Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސައިބަރ ސޭފްޓީ

މަކަރާއި ހީލަތުން އަތުލާ ފައިސާ އަނބުރާ ހޯދަން އުނދަގޫވާނެ، ސަމާލުވޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ލިންކެއް ލިބިއްޖެ ނަމަ އެ ފަރާތެއްގެ ރަސްމީ ނަންބަރަށް ގުޅައިގެން ކަށަވަރު ކުރަން އިލްތިމާސް ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 00:44
ސްޓޭޓް މިނިސްޓަރު ޝަރީފު

ސްޓޭޓް މިނިސްޓަރު ޝަރީފު

މި ޒަމާނަކީ އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު މަކަރާއި ހީލަތުން ފައިސާ އަތުލައިގަނެވޭ ޒަމާނަކަށްވާއިރު އެގޮތަށް އަތުލާ ފައިސާ އަނބުރާ ހޯދަން އުނދަގޫވާނެ ކަމަށާއި އެހެންވެ، އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންްޖް އެންޑް ޓެކްނޮލޮޖީ އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އެކަން ކުރަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން، ސްކްރިޕްޓުކޮށްގެން ކަމަށެވެ. އެ ފަރާތްތަކުން އިންސާނުންގެ ސިކުނޑިއާ ކުޅެން އުކުޅުތައް ބޭނުން ކުރާ ކަމަށާއި އެހެންވެ، އެފަދަ ކަމެއް ދިމާވެދާނެ ކަމަށް އަބަދުވެސް ހުށިޔާރުވެގެން ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފު ވިދާޅުވީ އެއްވެސް ފަރާތަކުން އިނާމެއް ލިބިގެން ނުވަތަ އެ ނޫންވެސް ކަމެއްގައި ލިންކެއް ފޮނުވައިފިނަމަ އެންމެ ރަނގަޅު ގޮތަކީ އެ ލިންކަށް އެއްގޮތަކަށް ވެސް ނުފިއްތުން ކަމަށެވެ. އެ ލިންކު ލިބުމުން ލިންކު ލިބުނު ފަރާތެއް ބަލައި އެ ފަރާތެއްގެ ރަސްމީ ނަންބަރަށް ގުޅައި، އެފަދަ ލިންކެއް ހިއްސާ ކުރިތޯ ސުވާލުކުރުމަކީ ވެސް މިފަދަ ސްކޭމްތަކުން ސަލާމަތްވެވޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވެ، ފޯނަށް ފޮނުވާ އޯޓީޕީ ނުފޮނުވަން ވެސް ބައެއް ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ބަދަލުގައި އެހެން ސެކިއުރިޓީ ފީޗަރ އެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީމެއިލް އާއި އެސްއެމްއެސް މެދުވެރިކޮށް ލިބޭ ލިންކުތަކުގެ އިތުރުން ގޮތް ނޭނގޭ ވެބްސައިޓުތަކަށް ނުވަނުމާއި ސޯޝަލް މީޑިއާ އަދި ފޯނުފަދަ ތަކެތީގެ ސެކިއުރިޓީ ކޯޑު ވަރުގަދަ ކުރުމަކީ ވެސް ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން، ޕާސްވޯޑެއްގެ ބަދަލުގައި ޕާސް ފްރޭސްއެއް ނުވަތަ ދިގު ކޯޑެއް ޖެހުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ސައިބަރ ސޭފްޓީއަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް އެންޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން އަންނަނީ ސްކޫލް ކުދިންނާއި މުއައްސަސާތަކާއި ރައްޔިތުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި ސެޝަންތަކުގައި ސައިބަރ ސޭފް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭއިރު އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ސެޝަންތައް ކުރިއަށްގެންދަނީ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީސައިބަރ ކްރައިމްސްސައިބަރ ސޭފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިބަރ ކުށްތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަފަރީގައި ކުރިއަށް ގެންގޮސްފި

ސައިބަރ ކުށްތަކުން ރައްކާތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަފަރީގައި ކުރިއަށް ގެންގޮސްފި

04 ޖުލައި 2024
ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކްކުރުމާ ގުޅޭ މައްސަލަތައް

ފުލުހުންގެ ސައިބަރ ކްރައިމްއަށް ގިނައިން ހުށަހެޅެނީ މީހުންގެ އައިޑެންޓިޓީ ހެކްކުރުމާ ގުޅޭ މައްސަލަތައް

06 މެއި 2024
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު