Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަތުރަކަށްވި އިންޑިއާ ގާތް މިތުރަކަށް

ކުރިން ކީ އެއްޗެއްސާއި ބޮޑެތި ތުހުމަތުތައް މިހާރު އޯކޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 މެއި 2024 | އާދީއްތަ 05:41
އިންޑިއާގައި ކާޑުގެ ބާވަތްތައް ދިނުމަށް ސަރުކާރުން ވަނީ އެދިފައި

އިންޑިއާގައި ކާޑުގެ ބާވަތްތައް ދިނުމަށް ސަރުކާރުން ވަނީ އެދިފައި

މިހާރު މިއޮތް ސަރުކާރުގެ ބޭފުޅުންނަކީ ކުރިން އިންޑިއާ ކަމުދިޔަ ބައެއް ނޫނެވެ. ވެރިކަމަށް އައުމަށް ކުރި ކެމްޕޭންގައި ވެސް އިންޑިއާއަށް ކުރީ ބޮޑެތި ތުހުމަތުތަކެކެވެ. ކުރުގޮތަކަށް ބުނަންޏާ ރަތްމަހަކަށް ނުގޮވާ އެއްޗެހި އޭރު އިދިކޮޅުގައި ތިބެގެން އިންޑިއާއަށް ގޮވިއެވެ.

ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި އެންމެ ގާތުން އެންމެ އަވަހަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާން އަބަދުވެސް އޮންނަ އިންޑިއާއަށް އޭރު ކުރި އެންމެ ބޮޑު ތުހުމަތަކީ އެ ގައުމުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމެވެ. އެތެރޭގެ މަސްލަހަތުތަކާއި އިންޑިއާއިން ބެހެމުންދާ ކަމަށެވެ. ޖުމްލަ ގޮތެއްގައި އިންޑިއާގެ އަޅުވެތިކަމުގައި ރާއްޖެ ބާއްވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ.

އެފަދަ އެންމެބޮޑު އެއްކަމަކީ ރާއްޖޭގައި ދުއްވާ އިންޑިއާއިންދިން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓެވެ. އެމީހުން ރާއްޖޭގައި ބަހައްޓާފައިހުރި ރާޑަރު ސިސްޓަމްތަކެވެ. ސެނަހިޔާގައި ތިބޭ އެގައުމުގެ މިލިޓަރީ ޑޮކްޓަރުންނެވެ.

އޭރުގެ އިދިކޮޅުން ބުނަމުން ދިޔައީ އެ ތަކެތި އޮޕަރޭޓް ކުރަން ތިބެނީ އިންޑިއާގެ މިލިޓަރީ ސިފައިން ކަމަށާއި އެމީހުންގެ ބޭނުމަކީ ރާއްޖޭގެ އެތެރޭގެ ކޮންޓްރޯލް އެމީހުން ނެގުމާއި އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދުން ކަމަށެވެ. އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ހަމައެކަނި އެތަކެތި ދުއްވަން އައިސްތިބި ބައެއް ކަމަށާއި އެމީހުންނަށް ކަންކަން ކުރެވޭނީ ދިވެހި ސަރުކާރާއި ސިފައިންގެ ކޮންޓްރޯލްގެ ދަށުން ކަމަށެވެ. ނަމަވެސް އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ "ބަދިގޭގައި ކައްކަން ވެސް" އެހެން ބަޔަކު ތިބެވިގެން ނުވާނެ ކަމަށެވެ. އަދި އެމީހުން މިތަނުން ދާން ބޭނުން ނުވާ ކަމަށާއި އެކަމަކު ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި އެމީހުންނަކަށް ނުތިބެވޭނެ ކަމަށެވެ.

އެ ވިދާޅުވި ވައުދު ފުއްދެވީ ނަމެއްގައެވެ. މިލިޓަރީ ބޭރުކުރުމުގެ ނަމުގައި މުޅިން އެހެން ހެދުމެއްގައި އަނެއްކާ ވެސް ހަމަ އެވެރިންނެވެ. މިހާރު އެތަކެތި ދުއްވަން އެނގޭ ދިވެއްސަކު ވެސް ނެތެވެ. ކުރީގެ ސަރުކާރުން ޓްރެއިން ކުރި މީހުން އެހެން ޕްރައިވެޓް ތަންތަނަށް ދިޔަޔަސް އަލުން މީހުން ޓްރެއިން ކުރެވެންދެން ނުދުއްވާ ބޭއްވޭކަށް ވެސް ނެތެވެ. ހަމަ އިންޑިއާ މީހުން ލައިގެން ދުއްވާ ނަގަނީއެވެ. ސެނަހިޔާގައި ތިބި ޑޮކްޓަރުން ވެސް މިހާރު އޯކޭއެވެ. އޭރު އެމީހުން ތިބެގެން ގެއްލޭ އިސްތިގްލާލެއް މިނިވަންކަމެއް ނުގެއްލެއެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާޑުގެ ބާވަތާއި ބައެއް އެހެނިހެން ސާމާނު ގެނައުމުގައި ވެސް އިންޑިއާއަށް ބަރޯސާވާތީ ލައްކަ ވާހަކަ ދެއްކެވިއެވެ. ވެރިކަމަށް ވަޑައިގެންނެވުނުފަހުން ވެސް ޚުދު ރައީސް ޑރ މުއިއްޒު ވެސް ވަނީ އަވައްޓެރި ބޭރު ގައުމަކަށް ވިދާޅުވާން ނުވާވަރަށް ކުޑައިމީސްކޮށް އިންޑިއާއަށް އިޝާރާތްކޮށް ބަސްފުޅު ވިދާޅުވެފައެވެ. އިންޑިއާގެ ސަރުކާރަށާއި އެގައުމުގެ ބޮޑުވަޒީރުގެ ކާޓޫނު ހަދައިގެން މަލާމާތާއި ފުރައްސާރަކުރި ދައުލަތުގެ މިނިސްޓަރުންނަށް ވެސް އެޅުނު މާބޮޑު ފިޔަވަޅެއް ނެތެވެ.

މިހާރު އޯކޭއެވެ. އިންޑިއާއިން ކާޑު ގެނައުން ހުއްޓާލުމަށް އެހެން ގައުމުތަކާއެކު ދެކެވުނު ވާހަކަތައް ވީތަނެއް ނޭނގެއެވެ. ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އެ ވަނީ އިންޑިއާގައި އެދިފައެވެ.

އެންމެބޮޑު އަނެއް ތުހުމަތަކީ އިންޑިއާއާއެކު ދިވެހިސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކެވެ. ގޮވަމުންދިޔައީ އެއީ ބިރު ހުރިއެއްޗެއް ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގްލާލް ގެއްލި ރާއްޖޭގެ މިނިވަންކަމަށް އެކަމުން އަސަރު ކުރާ ކަމަށެވެ. ރައްޔިތުންނަށް އެތަކެތި ހާމަކުރުމަށެވެ. ރައީސް މުއިއްޒު ވެސް އޭރު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ސިއްރުވާނެ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

ބަދަލުވީ އެ ލަވައެވެ. މިހާރު އޯކޭއެވެ. ހާމަކުރަންބުނި އެއްބަސްވުންތައް ސިއްރުވީއެވެ. ގައުމީ ސަލާމަތަށްޓަކައެވެ. ދޭދޭ ދެގައުމުގެ ގުޅުމަށްޓަކައެވެ. ދެކެވޭ ވާހަކަތަކުގައި އެކަން އެހެންކުރަން ބުނެވިފައިވާތީއެވެ.

އިންޑިއާއަށް ބަރޯސާވާތީ ލެވި ހަޅޭކުގެ އަޑު، ވެރިކަމަށް އާދެވުމާއެކު ކެނޑި އެމީހުންގެ ގާތަށް ދިވެހިރާއްޖެއިން އެދިޔައީ ނާށިގަނޑު ހިފައިގެންނެވެ. ރީތިކޮށް ސަލާން ޖަހާށެވެ. ދައްކާން އޮތް ލޯނުގެ ބައެއް ދެއްކުން އަހަރަކަށް އިންޑިއާއިން އެފަސްކޮށްދިނީ އެއާދޭހަށެވެ.

ކޮންމެއަކަސް މިހާރު އިންޑިއާ އޯކޭއެވެ. އެގައުމުންދޭ އެހީތައް ވެސް ބަރާބަރެވެ. ދެގައުމުގެ ދެމެދު ދެކެވޭ ވާހަކަތައް ވެސް އާއްމުންނަށް އެނގޭކަށް ނުޖެހެއެވެ. އެއްބަސްވުންތަކަކީ ބޮޑު ސިއްރެކެވެ. މުޅިން ރާގު ބަދަލުވީއެވެ. ކުރިން ހަތުރެއްގެ ގޮތުގައި ދެކެމުން އައި އިންޑިއާއަކީ މިއަދު މިސަރުކާރަށް ގާތް މިތުރެކެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު