Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 3 މީހަކު ބަންދުކޮށްފި

3 މީހުން ހައްޔަރުކުރީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މެއި 2024 | ހުކުރު 15:34
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 3 މީހަކު ބަންދުކޮށްފިއެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި، 35 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި 3 މީހުންގެ ބަންދަށްވެސް ދީފައިވަނީ 10 ދުވަހެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އިންޓެލިޖެންސް ރިޕޯޓާއި، ސީންގެ ފޮޓޯ ރިޕޯޓަށް ބަލާއިރު، 35 އަހަރުގެ ފިރިހެން މީހާ އާއި އަންހެން މީހާ އަކީ ކުށްކޮށްފައިވާ މީހެއްކަމަށް ބެލެވޭ ސަބަބުތަކެއް ހުރިކަމަށް ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި މި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީންގެ ފޮޓޯ ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅާއި ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

އަދި މިތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ހެރޮއިން ކަމަށް ތުހުމަތުކުރެވޭ 999.6 ގްރާމްއާއި ކެނެބިސް ކަމަށް ތުހުމަތުކުރެވޭ 43.77 ގްރާމާއި އިތުރު ބާވަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން 35 އަހަރުގެ މި ދެމީހުން ކޯޓުގައި ބުނެފައިވަނީ ސީނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާއާއި އެއްވެސް ގުޅުމެއްނެތް ތަކެތި ކަމަށާއި، އޭނާއަކީ އެ އެޕާޓްމަންޓުގައި ކުއްޔަށް އުޅޭ ފަރާތެއް ކަމަށެވެ. ނަމަވެސް މި މީހާގެ ކުޑަކަމުދާތަކެތި ބެންޒޯޑައިޒިޕައިންއާއި އެމްފިޓަމިން އަދި އޯޕިއޭޓްސްއަށް ޕޮޒިޓިވްވެފައިވެއެވެ. ކޯޓު އަމުރުގައި ބުނެފައިވަނި މި މައްސަލައަކީ ޖަމާއަތް ހަދައިގެން ހިންގާފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލައިގައި މަސްތުވާތަކެތި ބަންދުކޮށް ކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ބަންދުކުރި 21 އަހަރުގެ މީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ މި ކުށްކޮށްފައިވަނީ ޖަމާއަތް ހަދައިގެން ކަމަށާއި، އެގޮތުން މި މައްސަލައާއި ގުޅިގެން އިތުރު ފަރާތްތަކެއްވެސް ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މަސްތުވާތަކެތި ބަންދުކޮށް ކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވެއެވެ.

އަދި މައްސަލައިގައި ފެނުނު ތަކެއްޗަށް އެހެން ފަރާތަކުން ޒިންމާ ނަގާފައިވާކަމަށާއި، އެތަނަކީ 21 އަހަރުގެ މީހާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އޭނާ އެ ކޮޓަރިއަށް ވަނީ ފާހާނާއަށް ވަދެލަން ކަމަށެވެ. މީގެ އިތުރުން މައްސަލައިގެ ސީނުން ފެނުނު މަސްތުވާކަތެއްޗަކީ އޭނާއާއި އެއްވެސް ގުޅުމެއްނެތް އޭނާގެ ހިޔާޒަތުން ފެނުނު ތަކެތި ނޫންކަމަށް 21 އަހަރުގެ މީހާ ވަނީ ބުނެފައެވެ.

އެ ކޮޓަރި ތެރޭގައި ހުރި ރޯނެއްގައި ހުރި އޭނާގެ އަންނައުނަކީ އޭނާ ލައިގެން ހުރި ތަކެތިކަމަށް ދިފާއުން ފާހަގަކޮށްފައިވެއެވެ. އަދި މި ތަކެތި ފިޔަވައި އޭނާގެ އިތުރު އަންނައުނެއް އަދި އޭނާއާ ގުޅުންހުރި އެހެން އެއްޗެއް އެތަނުގައި ނުހުންނާނެކަމަށް ބުނެފައިވެއެވެ.

މި 3 މީހުން ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ދަށުން، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 4،3،1 އަދި 6 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު