Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލު ހަމާސް ހަނގުރާމަ

ހަމަލާދިނުން މެދުކަނޑާލުމުގެ އެއްބަސްވުން ބަލައިގަންނަން ހަމާސް އިން އެއްބަސްވެއްޖެ

މި އެއްބަސްވުމުގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން އަލުން އަނބުރާ އެމީހުންގެ ގެދޮރަށް އައުމާއި ޣައްޒާއިން އިޒްރޭލުގެ އަސްކަރިއްޔާ ފޭބުން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 މެއި 2024 | އަންގާރަ 02:04
ރަފަހް

ރަފަހް

މިސްރާއި ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި ހުށަހަޅާފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ބަލައިގަންނަކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ ޕޮލިޓިކަލް ބިޔުރޯ ގެ ހެޑް އިސްމާއީލް ހަނިއްޔާ ވަނީ ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހުމާން އަލް ޘާނީ އަދި މިސްރުގެ އިންޓެލިޖެންސް ކަންތައްތަކާ ބެހޭ ވަޒީރު އައްބާސް ކަމާލް އާ ފޯނުން ގުޅުއްވާ އެކަމަށް ހަމާސް އިން އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ.

މިއެއްބަސްވުމުގެ މާގިނަ ތަފްސީލުތަކެއް އަދި މިހާތަނަށް އައިއިރު ހާމަވެފައެއްނުވެއެވެ.

ނަމަވެސް ހަމާސްގެ ޕޮލިޓިކަލް ބިޔުރޯގެ މެމްބަރެއް ކަމުގައިވާ ޚަލީލް އަލް ޙައްޔާ އަލް ޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ މި އެއްބަސްވުމުގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން އަލުން އަނބުރާ އެމީހުންގެ ގެދޮރަށް އައުމާއި ޣައްޒާއިން އިޒްރޭލުގެ އަސްކަރިއްޔާ ފޭބުމާއި އަސީރުން މިނިވަންކުރުމާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުން ހިމެނޭކަމަށެވެ.

ފޭސް ތަކަކަށް ބަހާލައިގެން މިކަންކަން ކުރިޔަށްދާއިރު ފުރަތަމަ ފޭސްގެ ތެރޭގައި އަސީރުންނާއި ޖަލުގައި ތިބި ގައިދީން މިނިވަންކުރުމުގެ ވާހަކަތައް މެދުވެރިއެއްގެ ދައުރާއެކު ފެށިގެންދާނެއެވެ. އަދި ޣައްޒާގެ ވަކި ހިސާބުތަކަކުން އިޒްރޭލު އަސްކަރިއްޔާ ފޭބުމާއި ޣައްޒާގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ގޯތި ގެދޮރަށް ދެވުމާއި ޣައްޒާއަށް ބޭނުންވާ އެހީގެ ސާމާނު އޭގެތެރޭގައި ތެލާއި އެހެނިހެން ޒަރޫރީތަކެތި ޣައްޒާއަށް އެތެރެކުރެވޭނެއެވެ.

އަދި ދެ ވަނަ ފޭސްގެ ތެރޭގައި ހަމަލާ ބަދަލުކުރުން ދާއިމީ ގޮތެއްގައި ހުއްޓާލުން އިއުލާންކުރެވިގެންދާނެއެވެ.

މިއެއްބަސްވުމާއި ގުޅޭގޮތުން ދެން ގޮތެއް ނިންމުން އޮތީ އިޒްރޭލަށެވެ.

އަނެއްކޮޅުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕާސަން މެތިއު މިލާ ވިދާޅުވީ ހަމާސް އިން އެއްބަސްވި އެއްބަސްވުން އެމެރިކާއިން މުރާޖާކުރާނެކަމަށެވެ. އެމެރިކާގެ ބައިވެރިންނާ ގުޅިގެން މިއެއްބަސްވުން މުރާޖާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މިލާ ވިދާޅުވިއެވެ. އަދި އެންމެ އިސްކަމެއްދީގެން އެމެރިކާ ސަރުކާރުން މިވަގުތުކުރަމުންދާނެ ކަމަކީ މިއީކަމަށްވެސް މިލާ ވިދާޅުވިއެވެ.

ހަމާސް އިން ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވިކަން ހާމަކުރުމާއި ގުޅިގެން ރަފަހްގައި ޣައްޒާގެ ރައްޔިތުން ވަނީ އުފާފާޅުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދުކެނޑުމެއްނެތި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުން 34،735 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިޒްރޭލްހަމާސް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި
13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު