Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުން ޑްރޯންއަކަށް ނުކުރެވޭ ކިތައްމެއް ކަމެއް ހެލިކޮޕްޓަރާއި މަތިންދާބޯޓަށް ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 11:25
އިންޑިއާގެ ހެލިކޮޕްޓަރުގެ އެހީގައި ބަލި މީހަކު ގެނެސްފައި

އިންޑިއާގެ ހެލިކޮޕްޓަރުގެ އެހީގައި ބަލި މީހަކު ގެނެސްފައި

ރާއްޖެއިން އިންޑިއާގެ 76 އަސްކަރީ ސިފައިން ބޭރުކޮށްފައިވާއިރު، މިހާރު އޮތް ސަރުކާރުން ބަރޯސާވަނީ ޗައިނާގެ ފައިސާއާއި ސަރުކާރުން ގެނެސްފައިވާ ތުރުކީ ޑްރޯންތަކަށެވެ. ނަމަވެސް މިކަމުގެ އަސަރު ފެންނާނެތޯ މިއީ އުފެދޭ ސުވާލެވެ.

އެއްކޮޅުން އަސްކަރިއްޔާގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެއް ދުއްވަން ތަމްރީނު ލިބިފައިވާ ޕައިލެޓުން ނެތް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެއްބަސްވެވަޑައިގެންފައިވާ އިރު، އަނެއްކޮޅުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ރާއްޖެއަށް ބޭރުގެ ދަރަނީގެ ކާރިސާއެއް ދިމާވެދާނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުމަށް ތުރުކީގައި އުފައްދާފައިވާ ބައިރަކްޓަރ ޓީބީ2 ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރުން އަދާކުރާ ދައުރު ބަދަލު ނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން އިޝާރާތް ކުރެއެވެ.

ރާއްޖޭގައި ސަރުކާރެއް ވެރިކަމަށް އައުމާއެކު، އިންޑިއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. ވެރިކަމާއި ހަވާލުވުމަށްފަހު މި ސަރުކާރުން ވަނީ އިންޑިއާ ކަނޑުގައި އެންމެ ބޮޑު މައްސަލަ ދިމާވަމުންދާ ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓުތަކަށް ރާއްޖެއައުމުގެ ހުއްދަވެސް ދީފައެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޗައިނާގެ ޖާސޫސް ހަދާ މި ބޯޓުތަކަށް ފުރުސަތު ދިނުމުގެ އިތުރުން އިންޑިއާއާ ދެކޮޅު ސިޔާސަތުގެ ތެރެއިން އިންޑިއާއާއި މައްސަލަ ޖެހިފައިވާ ތުރުކީއާއި ވެސް ގުޅުން ބަދަހިކޮށްފައެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ގައުމަކީވެސް ތުރުކީއެވެ.

ރާއްޖޭގެ އައު ސަރުކާރުން ތުރުކީއާ އެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު، ރާއްޖޭގެ ކަނޑުތައް ކުރިން ބެލެހެއްޓުމުގައި އެންމެ ބޮޑު އެހީތެރިކަމެއްދިން އިންޑިއާ ވަނީ އެ މަސައްކަތުން ދުރުކޮށްފައެވެ. އަދި އޭގެ ބަދަލުގައި އަޑުތައް ފެތުރިގެންދިޔައީ ތުރުކީން ރާއްޖޭގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަން އުޅޭ ވާހަކައެވެ.

އަސްކަރީ ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި އިންސާނުންނާއި އެކު އުދުއްސޭ އުޅަނދުން އިންސާނުންނާއި ނުލައި އުދުއްސަން ފަށާފައިވާއިރު، އެކަމުގައި ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ކަމެއް ސާފު ނުވާ ކަމަށެވެ. އަސްކަރީ ޑްރޯންތަކަކީ އެ ބޭނުންކޮށްގެން މައުލޫމާތު އެއްކުރެވޭ އެއްޗަކަށްވާއިރު، ސުވާލު އުފެދެނީ ތުރުކީގެ ވިސްނުމާއި ދޭތެރޭގައެވެ.

މީގެ އިތުރުން ޑްރޯންއެއް ބޭނުންކޮށްގެން، ބަލި މީހަކު ނުއުފުލޭއިރު، ޑްރޯންގެ މައިގަނޑު ބޭނުމަކީ އިންޓެލިޖެންސާއި، ސަރވައިލެންސް އަދި ސަރވޭ ކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. މީގެ އިތުރުން ހަތިޔާރު ހަޔަރުކޮށްފައިވާ ޑްރޯންތަކަކީ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް އޭގެ ބަދަލުގައި ހެލިކޮޕްޓަރާއި މަތިންދާ ބޯޓަކީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވޭނެ ވަސީލަތްތަކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ރާއްޖެއިން ތުރުކީއާއެކު ޑްރޯންގެ ޑީލްއެއް ހަދާފައިވަނީ ތުރުކީ އާއި ޗައިނާއަށް ކުރެއްވި ޑިޕްލޮމެޓިކް ދަތުރުފުޅުގައެވެ. އެއީ ރާއްޖޭގެ ޖިއޮޕޮލިޓިކަލް އެލައިންމަންޓްތައް އަލުން ކެލިބްރޭޓް ކުރުމުގެ އިޝާރާތެއް ކަމަށް ތަޖުރިބާކާރުން ތުހުމަތުކުރާއިރު، ތުރުކީގެ މި ޑްރޯންތައް ކަނޑުގެ އޮޕަރޭޝަންތަކާއި ސަވައިލެންސް އަށް އިންޑިއާގެ ޑޯނިއާ މަތިންދާބޯޓުގެ ބަދަލުގައި ބޭނުންކުރާނެއެވެ.

ވެޓެރަން މެރިޓައިމް ސްޓްރެޓެޖިސްޓެއް އަދި އިންޑިއަން މެރިޓައިމް ފައުންޑޭޝަންގެ ނައިބު ރައީސް ކޮމޮޑޯ އަނިލް ޖައި ސިންގް (ރިޓަޔާޑް) ވިދާޅުވީ ޑްރޯންއަކީ މަތިންދާބޯޓާއި ހެލިކޮޕްޓަރު ފަދަ އުޅަނދުތަކަށް އެހީތެރިކަން ދެވިދާނެ އެއްޗެއް ކަމަށެވެ. ނަމަވެސް ޑްރޯން ބޭނުންކުރެވޭނީ ހަމައެކަނި މެރިޓައިމް ޑޮމެއިން އެވޭރެންސް އާއި ސަރޗް އެންޑް ރެސްކިއުގެ ކަންކަމުގައި ކަމަށެވެ.

ރާއްޖެއިން ޑްރޯން ބޭނުން ކުރަން ނިންމާފައިވަނީ 900،000 އަކަ ކިލޯމީޓަރުގެ އީއީޒެޑް މޮނިޓަރ ކުރުމަށެވެ. އަދި މިއާއެކު ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ފުޅާކުރުން ހިމެނެއެވެ. ޑްރޯންތައް ގަނެފައިވަނީ ކޮންޓިންޖެންސީ ބަޖެޓުންނެވެ. އަދި މި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އިންސްޓޯލްމަންޓަށް ބަހައިގެންނެވެ.

އިންޑިއާގެ 76 ސިފައިން ބޭރުކޮށްފައިވާ ކަމަށް ސަރުކާރުން ބުނާއިރު، މި ސިފައިންނަކީ އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު އޮޕަރޭޓްކޮށް ބަލަހައްޓަން އައިސް ތިބި ބައެކެވެ. މިހާރު އޮތް ސަރުކާރުން އެއީ ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބައެއްކަމަށް ވެރިކަމަށް އައުމުގެ ކުރިން ބުނި ނަމަވެސް ވެރިކަން ލިބުމާއެކު މަޑުމަޑުން އެ ރާގު ވަނީ ބަދަލުވެފައެވެ.

މިކަމުގައި އަޖައިބުކުރުވަނިވި ކަމަކީ، އެމްއެންޑީއެފްގައި ގާބިލް ޕައިލެޓުން ތިބި ކަމަށް ބުނެ، މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން މީގެކުރިން ކުރީގެ ސަރުކާރަށް ފާޑުކިޔާފައިވެއެވެ. ނަމަވެސް ވެރިކަމަށް އައިސް ރާގު ބަދަލުވެ އެމްއެންޑީއެފްގައި އެފަދަ ބަޔަކު ނެތްކަމަށް މިހާރު ބުނަމުންދެއެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓަކީ "އެމެޖެންސީ މެޑިކަލް އިވެކުއޭޝަންތަކުގައި" މުހިންމު ދައުރެއް އަދާކޮށްފައިވާ އެއްޗެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ކަނޑުފޭރުމުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ "މަސައްކަތް ކުރެވޭނެ ހައްލެއް" ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑިއާއާއި ޒަމާނުއްސުރެ މައްސަލަ އުފެދިފައިވާ ޗައިނާ އަދި މި ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާގެ ޕްރެޝަރާއެކު މިހާރު އޮތް ސަރުކާރުން ވަނީ އެކަމަށް މަގުފަހުކުރެވެން ނެތްކަމަށް ބުނެފައެވެ.

އިންޑިއާއިން 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އެންޓި ޕައިރޭސީ މިޝަންތައް ކުރަމުން އަންނައިރު، މިދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ 500 އަށް ވުރެ ގިނަ މެޑިކަލް އިވެކުއޭޝަން ކޮށް، 523 ދިވެހިންގެ ފުރާނަ ސަލާމަތްކޮށްފައެވެ. އޭގެތެރެއިން 2023 ވަނަ އަހަރު އެކަނިވެސް 131 މީހުން ހިމެނެއެވެ.

ހަމައެފަދައިން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަލާމަތީ ކަންކަން ރައްކާތެރިކުރުމަށް 450 އަށްވުރެ ގިނަ މިޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 2022 ވަނަ އަހަރު ވަނީ 122 މިޝަން ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ސަބަބުތަކަށްޓަކައި ދާއިރާގެ ތަޖުރިބާކާރުން ބުނަނީ އަދިވެސް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، އަސްކަރީ އޮޕަރޭޝަންތައް އަދި މެޑިކަލް ކަންކަމުގައި ޑްރޯންއަށްވުރެ ހެލިކޮޕްޓަރާއި މަތިންތާބޯޓު ރަނގަޅު ކަމަށެވެ.

2023 ވަނަ އަހަރުގެ މެއި މަހު އިންޑިއާއިން ވަނީ ލޭންޑިން ކްރާފްޓް އެސޯލްޓް ބޯޓަކާ އެކު ފަސްޓް ޕެޓްރޯލް ވެސެލްއެއް ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާ ހަވާލުކޮށްފައެވެ. ބާރު ސްޕީޑުގައި އައްސޭރިފަށާއި ކަނޑުގެ ސަރަހައްދުން ފާރަވެރިވުމުގެ ގާބިލްކަން ހުރި މި ޕެޓްރޯލް އުޅަނދަކީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ނަމުގައި ކޮމިޝަންކޮށްފައިވާ އުޅަނދެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓް ބެލެހެއްޓުމާއި މަރާމާތުކުރުމުގައި ވެސް އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުމުގައި ކަނޑުގެ ބާރުގަދަކަމަށް ބަލާއިރު، ސަރަހައްދީ ކަނޑުގެ ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށްޓަކައި "މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ކޯސްޓްގާޑް ހާބަރެއް ތަރައްގީކޮށް، ސަޕޯޓްކޮށް، ބެލެހެއްޓުމަށް" މީގެ ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އުތުރު ތިލަފަޅުގައި އަސްކަރީ ކަނޑުގެ ބަނދަރު ތަރައްގީ ކުރާއިރު، އިންޑިއާ އިން ވަނީ އެ ބަނދަރު ތަރައްގީކުރުމާ ބެހޭ ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް ވެސް ހުށަހަޅާފައެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންއިންޑިއާ ސިފައިން ތުރުކީޗައިނާއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު