Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުމްރާއަށް މީހުން ގެންދިއުން

ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި

އުމްރާފަދަ މާތް އަޅުކަމެއް އަދާކުރުމުގައި އުސޫލުތަކާއި ގަވާއިދުތަކަށް ވެސް ބަލަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މެއި 2024 | ބުރާސްފަތި 10:03
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި އުމްރާގެ އަޅުކަން އަދާކުރުމަށް ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް ދަތުރުކުރެއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިން އެކުވެގެންނެވެ. ގިނަ ފަހަރަށް މީހުން އުމްރާގެ އަޅުކަމަށް ދަނީ އެކަން ކޮށްދޭ ގްރޫޕުތަކާއި ގުޅިގެންނެވެ. ކޮންމެ މީހަކު ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށްފަހުގައެވެ. އެގޮތުން އާއްމު ގޮތެއްގައި މީހަކު އުމްރާއަށް ދިއުމަށް 28،000 ރުފިޔާއިން 30،000 ރުފިޔާ އަދި 35،000 ގެ އަދަދުތަކަށް ފައިސާ ދައްކައެވެ. އުމްރާގެ އަޅުކަމަށް އެކި ޕެކޭޖްތައް ހުންނަނީ އެކި އަގުތަކުގައެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް އުމްރާގެ އަޅުކަމަށްދާ ބައެއް މީހުންނަށް އެ ބިމަށް ދިއުމަށްފަހު ރާއްޖެއަށް އަނބުރާ ނާދެވި، ނުވަތަ އިންތިޒާމެއް ހަމަޖައްސާފައި ނެތުމާއި، ނުވަތަ ފުރަން ދާ ހިސާބުން ފައިސާ ދެއްކި މީހުންގެ ގުރޫޕާއި ނުގުޅި ނުފުރި ބައެއް ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިއަހަރު ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިޔަ ދިވެހިންތަކެއް މައްކާގައި ވަނީ ހާލުގައިޖެހިފައެވެ. މައްކާގައި އެމީހުން ހާލުގައި ޖެހި އަނބުރާ ރާއްޖެ ނާދެވި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

މިފަދަ މައްސަލަތައް މިފާއިތުވެދިޔަ ދެ އަހަރު ވެސް ދިމާވެފައިވެއެވެ. އެހެންކަމުން މިމައްސަލަ ދިވެހިން މިހާރަށް ވުރެ ބޮޑަށް އަހުލުވެރިވާން ޖެހެއެވެ. ބައެއް މީހުން ބުނާ ގޮތުން ނަމަ މިއީ ބައެއް ގްރޫޕްތަކުން ހިންގާ ބޮޑު ވިޔަފާރިއެކެވެ. މިހާރު އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ނުލިބޭ ގްރޫޕްތަކުން އުމްރާގެ ޕެކޭޖްތައް އިސްތިހާރު ކުރަމުންދަނީ ސައޫދީ ޓުއަރގެ ނަމުގައެވެ. ވަރަށް ބޮޑަށް މީހުންގެ ޝައުވެރިކަން ލިބޭގޮތަށް ޕެކޭޖްގެ އިސްތިހާރުތައް ހަދާ ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ. މި ޓުއަރގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރެވޭ ގޮތަށެވެ. އެހެންކަމުން ބައެއް މީހުން މި ޕެކޭޖަށް ވެސް ދަނީ ފައިސާ ދައްކަމުންނެވެ.

މިމައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މިއީ އަޅުކަން ކުރަންޖެހޭ ގޮތް ނޫން ކަމަށާއި، މިފަދަ ކަންކަމާ އާއްމު ރައްޔިތުން ދުރުވުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ތެދެކެވެ. އުމްރާފަދަ މާތް އަޅުކަމެއް އަދާކުރުމުގައި އުސޫލުތަކާއި ގަވާއިދުތަކަށް ވެސް ބަލަންޖެހެއެވެ. އޮޅުވާލުމެއް ތެރެއިން ރަނގަޅަށް ކަމެއް ދާނެ ކަމާއިމެދު ސުވާލު އުފެދެއެވެ.

މީގެ އިތުރުން އުމްރާގެ ޕެކޭޖް އިސްތިހާރު ކިތަންމެ މޮޅަށް ހަދާފައި އޮތް ނަމަވެސް ޚިދުމަތާއި އަގާއި ނުބައްދަލު ކަމަށް ދީނީ ބައެއް އިސްބޭފުޅުން ވިދާޅުވެއެވެ. އަލަށް އުމްރާގެ އަޅުކަމަށް ދާ މީހަކު ނަމަ ގްރޫޕަކާއެކު ދިޔަ ނަމަވެސް ފަހުން އަމިއްލައަށް އާއިލާތަކުން އުމްރާގެ އަޅުކަމަށް ދިއުން ބުއްދިވެރިއެވެ. އެއީ އަތުން އެހައި ބޮޑު ހަރަދެއް ނުގޮސް ސަލާމަތްވާނެތީއެވެ. ގިނަ ފަހަރަށް ގުރޫޕްތަކުން ކޮންމެ މީހެއްގެ އަތުން ފައިސާ ނެގި ނަމަވެސް ތިބޭ ހޮޓެލްތަކުން ބުކިންގ ހަދާއިރު، ކޮޓަރިއަކަށް 4 ނުވަތަ 5 މީހުންގެ އިންތިޒާމް ހަމަޖައްސައެވެ. އަދި އުމްރާގެ އަޅުކަން އަދާކުރަންދާއިރު، ގްރޫޕް މީހުންނާ އެއްކޮށް ނަމާދުކޮށް ނިންމާ އެވަގުތަށް ނުކުންނަން ވެސް ޖެހެއެވެ. ނަމަވެސް ވަކިން ދިއުމުން އެމީހުންނަށް އެމީހުން ވަގުތުގައި ހަމަޖެހިގެން ނަމާދުކޮށް އަޅުކަން ފުރިހަމަ ކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބޭނެއެވެ. އަދި ބައެއް އިސްތިހާރު ޕޯސްޓުތަކުގައި ހިލޭ ޒަމްޒަމް ފެންފުޅި ދޭ ކަމަށް ގުރޫޕްތަކުން ބުނާއިރު، އެ ފެންފުޅިއަކީ ކޮންމެ މީހަކަށް ހިލޭ ސައޫދީ ސަރުކާރުން ދޭ ފެންފުޅިއެކެވެ.

އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ ހުއްދަ ވަރަށް ގިނަ ގުރޫޕްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ. ހުއްދަ ދީފައިވަނީ އެކަން ކުރެވޭނެ ގާބިލް، ފައިނޭންޝަން ސްޓޭބަލް، ކެޕޭސިޓީ އަދިވެސް ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެމަސައްކަތް ރަނގަޅަށް ކުރޭތޯ ނުކުރޭތޯ މޮނިޓަރ ކުރަމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީން ހުއްދަ ދީފައިވާ ގުރޫޕްތަކުގެ ތަފްސީލް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައާއި ގެޒެޓުގައި ޝާއިއުކޮށްފައިވެއެވެ.

ސްކޭމްތައް ގިނަ މިޒަމާނުގައި މޮޅެތި ނަންނަމުގައި ޓުއަރއެއް އިސްތިހާރު ކުރި ނަމަވެސް ފައިސާ ދެއްކުމުގެ ކުރިން އެއީ ރަނގަޅު ކުންފުންޏެއްތޯ ބަލަންޖެހެއެވެ. އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ބައެއް ތޯ ބަލަންޖެހެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހުއްދަ ނުލިބޭ ގްރޫޕްތަކުން އުމްރާގެ ޕެކޭޖްތައް އިސްތިހާރު ކުރަމުންދަނީ ކިހިނެތް ކަމެއް، ކޮން ނަމެއްގައި ކަމެއް ނޭނގެއެވެ. އަމިއްލަ ޒިންމާ ނުނަގާ ކަމަށްވާނަމަ މިފަދަ މައްސަލަތަކަށް ހައްލު ލިބުމަކީ ދުރުގައި އޮތް ކަމެކެވެ.

އުމްރާގެ އަޅުކަންއިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު