Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިވައިވަލް ބެޑްމިންޓަން ޗެލެންޖް

ރިވައިވަލްގެ ބެޑްމިންޓަން ޗެލެންޖް ވެސް އޭދަފުށީގައި

މުބާރާތް ފަށާނީ މިމަހު 20 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 14 މެއި 2024 | އަންގާރަ 03:23
ރިވައިވަލްއިން އޭދަފުށީގައި ކުރިއަށްގެންދާ ޖޫނިއަރ ޗެމްޕިއަންޞިޕްގެ ތެރެއިން

ރިވައިވަލްއިން އޭދަފުށީގައި ކުރިއަށްގެންދާ ޖޫނިއަރ ޗެމްޕިއަންޞިޕްގެ ތެރެއިން

ރިވައިވަލްގެ ބެޑްމިންޓަން ޗެލެންޖް ބ.އޭދަފުށީގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

މިފަހަރުގެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ހަމައެކަނި އޯޕަންސް ކެޓަގަރީ ހިމެނޭ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ, ބައިވެެރިވި ކުޅުންތެރިންވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މުބާރާތުގައި 10 އަހަރުން ދަށް, 12 އަހަރުން ދަށް, 14 އަހަރުން ދަށް, 16 އަހަރުން ދަށް, 18 އަހަރުން ދަށް އަދި 35 އަހަރުން މަތީގެ ކެޓަގަރީ ހިމެނެއެވެ. މީގެތެރެއިން 10 އަހަރުން ދަށާއި 12 އަހަރުން ދަށް ފިޔަވައި އެހެން ކެޓަގަރީ ތަކުގައި ސިންގަލްސްގެ އިތުރުން ޑަބަލްސްވެސް ހިމެނެއެވެ. މުބާރާތުގެ އެންމެ ޚާއްޞަ އެއް ކެޓަގަރީ އަކީ ސްޕެޝަލް ނީޑްސް ކެޓަގަރީއެވެ. މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި މާލެ ފިޔަވައި އެހެން ބައެއް ރަށް ރަށުން ބައިވެރިވި ކުޅުންތެރިން ހިމެނެއެވެ. އެގޮތުން ނ.ހޮޅުދޫއާއި ޅ.ނައިފަރާއި, އއ.ތޮއްޑޫން މުބާރާތުގައި ވާދަކުރަން އޭދަފުއްޓަށް ދާނެއެވެ. މީގެއިތުރުން އޭދަފުށީގެ ކުޅުންތެރިންނާއި މާލެއިން ދާ ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި 60,000 ރުފިޔާ ރިވައިވަލް ސްޕޯރޓްސް އިން ވަނީ ކަނޑައަޅާފައެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިވައިވަލް ސްޕޯރޓްސް އިން ވަނީ މީގެކުރިން ޖޫނިއަރ ޗެމްޕިއަންޝިޕަކާއި ރިސޯރޓް މުބާރާތެއްވެސް އޭދަފުށީގައި ބާއްވާފައެވެ. އެރަށުގައި އެކްލަބްގެ 150 އެއްހާ ކުޅުންތެރިން ތަމްރީނު ހޯދައެވެ. އެއީ އޭދަފުށީގެ ކުޅުންތެރިންނެވެ.

ިރިވައިވަލް ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2024

މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް

25 ނޮވެމްބަރު 2024
މިކްސް ޑަބަލްސްގައި ޒަޔާން އަދި ނަބާ އަށް ރިހި މެޑަލް
25 ނޮވެމްބަރު 2024

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް

25 ނޮވެމްބަރު 2024
ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް ރަން މެޑަލް ނަބާ އަށް
21 މެއި 2024

200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ރިވައިވަލް ބެޑްމިންޓަން ޗެލެންޖް އޭދަފުށީގައި ފަށައިފި

21 މެއި 2024
200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ރިވައިވަލް ބެޑްމިންޓަން ޗެލެންޖް އޭދަފުށީގައި ފަށައިފި
12 ސެޕްޓެމްބަރު 2022

ރިވައިވަލް ސްޕޯރޓްސްގެ ޓީމް އިންޑިޔާ މުބާރާތަކަށް!

12 ސެޕްޓެމްބަރު 2022
ރިވައިވަލް ސްޕޯރޓްސްގެ ޓީމް އިންޑިޔާ މުބާރާތަކަށް!
09 ސެޕްޓެމްބަރު 2022

ރިވައިވަލްގެ ކެޕްޓަން ތޯއިފްއަށް އެކްލަބްގެ ސްކޮލަރޝިޕްއެއް!

09 ސެޕްޓެމްބަރު 2022
ރިވައިވަލްގެ ކެޕްޓަން ތޯއިފްއަށް އެކްލަބްގެ ސްކޮލަރޝިޕްއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު