Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޫރުގެ ކިޑްނީ ލެއްވި މީހާ މަރުވުން

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

އޭނާ މަރުވީ ސީދާ ޓްރާންސްޕްލާންޓްގެ ސަބަބުން ކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭ

ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 18:57
ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީ އެއް ލެއްވި އުމުރުން 62 އަހަރުގެ ރިކް ސްލޭމަން

ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީ އެއް ލެއްވި އުމުރުން 62 އަހަރުގެ ރިކް ސްލޭމަން

ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީ އެއް ލެއްވި މީހާ މަރުވެއްޖެ ކަމަށް، ޓްރާންސްޕްލާންޓް ހެދި ހޮސްޕިޓަލުން ބުނެފިއެވެ.

އުމުރުން 62 އަހަރުގެ ރިކް ސްލޭމަންގެ ކިޑްނީ މުޅިން ފޭލްވުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ހެދީ މި އަހަރުގެ މާޗްމަރު އެމެރިކާގެ މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލުގައެވެ.

އާދިއްތަ ދުވަހު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރުވީ ސީދާ ޓްރާންސްޕްލާންޓްގެ ސަބަބުން ކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމުގައެވެ.

މާޗް މަހުގެ 16 ވަނަ ދުވަހު ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ބުނެފައިވަނީ ލެއްވި ކިޑްނީ ބަރާބަރަށް މަސައްކަތް ކުރަމުންދިއުމާއެކު އޭނާއަށް ދެން ޑަޔަލެސިސް ހަދަން ނުޖެހޭނެ ކަމުގައެވެ.

ޖެނެޓިކް މޮޑިފިކޭޝަން ތަކާއެކު އޫރުގެ ކިޑްނީ ލެއްވި މި މީހާއަކީ 2018 ވަނަ އަހަރު އިންސާނެއްގެ ކިޑްނީ ލެއްވި މީހެކެވެ. ނަމަވެސް ކިޑްނީ ލެއްވިތާ 5 އަހަރު ފަހުން އެ ކިޑްނީވެސް ވަނީ ފެއިލްވެފައެވެ.

އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވިއިރު، މީގެ ކުރިން ދެ މީހަކު ވަނީ އޫރުގެ ހިތް ޓްރާންސްޕްލާންޓް ކޮށްފައެވެ. އެ ދެމީހުންވެސް ހިތް ލެއްވިތާ މާ ގިނަ ދުވަހެއް ނުވެ ވަނީ މަރުވެފައެވެ.

ކިޑްނީއޫރު ކިޑްނީ ލެއްވި މީހާ މަރުވުން

އިތުރަށް ކިޔާލަން

04 އެޕްރީލު 2024

"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

04 އެޕްރީލު 2024
"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ
20 ސެޕްޓެމްބަރު 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

20 ސެޕްޓެމްބަރު 2022
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި
22 އެޕްރީލު 2022

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

22 އެޕްރީލު 2022
ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
05 އޮކްޓޯބަރު 2021

ދެވަނަ ފަހަރަށް ކިޑްނީ ފެއިލް، ކުލުނުން ފުރިގެންވާ އަނތްބެއްގެ އަސަރުގަދަ ވާހަކަ!

05 އޮކްޓޯބަރު 2021
ދެވަނަ ފަހަރަށް ކިޑްނީ ފެއިލް، ކުލުނުން ފުރިގެންވާ އަނތްބެއްގެ އަސަރުގަދަ ވާހަކަ!
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު