Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައިބަރ ކްރައިމް

ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކްކުރުމާ ގުޅޭ މައްސަލަތައް

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި ބިލުތަކުގެ މަސައްކަތްތައް ކުރެވެމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2024 | ހޯމަ 07:24
ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ވަނީ އިތުރުވެފައި

ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ވަނީ އިތުރުވެފައި

ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހޯމަ ދުވަހު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ސައިބަރ ކްރައިމްއާ ގުޅޭގޮތުން ކޮމިޓީން ދިރާސާ ކުރަމުންދާ 3 ބިލާއި ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލު ކުރުމެވެ. އެގޮތުން އޭޖީ އޮފީހާއި، ޕީޖީ އޮފީހުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާއި، ކޮމިއުނިކޭޝަން އޮތޯރިޓީގެ ބޭފުޅުންނާ ކޮމިޓީން ވަނީ ބައްދަލުކޮށްފައެވެ.

މި ކޮމިޓީގައި ޕީޖީ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނައުފަލް ވިދާޅުވީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މި ބިލުތަކުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މި ބިލުތަކުގެ މަޤްސަދަކީ ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި މުއާހަދާއަކާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނު ފަރުމާ ކުރުން ކަަމަށާއި، އެކަމަށް ރިއާޔަތްކޮށް އޭޖީ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާއެކުވެސް މަޝްވަރާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ސައިބަރ ކްރައިމް ސެންޓަރާ ޙަވާލުވެ ހުންނެވި އޮފިސަރު ވިދާޅުވީ، ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކް ކުރުމާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި، މަކަރާ ހީލަތް ހެދުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އެ ޒާތުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ ކަމަށެެވެ. ދުވާލަކަށް އެ ބާވަތުގެ 4 ވަރަކަށް މައްސަލަ ހުށަހެޅޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ސައިބަރ ކްރައިމް ގެ ހަރުދަނާ ޤާނޫނެއް އޮތުން މުހިއްމުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސައިބަރ ކްރައިމްސް

އިތުރަށް ކިޔާލަން

04 ޖުލައި 2024

ސައިބަރ ކުށްތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަފަރީގައި ކުރިއަށް ގެންގޮސްފި

04 ޖުލައި 2024
ސައިބަރ ކުށްތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަފަރީގައި ކުރިއަށް ގެންގޮސްފި
07 އޮކްޓޯބަރު 2023

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ
21 މެއި 2023

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތުދީފި

21 މެއި 2023
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތުދީފި
22 ފެބުރުއަރީ 2023

ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން ޢަމަލުތައް ކުށް ކަމުގައި ކަނޑައެޅުމަށް 3 ގާނޫނަށް އިސްލާހު ހުށަހަޅައިފި

22 ފެބުރުއަރީ 2023
ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން ޢަމަލުތައް ކުށް ކަމުގައި ކަނޑައެޅުމަށް 3 ގާނޫނަށް އިސްލާހު ހުށަހަޅައިފި
17 ޑިސެމްބަރު 2022

ރޮނާލްޑޯއަށް ފާޑު ކިޔުމުން ކުޑަ އަންހެން ކުއްޖަކު ސައިބަރ ބުލީގެ ޝިކާރަ އަކަށް!

17 ޑިސެމްބަރު 2022
ރޮނާލްޑޯއަށް ފާޑު ކިޔުމުން ކުޑަ އަންހެން ކުއްޖަކު ސައިބަރ ބުލީގެ ޝިކާރަ އަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު