Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅުން

ޕެޕަރ ސްޕްރޭ ޖެހުމުން ނޭވާލުމުގެ މައްސަލަތައް ކުރިމަތިވިކަމަށް ބުނެ، އެންއައިސީއަށް ހުށަހެޅި މައްސަލައިގެ ޖަވާބެއް ނެތް

އަނީސާއަކީ ޕީއެންއެފްގެ ސެނެޓްގެ މެންބަރެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މެއި 2024 | އާދީއްތަ 13:37
އަނީސާއަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

އަނީސާއަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިފަހުން ހިނގާދިޔަ އެއް ހާދިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ޣިޔާޘުއްދީން ސްކޫލް ހޯލުގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އަޅައި ހިނގި ހަމަނުޖެހުންތަކެވެ. 9 އޭޕްރީލް 2024 ވީ އަންގާރަ ދުވަހުގެ ރޭ ފުލުހުންނާއި އާއްމު ރައްޔިތުންނާއި މެދު ހިނގި ހަމަނުޖެހުންތަކުގައި ގިނަ އާއްމު ރައްޔިތުންނަށް އަނިޔާވިއެވެ. އަދި އެސަރަހައްދުން އާއްމު ރައްޔިތުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ.

އެގޮތުން އަނިޔާވި އެކަކީ އަނީސާ ސައީދެވެ. އޭނާއަކީ ޕީއެންއެފްގެ ސެނެޓްގެ މެންބަރަކެވެ.

އަނީސާއަށް ލިބުނު އަނިޔާތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް އޭނާ ބުނެފައިވަނީ އެރޭ ޖަލްސާއަށް ދިޔައީ އިސްކޮށް ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅޭތީ ކަމަށެވެ. ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ގޯތިތެރެއަށް ވަދެ، ހޯލަށް ވަނުމަށް ދިޔައިރު އެސްއޯ ފުލުހުން ހޯލަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބި ކަމަށެވެ. ގިނަ އަދަދެއްގެ މީހުން އެސަރަހައްދުގައި މަޑުކޮށްގެން ތިބުމާއެކު، އޭނާ ވެސް އެތަނުގައި މަޑުކުރިއެވެ. ހުއްދަ ހޯދާގެން ކުރިއަށް ގެންދާ ޖަލްސާއަކަށް ފުލުހުން ހުރަސް އެޅުމުގެ ސަބަބުން އޭރު ވެސް ގިނަ މީހުން ނުރުހުން ފާޅުކޮށް، ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ކަމަށެވެ. މާ ގިނައިރެއް ނުވެ، ފުލުހުން ޕެޕަރ ސްޕްރޭ ޖެހި ކަމަށާއި، ޕެޕަރ ސްޕްރޭ ޖެހީ އަނީސާގެ މޫނަށް ކަމަށެވެ. އަގަޔާއި، ނޭފަތަށް އަދި ލޮލަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް އޭނާ ބުންޏެވެ. އެވަގުތު ވެސް ނޭވާލާން އުދަނގޫވި ކަމަށާއި، މީހުންނާއި ދުރަށް ގޮސް މަޑުކުރި ކަމަށް އަނީސާ ބުންޏެވެ. އެވަގުތު ޝީލްޑްތައް ހިފައިގެން ވަރަށް ގިނަ އަދަދެއްގެ ފުލުހުންތަކެއް ދުވެފައި އައިސް ސްކޫލުގެ ތެރެއަށް ވަތް ކަމަށާއި، އެތަނުން މީހަކު އޭނާގެ ކަނާއަތުގައި ހިފައި ފަހަތަށް ހޫރާލި ކަމަށެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވި، ސްކޫލު ވަންނަތަނުގައި ހަދާފައި ހުރި ގާގަނޑުގެ މައްޗަށް ވަރަށް ބާރަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އަދި ސްކޫލުގެ ތެރޭގައި ކަރަންޓު ނެތުމުގެ ސަބަބުން ވާނުވާ ނޭނގޭ ކަމަށް އަނީސާ ބުންޏެވެ.

އިރުގަނޑެއް ފަހުން، އަނީސާ އެތަނުން ނޭގީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާއާއެކު ގެއަށް ދިޔައިރު ހަށިގަނޑުގައި ވޭނާ ތަދު ހުރި ނަމަވެސް އޭރު ނޭވާވީ އުދަނގޫ ހުރީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. ނަމަވެސް އެނެއް ދުވަހުގެ ހެނދުނު އަނީސާއަށް ހޭލެވުނީ ނޭވާ ނުލެވިގެންނެވެ.

ނޭވާއަށް ވަރަށް ބޮޑަށް އުދަނގޫވެފައި ހުރުމުން އެދުވަހު އައިޖީއެމްއެޗަށް ގޮސް ނެބިއުލައިޒްކޮށް، ޑޮކްޓަރަށް ދައްކައި، ބޭސް ނަގައި ހެދިއެވެ. ނަމަވެސް އޭގެފަހުން ވެސް ބައްޔަށް ލުއެއް ނުލިބެއެވެ. ނޭވާ ކުރުވެފައި ހުންނައިރު، ހަށިގަނޑުގައި ވަރެއް ނުހުރެއެވެ. ހާލު ގޯސްވުމުން އަނެއްކާ ވެސް ހޮސްޕިޓަލަށް ދިޔައެވެ. އެފަހަރު އެޑްމިޓް ކުރިއެވެ. ގާތްގަނޑަަށް 8 ފަހަރު ނެބިއުލައިޒް ކުރި ކަމަށް އޭނާ ބުންޏެވެ. އޮކްސިޖަން ލެވަލް ވަރަށް ބޮޑަށް ދަށްވުމާއެކު، ގާތްގަނޑަކަށް 6 ގަޑިއިރު ހޮސްޕިޓަލްގައި އޭނާ އޮތެވެ.

އޭގެފަހުން ވެސް އުދަނގޫތައް ކުރިމަތިވާތީ މިދިޔަ ބުދަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް ދިޔައެވެ. ފުއްޕާމޭގެ ޓެސްޓެއް ހަދަންޖެހޭއިރު، މި ޓެސްޓު ހެދުމަށް އެޕޮއެންޓްމަންޓް ލިބެން އޮތީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ. އަދި އެދުވަހު ހެދި ލޭގެ ޓެސްޓު ނަތީޖާ ވެސް ލިބެނީ 3 ދުވަސް ފަހުން ކަމަށް އޭނާ ބުންޏެވެ.

ފަރުވާއަށް އިންތިހާއަށް ލަސްވާތީ އަނީސާ މިހާރު ދަނީ ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހުގެ 19 ގައި ފުރަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އަނީސާ ބުނީ މި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ. 5 ދުވަސް ފަހުން އެކޮމިޝަނުން ގުޅައި، މައްސަލައާ ގުޅޭ ލިޔެކިއުންތައް ނުލިބޭ ކަމަށް ބުނި ކަމަށެވެ. އީމެއިލް ޗެކް ކުރުމުން އެ ލިޔެކިއުންތައް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެކޮމިޝަނުން އެލިޔެކިޔުންތައް ނުލިބޭ ކަމަށް ބުނެފައިވާތީ އަލުން އެ ލިޔުންތައް ވަނީ ފޮނުވާފައެވެ. އޭގެފަހުން މިހާރު ދެ ހަފްތާ ވެއްޖެ ކަމަށާއި، މައްސަލައިގެ އެއްވެސް އަޕްޑޭޓެއް ނުލިބޭ ކަމަށް އަނީސާ ބުންޏެވެ.

މިމައްސަލައާ ގުޅިގެން އެންއައިސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސިއްހީ ހާލަތުތައް އަންގައިދޭ ލިޔެކިޔުންތައް ރާއްޖެއެމްވީއަށް ހިއްސާކޮށް، އަނީސާ ބުނީ، އޭނާއަށް ސިއްހީ މި މައްސަލަތައް ކުރިމަތިވާން ފެށީ އެރޭގެ އެ ހާދިސާއަށް ފަހުއެވެ. އެހެންކަމުން މި މައްސަލައިގައި މިއަދު އޭނާ އިންސާފު ބޭނުންވެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އަނީސާ ސައީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025
މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު

28 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު