Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި

ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވަނީ މި މައްސަލަ އިތުރަށް ކޮމިޓީން ދިރާސާކޮށް ބެލުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2024 | ހޯމަ 06:55
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ

ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) ނިންމައިފިއެވެ.

ހޯމަ ދުވަހު އޮތް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދާއި، ޗާގޯސްގެ ކަނޑުގެ ސަރަޙައްދާ ގުޅޭ މައްސަލައިގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖެއިން ޤަބޫލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ދިރާސާ ކުރުމެވެ.

Advertisement - newsAdvertisement

މި މައްސަަލައާ ގުޅޭގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ހުށަހަޅުއްވާފައިވަނީ މި މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބެލިބެލުމުގައި ގޯހެއް ނެތުމުން މިހާ ހިސާބުން ކޮމިޓީން މައްސަލަ ނިންމައި ތަޅުމަށް ފޮނުވުމަށެވެ.

އެ ހުށަހެޅުއްވުމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ.

އެހެންނަމަވެސް މިހާތަނަށް މި މައްސަަލަ ބެލުމަށް ނެގި ކުޑަ ކޮމިޓީން މި މައްސަލަ ބަލާފައިނުވާއިރު، ގޯހެއް އޮތްކަމަށް ނުވަަތަ ނެތްކަމަށް ނިންމާނީ ކިހިނެއްތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.  

މި މައްސަލައާ ގުޅިގެން ކޮމިޓީއަށް ލިބުނު ދެވަނަ ހުށަހެޅުމަކީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ހުށަހެޅުމެކެވެ. އެއީ މި މައްސަލަ އިތުރަށް ކޮމިޓީން ދިރާސާކޮށް ބެލުމަށް ހުށަހެޅި ހުށަހެޅުމެކެވެ.

އެ 2 ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވަނީ މި މައްސަލަ އިތުރަށް ކޮމިޓީން ދިރާސާކޮށް ބެލުމަށެވެ.

އެ ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާފަދަ ކަމެއް ނެތްކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ރާއްޖެއިން ހިމަނާފައި ނުވާކަމަށް ބާ ކައުންސިލްގެ ލޯ ރިވިއު ކޮމިޓީ (އެލްއާރްސީ)ން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ދިޔަ ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަަތަކެއް ކަމަށްވެސް ބާ ކައުންސިލްގެ ލޯ ރިވިއު ކޮމިޓީން ނިންމާފައިވެއެވެ.

ކުރީގެ ރައީސް ސާލިހު، ސިޓީފުޅެއް ފޮނުއްވީ ޗާގޯސްއާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާކަމަށް ބުނެ މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ.

އެ ސިޓީފުޅަށް ރިއާޔަތްކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް މިދިޔަ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޗާގޮސް މައްސަލަރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
މުރައިދޫގެ މުވައްޒަފުންނާއި މުސާރައާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފި

މުރައިދޫގެ މުވައްޒަފުންނާއި މުސާރައާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފި

14 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު