Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މެންޗެސްޓަރ ސިޓީން ރެކޯޑް ޕްރިމިއަރ ލީގު ކާމިޔާބުކޮށްފި

ވިދިވިދިގެން 4 ފަހަރު ލީގު ހޯދި ހަމައެކަނި ކޯޗަކީ ގާޑިއޯލާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 މެއި 2024 | ހޯމަ 03:00
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ލީގު ޓްރޮފީ އުފުލާލަނީ

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ލީގު ޓްރޮފީ އުފުލާލަނީ

މެންޗެސްޓަރ ސިޓީން ރެކޯޑް ޕްރިމިއަރ ލީގު ކާމިޔާބުކޮށްފި އެވެ. ސިޓީން އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ރެކޯޑެއް ހެދީ ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް އެ ލީގު ކާމިޔާބުކޮށްގެންނެވެ. މިއީ ޕްރިމިއަރ ލީގުގެ ދިގު ތާރީޚުގައި މިހާތަނަށް އެއްވެސް ޓީމަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.

ވިދިވިދިގެން ހަތަރު ވަނަ ލީގު ސިޓީން ކާމިޔާބުކުރީ ލީގުގެ ފަހު މެޗުންނެވެ. ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުތްއިރު ލީގު ކަށަވަރެއް ނުވެއެވެ. އެކަމަކު މެޗުން މޮޅުވެގެން ލީގު ހޯދުމުގެ ފުރިހަމަ ބާރު ސިޓިއަށް އޮތެވެ. ސިޓީއަށް ތާރީޚީ ލީގު ގެއްލެން އޮތީ ވެސްޓް ހޭމް އަތުން ބަލިވެ, އަދި އާސެނަލް އެވަޓަން އަތުން މޮޅުވެގެންނެވެ. އާސެނަލް އެވަޓަން އަތުން މޮޅުވި ނަމަވެސް ސިޓީން އިތުބަރާއެކު ވެސްޓް ހޭމް ބަލިކޮށް ލީގު އުފުލާލި އެވެ. ވެސްޓް ހޭމް އަތުން ސިޓީ މޮޅުވީ 3-1 ނެވެ.

ސިޓީން ވަނީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލަނޑު ޖަހާ އިތުބާރާއެކު މެޗު ނިންމާލާފައެވެ. ފުރަތަމަ ލަނޑާއި ދެވަނަ ލަނޑުވެސް ޖެހީ ލީގުގެ މޮޅު ކުޅުންތެރިޔާ ފިލް ފޮޑެން އެވެ. ދެވަނަ ލަނޑު ފޮޑެން ޖެހީ 18 ވަނަ މިނެޓުގައެވެ. ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކުޑޫސް ލަނޑެއް ޖަހާ ވެސްޓް ހޭމް އަށް ފަރަގު ކުޑަކޮށްދިނަސް، ދެވަނަ ހާފްގައި ރޮޑްރީ ވަނީ ސިޓީއަށް ތިންވަނަ ލަނޑެއް ޖަހައިދީފައެވެ. ރޮޑްރީ ލަނޑު ޖެހީ ބާނާޑޯ ސިލްވާ ތަނަަވަސްކޮސްދިން ފުރުޞަތަކުންނެވެ. ފުރަތަމަ ލަނޑު ޖަހަން ފޮޑެން އަށް ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް ބާނާޑޯ ސިލްވާ އެވެ.

މިމޮޅާއެކު 136 އަހަރުގެ ދިގު ތާރީޚުގައި އިނގިރޭސި ޕްރިމިއަރ ލީގު ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ހޯދި ފުރަތަމަ އަދި ހަމައެކަނި ޓީމްގެ ޝަރަފް ސިޓީން ވަނީ ހޯދާފައެވެ. ލީގު ތަޢާރަފްކުރީ 1888 ވަނަ އަހަރު އެވެ. އެކާމިޔާބީ ހޯދި ފުރަތަމަ އަދި ހަމައެކަނި ކޯޗަކީ ޕެޕް ގާޑިއޯލާ އެވެ. މިދިޔަ ތިން ސީޒަންގައި ވެސް ސިޓީ އަށް ލީގު ހޯދައިދިނީ ޕެޕް ގާޑިއޯލާ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު