ކަމަށެވެ. އަދި ވައްޑެ މެންބަރުކަމުން ވަކިކުރީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރެއްވި ސޮއި އަނބުރާ ނެންގެވުމަށް އެންގުމުން އެގޮތަށް އަމަލުނުކުރުމުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުން ވައްޑެ ވަނީ އޭނާއަށް ނުހައްގުން އަނިޔާދެމުންދަނީ ކޮން ކުށެއް ކޮށްގެންތޯ ސުވާލު އުފައްދަވާފަ އެވެ. ވައްޑެ ވިދާޅުވީ އޭނާއަކީ މަޖިލިސް މެންބަރެއް ނޫން ކަމަށް ބަލައި، ބަންދުކޮށް އަނިޔާ ދެމުންދާއިރު މައްސަލަ އަވަސް ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ވައްޑެ ވަނީ ބަންޑާރަނައިބަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިންސާނަކު ދެ ފަހަރު މަރުވެދާނެތޯ ސުވާލުކުރަމުން އޭނާ ވިދާޅުވީ ދެފަހަރު އޭނާ ޕާޓީން ވަކިކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ތައައްސަބުގައި ޖެހި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ވަކާލާތު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑެގެ ފަރާތުން މައްސަލައިގައި އެދިފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރަކީ އޭނާކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލްކޮށްދިނުމަށެވެ. އަދި ވަކި ގޮތެއް ނިމެންދެން މެންބަރުކަމުގައި އޭނާ ދެމިހުންނާނެ ކަމަށް ކަނޑައަޅައި މެންބަރަކަށް ލިބޭ ހުރިހާ އިމްތިޔާޒެއް އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް އެދިފައިވެއެވެ.

ދެ ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ އަޑުއެހުން ނިންމާލާފައިވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލު ކުރާނެކަން އެންގެވުމަށް ފަހުގަ އެވެ.

ވައްޑެގެ އަޑުއެހުމަށް ފަހު ބޭއްވި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްސަލައިގައި އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕާޓީން ސައުދު ވަކިކޮށްސިޓީ ފޮނުވި ކަމަށާއި ޕާޓީގެ ދަފްތަރުން އުނިކޮށް ދިނުމަށް އެދި ޖުލައި މަހުގެ 10 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ސައުދު ސިޓީ ހުށަހެޅުއްވި ކަމަށެވެ. އަދި ޖުލައި 11 ވަނަ ދުވަހު ޕާޓީގެ ދަފްތަރުން ވަކިކޮށްދިނުމަށް އެދި ޕީޕީއެމަށް ވެސް ސިޓީ ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޝާހު ވިދާޅުވީ ސައުދުގެ މެންބަރުކަމުގެ ގޮނޑިއާ މެދު އެއްވެސް ޝަރުއީ ހުސޫމަތެއް އުފެދިފައިނުވާ ކަމަށާއި ޕާޓީއަކުން ވަކިވާން އެދުމުން އެ ޕާޓީއަކުން ވަކިކޮށްދިނުމަކީ އާންމުކޮށް އަމަލުކުރަމުންދިޔަ އިޖުރާއަތު ކަމަށެވެ. މެންބަރެއްގެ ގޮނޑިއާ މެދު ޚިލާފެއް އުފެދިއްޖެނަމަ އެކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ތަގުދީރީ ބާރެއް ނޫން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ސައުދަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

ސައުދުގެ ފަރާތުން ވެސް އެދިފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރަކީ އޭނާކަމަށް ކަނޑައަޅައިދިނުމަށެވެ. އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެތީ ގޮތެއް ނިންމަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުތަކާއި ބާރުތައް ސައުދަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރަަކަށް ވެސް އެދުނެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލު ވިދާޅުވީ ސައުދު ޕާޓީން ވަކިކުރަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަންގައި އެދުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެއާއެކު ފުރިހަމަ ކުރަންޖެހޭ ޕްރޮސީޖަރ ފުރިހަމަ ކުރުމަށް ފަހު ހަމަ އެ ދުވަހު ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރި ކަމަށް ވަކީލު ވިދާޅުވި އެވެ. ވަކީލު އިތުރު ތަފްސީލަށް ވަޑައިގަތުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ވަނީ އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެފައިވާ ކަމަށް ވިދާޅުވެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ސައުދުގެ މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. ސައުދުގެ އިތުރުން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްސަލައިގެ އަޑުއެހުމެއް ވެސް ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު