Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދާއި ދީދީ މަގާމުން ވަކިކުރަން ގޮވާލުން

ކޮރަޕްޝަންގެ ތުހުމަތު އުފުލާފައިވާ ޖިހާދާއި ދީދީ މަގާމުން ވަކިކުރަން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ 4 ޖަމިއްޔާއަކުން ގޮވާލައިފި

ހުކުމަށް ބަދަލު ގެނައުމުގެ ބަދަލުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ބަހާފައިވާ ރިޝްވަތުގެ ފައިސާ ބަލައިގަތްކަމަށް ދީދީގެ މައްޗަށް ތުހުމަތުކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މެއި 2024 | ހުކުރު 13:50
ކުރީގެ ނައިބްރައީސް ޖިހާދު (ވ) ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އަދި ރައީސް މުއިއްޒު (ކ)

ކުރީގެ ނައިބްރައީސް ޖިހާދު (ވ) ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އަދި ރައީސް މުއިއްޒު (ކ)

ކޮރަޕްޝަންގެ ތުހުމަތު އުފުލާފައިވާ ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ 4 ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، ސޭވް މޯލްޑިވްސް ކެމްޕެއިން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ފަރުދުން ލީޑަޝިޕްގެ އިސް މަގާމުތަކަށް އައްޔަން ކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، އަދަބު ނުލިބުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ދައުލަތުން ކުރާ ވައުދާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މި ނިންމުންތަކުގެ ސަބަބުން މަޖުބޫރުވެ، ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީ ކުރުވުމުގެ ތަހުގީގު މަރުހަލާއަށް ހުރަސްއެޅި، ކޮރަޕްޝަނާ ކުރިމަތިލުމުގައި ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ނިޒާމާއި ތަހުގީގީ އިދާރާތަކަށް އާންމުންގެ އިތުބާރާއި އިތުބާރު ދަށްވެދާނެ ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކަންބޮޑުވުން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

1 - ރައީސް އޮފީހުގެ ގާނޫނީ ވަކީލުކަމުގެ މަގާމަށް އައްޔަން ކުރެވުނު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއެވެ. ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުން އަބްދުﷲ ދީދީ ވަކިކުރީ 2019 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅި އިސްތިއުނާފަކާ ގުޅިގެން ކަމަށެވެ. އަދި ޖޭއެސްސީން އިސްތިއުނާފުކޮށްފައި ވަނީ ހުކުމަށް ބަދަލު ގެނައުމުގެ ބަދަލުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ބަހާފައިވާ ރިޝްވަތުގެ ފައިސާ ބަލައިގަތް ކަމުގެ ތުހުމަތުގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން 72 މެންބަރުން ވޯޓު ދީފައިވާ ކަމަށާއި އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދީދީގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް އަދިވެސް ހުށަހަޅާފައިވާއިރު ދައުވާތައް ތަންފީޒު ކުރާނެތޯ ބެލުމުގެ މަޝްވަރާތައް ދަނީ ކުރަމުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

2 - އަލަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާމަން ކަމަށް ކުރީގެ ނައިބު ރައީސް އަދި މިނިސްޓަރު އޮފް ފިނޭންސް އަބްދުﷲ ޖިހާދު އައްޔަންކުރުން ހިމެނެއެވެ. ބަޔާނުގައި ބުނެފައިވަނީ 2020 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުން އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފުށިދިއްގަރު ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްގެން ދައުލަތަށް 50 އިންސައްތަ ހިއްސާގެ ބަދަލުގައި ދައުލަތަށް 25 ޕަސެންޓް ހިއްސާ ދީފައިވާ ކަމަށެވެ. އަދި މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހިލާފުވެ، ހަމައެކަނި ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް 9.32 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ މައްސަލަ އަދިވެސް ކުރިއަށްދާއިރު އަބްދުﷲ ޖިހާދުގެ މައްޗަށް ވެސް ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާއަށް ދީފައިވާ އެޕާޓްމަންޓް ހުސްނުވުމުގެ ކުށުގެ ދައުވާ 2020 ވަނަ އަހަރު އުފުލާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކުއްޔާއި މެއިންޓެނަންސް އަދި ޔުޓިލިޓީ ހަރަދުގެ ތެރެއިން ޖިހާދު އަތުން 1،109،227 ރުފިޔާ ހޯދުމަށް ދައުލަތުން އެދިފައިވާިއރު، އެ ދައުވާ އަނބުރާ ގެންދިޔައީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް ބުނެފައިވެއެވެ.

3 - ޖަމިއްޔާއަކުން ގުޅިގެން ނެރުނު މި ބަޔާނުގައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާއި ސާފުކޮށް މަސްލަހަތު ފުށުއަރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ބޯޑު މެމްބަރުންގެ މަގާމާއި ދައުލަތުގެ ވިޔަފާރިތަކުގެ މުހިންމު މަގާމުތަކަށް އައްޔަންކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މަގާމުތަކުގެ ސަބަބުން ވެރިކަން ހިންގުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ނިޒާމަށް އާންމުންގެ އިތުބާރު ދަށްވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ނެރުނު ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް 2023 ގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 93 ވަނައިގައެވެ. ޕަބްލިކް ސެކްޓަރުގައި ކޮރަޕްޝަން އުފެދިފައިވާ ކަމަށް ބެލެވޭ މިންވަރު މަތިވުމުން ރާއްޖެ އޮތީ ފުލުގައި ކަމަށް ބުނެފައިވެއެވެ. އަދި ސީޕީއައިގެ މިއަހަރުގެ ތީމްގައި ފާހަގަކޮށްފައިވާ ފަދައިން، ކޮރަޕްޝަނަށް އަދަބު ނުލިބުން އިތުރުވަމުންދާއިރު، ކޮރަޕްޝަނަށް ހިތްވަރު ލިބޭތަން ފެންނަނީ ކުށްވެރިވާ ފަރާތްތަކަށް ލިބޭނެ އަދަބުތައް ނައްތާލުމުން ކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ސީޕީއައިގެ ސްކޯތަކުން ދައްކުވައިދެނީ ކޮރަޕްޝަންގެ މައްސަލަތަކުގައި އަދަބު ނުލިބުމާއި ސަރުކާރާއި ޝަރުއީ ދާއިރާ އަދި މަޖިލީހުގެ މެމްބަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި މަޑުޖެހުން އައިސްފައިވާތީ ކަމަށެވެ. އަދި މިއީ އަނެއްކާވެސް ކޮރަޕްޝަނާ ކުރިމަތިލުމުގައި ދައުލަތުގެ މުއައްސަސާތަކާއި ތަހުގީގުކުރާ އިދާރާތަކަށް އާންމުންގެ އިތުބާރު ދަށްކޮށްދޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

ޖަމިއްޔާތަކުން ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ފަރާތްތައް މުހިންމު މަގާމުތަކުން ވަގުތުން ވަކިކޮށް، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މަތީ ފަންތީގެ ސިޔާސީ އޮފިޝަލުން ޖަވާބުދާރީވުމަށް ގާނޫނުތައް ހެދުމަށް ދައުލަތަށް ގޮވާލާފައެވެ.

މި ޖަމިއްޔާތަކުން ވަނީ ޑިމާންޑްތަކެއް ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ

- ސިޔާސީ ގޮތުން އައްޔަންކުރާ ފަރާތްތަކާއި، ޚާއްޞަކޮށް މާލީ ޒިންމާތައް ހަވާލުކުރެވިފައިވާ ފަރާތްތަކަށް މެރިޓް ބެސްޓް އަދި ޓްރާންސްޕޭރެންޓް އެޕޮއިންޓްމަންޓް ޕްރޮސެސްއެއް ކަށަވަރުކުރުން.

- ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް، ވަކިވަކި ފަރުދުން ޖަވާބުދާރީވެވޭނެ މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކުރުން.

- ކޮރަޕްޝަންގެ ތެރެއިން މަތީ ފަންތީގެ އާންމު އޮފިޝަލުންނަށް ގަވާއިދާ ހިލާފަށް ލިބިފައިވާ މުދަލާއި ފައިސާ ހޯދުމުގެ ފުރުސަތު ލިބޭނެ އެންޓި ކޮރަޕްޝަން ގާނޫނުތައް ތައާރަފްކުރުން.

- އާންމު އޮފިޝަލުން ކުރާ ތުހުމަތުތަކާއި ކޮރަޕްޝަންގެ އަމަލުތައް ހައްލުކުރުމަށް ސާފު އަދި ހާމަކަން ބޮޑު ނިޒާމެއް އުފައްދައި ތަންފީޒުކުރުން.

- ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ދައުލަތުގެ ވިޔަފާރިތަކުގައި މަސްލަހަތު ފުށުނާރާ ފުރިހަމަ ސިޔާސަތެއް ގާއިމްކުރުން.

ޖަމިއްޔާތަކުން ބުނެފައިވަނީ ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީ ކުރުމަށާއި، އާންމުންގެ އިތުބާރު ވަރުގަދަ ކުރުމަށްޓަކައި، ކޮރަޕްޝަންގެ ސިޔާސަތާއި ޢަމަލީ ކަންކަމަށް ފައިދާހުރި ޒީރޯ ޓޮލަރެންސެއް ހެދުމަށް ސަރުކާރުން ވަޢުދުވެ، އަދަބު ނުލިބުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު