Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރާއި ދެކޮޅަށް ހުރާ ރައްޔިތުން ނުކުތުން

ހުރާއަށް ވަޑައިގެންނެވި ސަރުކާރުގެ ވަފުދަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ނެރުނީ ޔާމީންގެ ހުސްގޮނޑިކޮޅު

އަބްދުއްރަހީމް އަބްދުﷲއަށް ފާޑުކިޔާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޑިސެމްބަރު 2023 | ހުކުރު 15:32
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީންޝޮޓެއް

ދައުރުވަމުންދާ ވީޑިއޯގެ ސްކްރީންޝޮޓެއް

ކ.ހުރާއަށް ވަޑައިގެންނެވި ސަރުކާރުގެ ވަފުދަށް މަރުހަބާ ދެންނެވުމަށް ކުރީގެ ރައީސް އަދި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީންގެ ނަންޖަހާފައިވާ ހުސްގޮނޑިކޮޅު ނެރެފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހުގެ ހަވީރު ވަނީ ކ.ހުރާއަށް ވަޑައިގަންނަވާފައެވެ. ސަރުކާރުގެ މިޓީމުގައި 13 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މިދަތުރަކީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ކުރައްވާ ދަތުރެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ 13 މެންބަރުންގެ ވަފުދެއް ހުރާއަށް ވަޑައިގަތުމާއި ގުޅިގެން ރައްޔިތުން ވަނީ އެބޭފުޅުންގެ ފަހަތްޕުޅުން ހުސްގޮނޑިކޮޅު ހިފައިގެން ހިނގާފައެވެ. އަދިވެސް ޔާމީން ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ޕީޕީއެމް ހިންގުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ވެރިކަން ކުރާ ޕާޓީ ޕިއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއަށް ފާޑުކިޔާފައިވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވެ އެއްމަސްނުވަނީސް ރައްޔިތުންނަށް ދަތިކުރާ ކަމަށާއި، ޔާމީންގެ ފިކުރަށް ތާއީދުކުރާ މީހުން ސިޔާސީ މަސައްކަތްތަކުން ދުރަށް ޖައްސަމުންދާ ކަމަށް ރައްޔިތުން ގޮވާލާފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި އެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއް ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެފައެއް ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބު 2023 ގެ ކެންޕޭންގެ ތެރޭގައި ރައީސް.ޑރ މުއިއްޒު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޔާމީން އިސްވެ ހުންނަވައި މިހާރު ވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައެވެ. ޔާމީންގެ ލެގަސީގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް މިހާރު އެމަނިކުފާނު އެކަން މަތިން ހަނދުމަފުޅު ނެތް ކަމަށާއި، އަނިޔާވެރިވެފައިވާ ކަމަށް ޔާމީންނަށް ތާއީދުކުރާ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ކ. ހުރާޔާމީންގެ ހުސްގޮނޑިކޮޅު

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
02 އޮކްޓޯބަރު 2025

ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި

02 އޮކްޓޯބަރު 2025
ގައުމީ ޔުނިވަރސިޓީ އިން ހުކުރު ދުވަހު ހުރާ އަށް ދަތުރެއް ރާވައިފި
14 މެއި 2024

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
01 ޖޫން 2023

ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

01 ޖޫން 2023
ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
04 ނޮވެމްބަރު 2021

ހުރާއިން 41 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

04 ނޮވެމްބަރު 2021
ހުރާއިން 41 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު