Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިބަރ ކްރައިމް ހުއްޓުވުން

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓް މިހާރަށްވުރެ ހަރުދަނާކުރަނީ

މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މެއި 2022 | ހޮނިހިރު 08:27
ފުލުހުން - ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ ސައިބަރ ކްރައިމް ޑިޕާޓްމަންޓުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރާނެ

ފުލުހުން - ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ ސައިބަރ ކްރައިމް ޑިޕާޓްމަންޓުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރާނެ

ސައިބަރ ކްރައިމްތައް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ ސައިބަރ ކްރައިމް ޑިޕާޓްމަންޓުގެ މަސައްކަތް, މިހާރަށްވުރެ ހަރުދަނާކުރުމަށް ގިނަ ޕްލޭންތަކެއް ރޭވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް އުފެއްދެވުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ, އެމަނިކުފާނު 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން ފުލުހުންގެ ގާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާއެކު، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް އޭރު ވަނީ, 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓެއް އުފައްދަވައި އެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުން ބުނީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސައިބަރ ކްރައިމްއާ ގުޅުންހުރި ތަހުގީގުތައް ހިންގާ އޮފިސަރުންނާއި، އެކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މޮނިޓަރކުރާ ފަރާތްތައް އެއް ތަނެއްގައި ތިބެގެން މަސައްކަތްކުރެވޭގޮތަށް ސައިބަރ ކްރައިމް ޑިޕާޓްމަންޓް މިހާރު އެކުލަވާލެވިފައިވާކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭގޮތުގައި, އެ މަސައްކަތް މިހާރު ފަށައިގެންފައިވީނަމަވެސް، ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، މަސައްކަތް އިތުރަށް ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހެއެވެ. އެކަމާގުޅޭ ޕްލޭންތައްވެސް މިހާރު ފުލުހުން ވަނީ އެކުލަވާލާފައެވެ.

މިއަހަރުގެ ތެރޭގައި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދެއެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މެދުވެރިކޮށް މިހާރުވެސް ފުލުހުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ސައިބަރ ކުށްތައް ކުރާ މިންވަރު އިތުރުވެފައިވާއިރު، ފުޅާ ދާއިރާއެއްގައި އެފަދަ ގްރޫޕުތައް, ޓެލެގްރާމް ޗެނަލްތަކުގައާއި ވައިބަރ ގްރޫޕުތަކުގައިވެސް ހިންގާކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިސާލެއްގެ ގޮތުން އާންމު ފަރުދުންގެ ފޮޓޯއާއި ވީޑިއޯތަކާއި، ޒާތީ މައުލޫމާތު ހިއްސާކުރުމާއި، ބްލެކްމެއިލްކުރުން ފަދަ ކަންކަންވެސް މިހާރަކަށް އައިސް ވަނީ އާންމުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެންމެ އާންމުކޮށް އުޅެނީ, ހެކްކުރުމާއި، ޑިސްޓްރިބިއުޓިވް ޑިނައިލް އޮފް ސަރވިސް (ޑީޑޮސް) އެޓޭކްސް ދިނުމުގެ އިތުރުން ޝޯޝަލް މީޑިއާތަކުގެ ޒަރީއާއިން އިންޒާރުދިނުމާއި ބިރުދެއްކުމާއި، އޮންލައިން ޑެބިޓް އަދި ކްރެޑިޓް ކާރޑް ފްރޯޑްފަދަ ކުށްތަކެވެ. 

ސައިބަރ ކްރައިމްސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު