Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

3 މެއި 2025 | ހޮނިހިރު 05:42

މި މައްސަލައިގައި 2024 ވަނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ވިދާޅުވެފައި ވަނީ، އެ ރިޕޯޓު ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2025 | ހޮނިހިރު 05:42
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި، އެ ސަރަހައްދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް، އެ މައްސަލަ އަދި ވެސް އޮތީ ދިރާސާ ކުރުމުގެ މަރުޙަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އިންޓަނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދުފުޅެވެ. އެގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރާނެ ކަމަށް އޮތީ ވައުދުވެ ވަޑައިގެންފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ، އެ މަސައްކަތަށް އައްޔަން ކުރެެވުނު ބައިނަލްއަޤުވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން އެ ލަފާ ދިރާސާ ކުރުމަށްފަހު، ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ކުރިއަށް ދާނެ ގޮތެއް ނިންމަވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މޮރިޝަސްގެ ބޮޑު ވަޒީރަށް އޭރު ފޮނުއްވި ސިޓީގެ ސަބަބުން، ދޫކޮށްލި ބައި އަލުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް މާހިރުން ބުނެފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ކުރީގެ ސަރުކާރުން މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެ ސިޓީގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލާ ވާހަކަ ނެތް ކަމަށް އޭރު ވަނީ ފާހަގަ ވެސް ވެފަ އެވެ. އަދި އެ ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުން އެއްވެސް ބައެއް ގެއްލިގެން ނުދާ ކަމަށް، ބާ ކައުންސިލްގެ ލޯ ރިވިއު ކޮމިޓީ (އެލްއާރްސީ) އިން ވަނީ ނިންމައިފަ އެވެ.

މި މައްސަލައިގައި 2024 ވަނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް ވިދާޅުވެފައި ވަނީ، އެ ރިޕޯޓު ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅަ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ދެއްވި ޕްރެޒެންޓޭޝަންގައި ފާހަގަ ކޮށްފައި ވަނީ، ޗާގޯސްއާ ގުޅޭ ގޮތުން އިނގިރޭސިވިލާތުން ދާދި ފަހުން ނިންމި ނިންމުމާ ގުޅިގެން، ކޮށްފާނެ އަސަރާ ގުޅޭ ގޮތުން، ބޭރުގެ މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައި ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް، ބޭރު މާހިރުންގެ ލަފާ ދިވެހި ސަރުކާރުން ހޯދާފައި ނެތް ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

ޗާގޯސް މައްސަަލައިގައި ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަށް ހޯއްދަވައި ދެއްވާނެ ކަމަށް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

ޗާގޮސް މައްސަލަރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް