Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާކުރުން

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

އޭނާގެ މައްޗަށް ހަމަ މި ބާވަތުގެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 09:38
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

އެއްބަނޑު ދެބެއިންނާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ އެއްބަނޑު ދެބެއިންނާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް އުފުލި ދައުވާއަކާ ގުޅޭ މައްސަލައެކެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރެ އެއްބަނޑު ދެބެއިންނާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 2 ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ އެ ދެކުދިންނާމެދު އެކުދިން ދިރިއުޅުނު ވެށީގައި ތަކުރާރުކޮށް ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.

އެ ދައުވާތަކާއި ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް 26 މެެއި 2021 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. އެ ބަންދު މުރާޖައާކުރަން އޭނާގެ ފަރާތުން 7 ޑިސެމްބަރު 2023 ގައި ހުށަހެޅުމުން އެފަހަރު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ބާތިލުކޮށް، އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. ސަބަބަކީ ބަންދުގެ ހާލަތު ބަދަލުވި ގޮތް ޖުމުލަ ގޮތެއްގައި ނިންމުމުގައި ބަޔާންކޮށްފައިވާތީއެވެ.

އެހެންކަމުން އެ ނިންމުން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ ދައުވާލިބޭ ފަރާތަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖޭ މީހެއްކަން ނުވަތަ ނޫންކަން، ސުޕްރީމް ކޯޓުން ކަނޑަައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް 15 މެއި 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.

ހަމައެއާއެކު، 48 ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދު މުރާޖައާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވަނީ އަމުރުވެސް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމުގައި ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށް އޮތް އިހުތިމާލު އަދިވެސް އެގޮތުގައި ދެމިއޮތްކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގެ އިތުރުންވެސް، އޭނާގެ މައްޗަށް ހަމަ މި ބާވަތުގެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދާކަން ސުޕްރީމް ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.  

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ޖިންސީ ގޯނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު