Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރު ބޭރުކުރުން

ރާއްޖެއިން 60،000 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓައި މައްސަލަ ބަލަނީ

ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ގަވާއިދާ އެއްގޮތަށް ރިޕޯޓު ކޮށްފައި ނުވާނަމަ ކަސްޓަމްސްއަށް އެ ފައިސާ ހިފެހެއްޓޭނެ ޙާލަތްތައް ހުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 06:54
10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދާ ނަމަ އެ ފައިސާ ހޯދި ގޮތުގެ ތަފްސީލް ދޭން ޖެހޭ

10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދާ ނަމަ އެ ފައިސާ ހޯދި ގޮތުގެ ތަފްސީލް ދޭން ޖެހޭ

ރާއްޖެއިން 60،000 ޑޮލަރު ބޭރު ކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓައި މައްސަލަ ބަލަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މިދިޔަ ހަފްތާ ތެރޭގައި ވެސް ރާއްޖެއިން 60،000 ޑޮލަރު ބޭރު ކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކުން ބަލަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވަނީ ކަސްޓަމްސްގެ ކޭޝް ޑެކްލަރޭޝަން ގަވައިދަށް ގެނެސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވާފައެވެ.

އަދި ވިދާޅުވީ، އޭގެ ދަށުން 10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދާ ނަމަ އެ ފައިސާ ހޯދި ގޮތުގެ ތަފްސީލް ދޭން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، މި މިންގަނޑަށް އަމަލު ކުރާނީ ހަމައެކަނި ދިވެހިންނާމެދު ނޫން ކަމަށާއި ބިދޭސީން ވިޔަސް ފައިސާ ހޯދީ ކިހިނެއް ކޮންތާކުންކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވާއިދުގައިވާ ގޮތުން ވައިގެ މަގުން ދިވެހިރާއްޖެއިން ފުރާ ފަރުދެއްނަމަ ރާއްޖެއިން ފުރުމަށް ޓަކައި އެއަރލައިންގެ ޗެކިންގ ކައުންޓަރުން ބޯޑިންގ ޕާސް ދޫކުރުމުގެ ކުރިން އެ ފަރާތުގެ އަތުގައި ހުރި މި ގަވާއިދުގެ ދަށުން ރިޕޯޓު ކުރަންޖެހޭ ފައިސާ ކަސްޓަމްސްއަށް ރިޕޯޓު ކުރަންޖެހެއެވެ.

އޭގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ނަގުދު ފައިސާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ މި ގަވާއިދާ އެއްގޮތަށް ރިޕޯޓު ކޮށްފައި ނުވާނަމަ ކަސްޓަމްސްއަށް އެ ފައިސާ ހިފެހެއްޓޭނެ ޙާލަތްތައް ވެސް އެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެމްއެމްއޭކަސްޓަމްސް ހައުސިންގ މިނިސްޓްރީޑޮލަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު