Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

ކޯޓުގެ ނިންމުމަކަށް ޗެލެންޖުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް، އެ ނިންމުންތަކަށް ފުލުހުންވެސް އިހުތިރާމްކުރާނެ: އިހުސާން

ފުލުހުން ވަނީ 119 ކިލޯ މަސްތުވާތަކެތި "އުފުލި ގޮތް" ތަފްސީލީ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ދައްކާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2024 | އާދީއްތަ 09:07
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ ޢިޙްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ ޢިޙްސާން

ކޯޓުގެ ނިންމުމަކަށް ޗެލެންޖު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަަމަށާއި، ކޯޓުގެ ނިންމުންތަކަށް ފުލުހުންވެސް އިހުތިރާމް ކުރާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ކްރިމިނަލް ކޯޓާ މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

އަދި މިހާރު ފެންމަތިވެގެން އުޅޭ މައްސަލައަކީ ފުލުހުންގެ މުއައްސަސާގައި ހިނގަމުންދިޔަ ތަހުގީގަކަށް ފަހު ދައުވާ އުފުލި ކޭސްއެއްގައި ކުށް ސާބިތުނުވާކަމަށް ނިންމުމުން، އެ ކޭސްގެ މައުލޫމާތު ފުލުހުން އާންމު ކުރުމާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.  

އެއީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ މައުލޫމާތާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލައި، މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ހާމަ ކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ މައްސަލައެކެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން އެންމެ ފަހުން ބުނެފައިވަނީ ހޯމް މިނިސްޓަރާއި ފުލުހުން ކްރިމިނަލް ކޯޓުގެ ގާޒީން ނުރައްކަލަށް ހުށަހަޅައި، ކޯޓުގެ ޙުރުމަތް ކަނޑާފައިވާ ކަމަށާއި، ހޯމް މިނިސްޓަރާއި ފުލުހުންނާ އެކު ބައްދަލުވުމެއް ބާއްވަން ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، ކޯޓުގެ ނިންމުމަކަށް ޗެލެންޖު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަަމަށާއި، ކޯޓުގެ ނިންމުންތަކަށް ފުލުހުންވެސް އިހުތިރާމް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް ފުލުހުންގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އޮންނަ މިނިވަންކަމުގެ ތެރެއިން އެ އިދާރާއިން ދޭންޖެހޭ މައުލޫމާތު ފުލުހުން ދެމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.   

މިނިސްޓަރު އިހުސާން ވިދާޅުވީ، މަތީ މަރުޙަލާގެ ކޯޓަށް އައު ހެކިތަކެއް ހުށަހެޅުމެއް ނޯންނަ ކަމަށާއި، އެހެންކަމުން އެ މައުލޫމާތުތައް އާންމު ކުރުމަކީ މައްސަލަތަކަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުން ވަނީ ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާ ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާގުޅޭ މައުލޫމާތު ފުލުހުން ހާމަކުރަމުންގެންދާނެ ކަމަށް ވެސް ބުނެފައެވެ.

އެކަން ކުރައްވަނީ ހޯމް މިނިސްޓަރުގެ އެންގެވުމުގެ މަތިންކަމަށް ފުލުހުން ބުނެފައިވާއިރު މިފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައި ވާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު