Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ރައްޔިތުންގެ މޫނުމައްޗަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، ޒުވާނުން އަޑުއުފުލުން މައިތިރިވާނެ ކަމަށް ހީފުޅުކުރައްވައިގެން: ރައީސް ޔާމީން

ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސް ކޮމިޝަނެއް ރައްޔިތުންގެ 'މޫނު މައްޗަށް' ދެއްކީ ޒުވާނުން އަޑު އުފުލުން ހުއްޓައިލާނެ ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 މެއި 2025 | ހުކުރު 13:49
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒުގެ ރިޔާސީ ކޮމިޝަނަކީ ޒުވާނުންގެ މުޒާހަރާތައް ހުޢްތާލާތޯ މޫނުމައްޗަށް ދެއްކި ކަމެއް ކަމަށް ވިދާޅުވި

ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒުގެ ރިޔާސީ ކޮމިޝަނަކީ ޒުވާނުންގެ މުޒާހަރާތައް ހުޢްތާލާތޯ މޫނުމައްޗަށް ދެއްކި ކަމެއް ކަމަށް ވިދާޅުވި

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އުސްއިމާރާތަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސް ކޮމިޝަނެއް ރައްޔިތުންގެ 'މޫނު މައްޗަށް' ދެއްކީ ޒުވާނުން އަޑު އުފުލުން ހުއްޓައިލާނެ ކަމަށް ހީފުޅުކުރައްވައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޕީއެންއެފްގެ ޖަލްސާގެ ތެރެއިން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މުޅި ރާއްޖެއަށް ފެންނާނެހެން ޔުމްނުގެ އާއިލާއިން ވަނީ ފުރަތަމަ ފަހަރަށް އިންޓަވިއުއެއް ދީފައެވެ.

އެ އިންޓަވިއުއަށް ފަހު، ޔާމީން ވަނީ ޔުމްނުގެ މައްސަލަގައި ވަރަށް ތަފުސީލުކޮށް ވާހަކަދައްކާވާފައެވެ. އެގޮތުން، މި މައްސަލައިގައި ޒުވާނުން ސިލްސިލާކޮށް މިހާރު މުޒާހާރާކުރަނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި އެއީ މިކަމުގައި ފުލުހުންގެ ތަހުގީގުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔުމްނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. އެ ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ މައްޗަށް ނުފޫޒު ފޯރުވިދާނެ ކަމަށް ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ. މި މައްސަލަ ވަރަށް ރަނގަޅަށް މުނައްވަރު ތަހުގީގުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، ތަހުގީގަށް ފަހު ކޮމިޝަންގެ ރިޕޯޓު އައުމުން މައްސަލައިގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅުއްވަން ފަސްނުޖެހޭނެ ކަމަށް ރައީސް ވިދާޅުވީ މައްސަލަ ނިމޭނެ ގޮތް އެނގިވަޑައިނުގެން ކަމަށެވެ. އަދި އެއީ ރިޔާސީ ކޮމިޝަނުން ބަލަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޔުމްނުގެ މައްސަލައިގައި ރައީސް ކޮމިޝަނެއް ރައްޔިތުންގެ 'މޫނު މައްޗަށް' ދެއްކީ ޒުވާނުން އަޑު އުފުލުން ހުއްޓައިލާނެ ކަމަށް ހީފުޅުކުރައްވައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.

އަދުލު އިންސާފު ގާއިމުކޮށްދޭން ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަން ކުރަން ރައްޔިތުންގެ މޫނުމައްޗަށް ރިޔާސީ ކޮމިޝަނެއް މިއޮތީ ރައްޔިތުންގެ މޫނު މައްޗަށް ދައްކާފައި ޒުވާނުން އަޑުއުފުލުން މައިތިރިވާނެ ކަމަށް ހީފުޅުކުރައްވައި. އެހެންވީމާ މުއިއްޒު ކުރައްވަން ޖެހޭ ކަމެއް ނުކުރައްވައި އަނެއް ބަޔެއްގެ މައްޗަށް ޒިންމާ ފުރޮޅާލެއްވީ
ރައީސް ޔާމީން

މީގެ އިތުރުން، މިކަމުގައި ވަރަށް ބޮޑު ގޯހެއް ހިނގާފައި އެބައޮތް ކަމަށް ޔާމީން ތުހުމަތުކުރައްވައި ޔާމީން ވިދާޅުވީ މި މިހާތަނަށް ފުލުހުން ހަގީގަތްތައް އޮޅުވާލި ނަމަވެސް މިކަން އިތުރަށް އޮޅުވާލާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ.

މިނިސްޓަރު އަމީނާއި އިހުސާން މި ކަމަށް ހުރަސްއަޅަން މަސައްކަތްކުރީ ކީއްވެތޯ ސުވާލުކުރެވެން ޖެހޭ ކަމަށާއި އެ ބޭފުޅުން މަގާމުތަކުގައި ތިބެގެން ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެެސް ޔާމީން ވިދާޅުވިއެވެ.

ރޭ އެންމެ މުހިންމު ކަމަކަށް ޔުމްނުގެ ދައްތަ ހާމަކުރީ ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން އަމިއްލައަށް ފުންމާލީ ނޫންކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ. އެ ތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް، އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެއެެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު