Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކިޑްނީގެ ދުޅަހެޔޮކަން

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

ސީ.ކޭ.ޑީ މެދުވެރިވާ ސަބަބުތަކުގެ ތެރައިން މައިގަނޑު އެއްސަބަބަކީ ފެން މަދުވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 06:18
ފެންމަދުވުމުގެ ސަބަބުން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދޭ

ފެންމަދުވުމުގެ ސަބަބުން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދޭ

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަށް ގިނަފަހަރު ހަނދާން ނުހުރެއެވެ. އެހެންކަމުން އާއްމުކޮށް ރޯދަމަހުގައި ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ފެން ބުއިމުގެ މުހިންމުކަން ހަނދާން ނެތެނީ ރޯދަމަހު ކެއުމަށް މާ ބޮޑަށް އިސްކަންދެވޭތީއެވެ. ރާއްޖެފަދަ ހޫނު މޫސުން އޮންނަ ގައުމަކު ރޯދަ ހިފާއިރު ރަނގަޅަށް ފެން ބުއިމަށް ހަނދާންކުރަންޖެހެއެވެ. ފެން މަދުވުމުގެ ސަބަބުން، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ބަނޑުގައި ރިއްސުންފަދަ ކަންތައް ކުރިމަތިވެއެވެ.

ރޯދަނޫން ވަގުތުތަކުގައި ފެން ބުއިމަށް އިސްކަން ދޭންޖެހޭނެއެވެ. އެއީ ފެން މަދުވުމުގެ ސަބަބުން ދިމާވާ ކިޑްނީ މައްސަލަތަކާއި އެކި ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށެވެ. ހަށިގަނޑުން ފެން މަދުވުމުން ނުވަތަ 'މައިލްޑް ޑީހައިޑްރޭޝަން' ގެ ސަބަބުން އާއްމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަން ކުރުމަށް އުނދަގޫވެ ވަރުބަލިވުމަށް މަގުފަހިވެއެވެ. އަދި ބޮޑަށް ހަށިގަނޑުން ފެންމަދުވުމުން ނުވަތަ 'ސިވިއަރ ޑީހައިޑްރޭޝަން' ގެ ސަބަބުން ކިޑްނީއަށް ގެއްލުންވުމަށް މެދުވެރިވެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންމަދުވުމުގެ ސަބަބުން ހަށިގަނޑުގައި ވޭސްޓް އަދި އެސިޑް އުފެދި އޭގެ ސަބަބުން ކިޑްނީއަށް ގެއްލުންވާ މައްސަލަ، ޕްރޮޓީން އުފެދުން އެކަށީގެންވެއެވެ.

ކީޑްނީ ދުޅަވުން، ކީޑްނީގައި ހިލަ އުފެދުން، ކިޑްނީ ފެއިލްވުން އަދި ދާއިމީ ކިޑްނީ ބަލި ނުވަތަ ކްްރޮނިކް ކިޑްނީ ޑިޒީޒް، (ސީ.ކޭ.ޑީ) މެދުވެރިވާ ސަބަބުތަކުގެ ތެރައިން މައިގަނޑު އެއްސަބަބަކީ ފެން މަދުވުމެވެ. ރޯދަމަހުގައި ނޫނަސް ފެން ބުއިމަކީ އިސްކަންދޭން ޖެހޭނެކަމެކެވެ.

ހަށިގަނޑުގައި ފެންހުންނަންޖެހޭ މިންވަރަށް ހުރުން ކިޑްނީއަށް ވަރަށް މުހިއްމެވެ. ފެން ބުއިމުގެ ސަބަބުން ލޭގައި ދައުރުވާ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތަށް ކުޑަކަމުދިއުމުން ބޭރުވެ، ކިޑްނީއަށް ބޭނުންވާ ނިއުޓިރިއަންޓްސް ލިބުމަށް މަގުފަހިކޮށްދެއެވެ. ފެންމަދުވުމުގެ ސަބަބުން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުން، މިފަދަ މައްސަލައެއް މެދުވެރި ވެއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. ހަށިގަނޑަށް ލިބެންވާވަރަށް ފެން ލިބޭތޯ ދެނެގަނެވޭނީ ކުޑަކަމުދިއުމުން އޭގޭ ކުލައިންނެވެ. ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުންނަނަމަ އެއީ ހަށިގަނޑަށް އިތުރު ފެން ބޭނުންވާ ކަމުގެ ނިޝާނެކެވެ. އެހެން ނަމަވެސް އަބަދުވެސް ގަދަ ކުލައިގައި ކުޑަކަމުދާ ތަކެތި ހުންނަނަމަ ޑަކްޓަރުގެ ލަފާ ހޯދުމަކީ މުހިއްމުކަމެކެވެ.

ކިޑްނީ ފެއިލިއަރ ނުވަތަ ކިޑްނީ ފަންކްޝަން މައްސަލަ ހުންނަ މީހުން ފެން ބޯންޖެހޭ މިންވަރު މަދުކުރަންޖެހިދާނެއެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ރޯދަހިފުމުގައި ޑަކްޓަރުގެ ލަފާ ހޯދުން މުހިއްމެވެ. ރޯދަމަހު ރޯދަހިފުމުން ގެއްލިގެންދާ ފެން އަބުރާ ހަށިގަނޑަށް ގެނެއުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ރޯދަވީއްލާ ގަޑީގައި ދެތަށި ފެން ބުއިން، ބޮޑެތި މީހުން އެންމެ ކުޑަމިނުން 1.5 ލީޓަރު ފެން ބުއިން ހިމެނެއެވެ. އަދި ދުވާލަކު ހަމަކުރަންޖެހޭ ފެނުގެ އަދަދު އެއްފަހަރާ ބުއިމުގެ ސަބަބުން ކިޑްނީއަށް ބާރުބޮޑުވާނެއެވެ.

ފިނި ފެނުގެ ބަދަލުގައި ތާފަނާ ފެން ބުއިމާއި، ހަކުރު އަދި ކެފެއިން ގިނަ ބުއިންތައް މަދު ކުރުމާއި، ކުޅި އަދި ލޮނުގަދަ ކެއުންތަކުން ދުރުހެލިވުމުގެ އިތުރުން ކަރާ، އަލަނާސި އަދި އޮރެންޖް ފަދަ ފެން ގިނަ މޭވާ ކެއުން މުހިންމެވެ. މީގެ އިތުރުން ކިރު ބޭނުންކޮށްގެން ހަދާފައި ބުއިންތަކާއި ސޫޕް އަދި ތާޒާ މޭވާ އަދި ތަރުކާރިން ހަދާފައިވާ ޖޫސް ބޮވިދާނެއެވެ.

ރޯދަ ހިފުމުގެ ސަބަބުން ކިޑްނީއަށް ގެއްލުންވުމަކީ އެކަށީގެންވާކަމެއް ކަމުގައި ބައެއް މީހުން ހީކުރެއެވެ. ނަމަވެސް ރޯދަ ހިފުމަކީ ކިޑްނީއަށް ފައިދާކުރާ ކަމެކެވެ. ޑރ މަނާރް ކަރަމް، ފެމިލީ މެޑިސިންއަށް ޚާއްސަ ޑޮކްޓަރ، ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީ ހުންނަ މީހުން ރޯދަމަހު ހަނދުމަކުރަންޖެހޭ ބައެއް ކަންތައްތައް ހިއްސާކުރެއެވެ. އެގޮތުން ޕްލާސްމާ ކްރިއަޓަނީން 30 އިންސައްތައަށްވުރެއް މަތިވެއްޖެނަމަ ނޫނީ ސިރަމް ޕޮޓޭސިއަމް ނުވަތަ ސޯޑިއަމް ބަދަލުވެއްޖެނަމަ ރޯދަ ދޫކޮށްލުމާއި، ރޯދަވީއްލާ ވަގުތު ޕޮޓޭސިއަމް ގިނަ، ފޮސްފަރަސް އެކުލެވޭ ކާތަކެތިކަމަށްވާ، މިސާލަކަށް ދޮންކެޔޮ، ނަޓްސް ގެބާވަތްތައް ކެއުމާއި ގިނައިން ފެން ބުއިން ހިމެނެއެވެ. އަދި ޑައެލިސިސް ކުރިއަށްގެންދާ މީހުން ރޯދަ ހިފާއިރު ރަނގަޅަށް އިލެކްޓްރޯލައިޓްސް ހުންނަ މިންވަރު ބެލުމާއި ރޯދަ ނުހިފާ ހުންނަ ވަގުތުތަކުގައި ގިނަގިނައިން ދިޔާއެއްޗެހި ބުއިން މުހިންމެވެ.

ޑައިބީޓީޒް، އޮބެސިޓީ، ހައިޕަރޓެންޝަން، ނުނީ އާއިލާތެރޭގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާނަމަ، ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީއަށް ސްކްރީން ކުރަންވާނެއެވެ. ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީގެ މައްސަލަ ކުޑަކޮށްދިނުމަށާއި ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ.

ކިޑްނީރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

13 މެއި 2024
"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

04 އެޕްރީލު 2024
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

20 ސެޕްޓެމްބަރު 2022
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު