Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލިކޮޕްޓަރު ހުއްދަނުހޯދާ ދުއްވިކަމަށް ބުނާ ވާހަކަ

ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި

ތިމަރަފުއްޓަށް ޖެއްސީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2024 | ބުދަ 03:54
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް ބަލިމީހަކު އަރުވަނީ

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް ބަލިމީހަކު އަރުވަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ދިވެހި ސިފައިންގެ ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރުގައި ދަތުރުކުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޮނުވާލިކަން ހާމަކޮށް އެކަމުގެ ތަފްސީލުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު ދުއްވާފައި ކަމަށެވެ. އަދި އެއީ ތިމަރަފުއްޓަށް ހެލިކޮޕްޓަރު ލޭންޑްކުރި އިންސިޑެންޓެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 9 ދުވަހު ކުރި ދަތުރެއް ކަމަށެވެ. އަދި ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށާއި، އޮކްޓޯބަރު 9 ވަނަ ދުވަހުގެ ދަތުރަކީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކުރި ދަތުރެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށް ބަޔާނުގައިވެއެވެ. އެއީ ކުއްލި ހާލަތެއްގެ ސަބަބުން ބޯޓާއި ބޯޓުގެ ކްރޫގެ ސަލާމަތަށް ވިސްނައި ނެގި ފިޔަވަޅެއް ކަމަށް ވެސް ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫންއިންޑިއަން އެމްބަސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު