Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފަޅު ހިއްކުން ހުއްޓުވުން

ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

15 މެއި 2024 | ބުދަ 07:44

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2024 | ބުދަ 07:44
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭކަމަށް ބުނެ ހުމައިދާ އަބްދުލް ޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން އެ މަޝްރޫއު ހުއްޓާލުމަށް ހައިކޯޓުން ނެރުުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އޭނާގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. މައްސަލައިގައި ބުނެފައިވަނީ އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ހުޅަނގު ދެކުނު ފަރާތުގެ ފަޅާއި ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކަށް ގެއްލުންވާ ކަމަށެވެ.

އެއީ މާލީގޮތުން ދެކޮޅު ނުޖެހޭ، ދަރަނި ބޮޑު، އަދި ޤާނޫނުއަސާސީއާ ޚިލާފަށް ކުރިއަށް ގެންދާ މަޝްރޫއެއްކަމަށްވެސް އޭނާގެ ފަރާތުން ވަނީ ބުނެފައެވެ.

ސިިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަައިގެ ގޮތެއް ކަނޑައެޅެންދެން މި މަޝްރޫއު ހުއްޓުވައިދިނުން އެދި އޭނާގެ ފަރާތުން ވަގުތީ އަމުރަކަށްވެސް އެދުނެވެ.

ސިވިލް ކޯޓުން އޭރު ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ފަދަ ތަނެއް ނެތް ކަމަށެވެ. އެގޮތުން ފޭސް 1 ގެ މަޝްރޫއުވެސް ނިމި ފޭސް 2 ގެ މަޝްރޫެއުވެސް ފެށި އެތައް ދުވަހެއް ވެފައިވަނިކޮށް އެ މަޝްރޫއު ހުއްޓާލުމަކީ ދައުލަތަށް އޭގެ ބުރަ އުފުލަން ޖެހިދާނެ ކަމެއްކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.

އެހެންކަމުން އޭނާގެ ފަރާތުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ ވަގުތީ އަމުރު ނެރެދީފައެވެ. އެގޮތުން ގުޅީފަޅު ބިންހިއްކުމާ ގުޅޭ އެންމެހައި ކަންކަން ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން ނިންމުމުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގައި ދެފަރާތުގެ ގެއްލުން ވަޒަން ކުރާއިރު، ޔަޤީން ކަށަވަރު ކަމެއް ބެލުމެއް ނެތި ވަގުތީ އަމުރު ބާތިލުކުރުމަކީ އަދުލުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

ހައިކޯޓުން އަމުރު ނެރެދީފައިވަނީ ދެފަރާތަށް ލިބޭނެ ގެއްލުން ވަޒަން ކުރުމެއް ނެތި ކަމަށާއި، ދައުލަތަށް ލިބޭ ގެއްލުމަށް ރިއާޔަތްކޮށްފައިނުވާކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އެހެންކަމުން ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ގުޅީފަޅު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
17 ސެޕްޓެމްބަރު 2025

އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

17 ސެޕްޓެމްބަރު 2025
އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު
22 އޯގަސްޓު 2025

ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް

22 އޯގަސްޓު 2025
ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
08 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓްތައް ބާތިލްކުރި މައްސަލަ - ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި

08 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓްތައް ބާތިލްކުރި މައްސަލަ - ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި
07 ޖުލައި 2025

ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތެއް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢެއްގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން: ޑރ. އަބްދުﷲ ދީދީ

07 ޖުލައި 2025
ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތެއް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢެއްގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން: ޑރ. އަބްދުﷲ ދީދީ
30 އޮކްޓޯބަރު 2024

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި
29 އޮކްޓޯބަރު 2024

ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ

29 އޮކްޓޯބަރު 2024
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް