Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކެންޔާއަށް ކުރަމުންދާ ވިއްސާރަ

ކެންޔާއަށް ކުރަމުން މިދަނީ އާދަޔާޚިލާފު ވިއްސާރައެއްތަ؟

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހާތަނަށް 169 މީހުން މަރުވެފައިވާއިރު، 91 މީހުން ގެއްލިފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 5 މެއި 2024 | އާދީއްތަ 16:53
ކެންޔާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ ބޮޑުބައެއްވަނީ ފެނުއަޑީގައި -- ފޮޓޯ: އޭޕީ

ކެންޔާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ ބޮޑުބައެއްވަނީ ފެނުއަޑީގައި -- ފޮޓޯ: އޭޕީ

މިދިޔަ މާޗް މަހުން ފެށިގެން ކެންޔާއަށް ކުރަމުންދާ ވިއްސާރަގައި ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވުމަކީ ފަހުގެ އަހަރުތަކުގައި ކެންޔާއަށް ކުރިމަތިވި މިފަދަ ބިރުވެރި އެންމެ ބޮޑު ކާރިސާއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް 169 މީހުން މަރުވެފައިވާއިރު، 91 މީހުން ގެއްލިފައިވާ ކަމަށް ސަރުކާރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާގައި ކެންޔާގެ ހުޅަނގު ދެކުނުގައި އޮންނަ ރޭލްވޭ ލައިނެއްގެ ދަށުގައި އޮތް ކޯރު ޓަނަލަކުން ފެންބޮޑުވެ 48 މީހުން މަރުވި ހާދިސާ ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ވިއްސާރައިގެ ސަބަބުން މިހާތަނަށް 190،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، މަގުތަކަށާއި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ނުރައްކާތެރި ވިއްސާރައަކީ އިންސާނުންގެ ސަބަބުން ކެންޔާގެ މޫސުމަށް އަންނަ ބަދަލުތަކާއި އެކު، ގުދުރަތީ ގޮތުން ދިމާވާ މޫސުމީ ހާދިސާތައް އެކުލެވިގެން އުފެދިފައިވާ ވިއްސާރައެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކެންޔާ އާއި އިރުމަތީ އެފްރިކާގެ އެހެން ބައެއް ސަރަހައްދުތަކަށް މައިގަނޑު ދެ ވިއްސާރަ މޫސުމެއް އޮވެއެވެ. އެއީ މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކޮންމެއަހަރަކު ވެސް ކެންޔާއަށް އަންނަ "ދިގު ވިއްސާރަ" މޫސުމާއި އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެނިޔަލަށް ކުރާ "ކުރު ވިއްސާރަ" މޫސުމެވެ.

ކެންޔާގެ މޫސުމާ ބެހޭ އިދާރާއިން މިއަހަރުގެ "ދިގު ވިއްސާރަ" މޫސުމަށް ލަފާކޮށްފައިވަނީ އެގައުމުގެ އެކި ހިސާބުތަކަށް އެވްރެޖަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ބައެއް ފަހަރު ތޫފާންތައް ވެސް އަރާނެ ކަމަށެވެ. އަދި ފެންބޮޑުވުމާއި ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިއުމާއި އެހެނިހެން އަސަރުތައް ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ "ކުރު ވިއްސާރަ" މޫސުމަކީ ކެންޔާގެ އެކި ހިސާބުތަކަށް، ހާއްސަކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ބާރުގަދަ ތޫފާންތަކެއް އުފެދުނު މޫސުމެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ލާމު، މޮމްބާސާ އަދި ގަރިސާ ކައުންޓީތަކަށް ދިގު މުއްދަތަކަށް އެވްރެޖްކޮށް ތިން ގުނަ ވާރޭ ވެހިފައިވާ ކަމަށެވެ.

ތަޖްރިބާކާރުން ބުނާގޮތުން ނަމަ ކެންޔާއަށް ޢާއްމުކޮށް ވާރޭ ވެހޭ މިންވަރު އިތުރުވެ މެދުނުކުނޑި ބޯކޮށް ވެހެނީ، އިންޑިއާ ކަނޑުގެ ޑިޕޯލް ފަދަ ގުދުރަތީ ގޮތުން އުފެދޭ މޫސުމީ ނިޒާމުތަކުގެ ސަބަބުންނެވެ.

އިންޑިއަން އޯޝަން ޑިޕޯލް އަކީ ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން ބަދަލުވެ، ހުޅަނގު އިންޑިޔާ ކަނޑުގެ ހޫނުމިން އެވްރެޖަށްވުރެ ހޫނުވެ، އިރުމަތީ އިންޑިޔާ ކަނޑުގެ ސަރަޙައްދުތަކުގެ އެވްރެޖަށްވުރެ ފިނިވެގެންދާ ސަރަހައްދެކެވެ. އެއީ ޕޮޒިޓިވް، ނިއުޓްރަލް އަދި ނެގެޓިވް މަރުހަލާތަކެވެ.

މި ޕޮޒިޓިވް މަރުހަލާގެ ސަބަބުން އިންޑިއާ ކަނޑުގެ ހުޅަނގުން ކެންޔާ ފަދަ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާއަށް ހަނަފަސްކަން އިތުރުވެއެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ރިސާޗް އެސޯސިއޭޓް ޖޮއިސް ކިމުޓައި ވިދާޅުވީ މިހާރު ހިނގަމުންދާ ފެންބޮޑުވުމަކީ ގުދުރަތީ ގޮތުން ދިމާވާ އެލްނީނޯ މޫސުމާ ގުޅިފައިވާ ވިއްސާރައެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މޫސުމީ ހާދިސާގެ ސަބަބުން އިރުމަތީ އެފްރިކާއަށް "ދިގު ވިއްސާރަ" މޫސުމުގައި ކުރާނީ ކުޑަ އަސަރެކެވެ.

އެލްނީނޯ އަކީ ޕެސިފިކް ކަނޑުގެ މަތިން ކަނޑު ހޫނުވުމުގެ ސަބަބުން ތޫފާންތައް އުފެދޭ މަގުތައް ބަދަލުވެ، ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، އަނެއް ބައި ހިސާބުތަކަށް ހަނަފަސްކަން އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެއް ކަމަށެވެ.

ނަމަވެސް ކެންޔާގެ ހާލަތަށް ބަލާއިރު، އިންޑިއަން އޯޝަން ޑިޕޯލް އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރު ކުރަމުންދާ ވިއްސާރައާއި ވަރަށް ބޮޑަށް ގުޅުން އޮންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކެންޔާ އާއި އިރުމަތީ އެފްރިކާގެ އެހެން ހިސާބުތަކަށް މިދިޔަ އަހަރުގެ "ކުރު ވިއްސާރަ" މޫސުން ދެ ގުނަ އިތުރުވެފައިވާ ކަމަށް ސައިންސްވެރިންގެ ގްރޫޕެއް ކަމަށްވާ ވޯލްޑް ވެދަރ އެޓްރިބިއުޝަންގެ ބައިވެރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އެނަލިސިސްއެއްގައި ވަނީ ފާހަގަކޮށްފައެވެ.

މިފަހަކަށް އައިސް ކެންޔާއަށް ދިގު މުއްދަތަކަށް މޫސުން އަންދާޒާ ކުރަން ދަތިވެފައިވާއިރު، ހޫނު އަދި ވިއްސާރަ މޫސުން ފެށުމާއި މުއްދަތު ވެސް އަންނަނީ ބަދަލުވަމުންނެވެ. ކެންޔާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ވިއްސާރައިގެ ދިގު މޫސުން ޖޫން މަހާ ހަމައަށް ކުރިއަށް ދާނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ހަތް ދުވަހުގެ އެންމެ ފަހުގެ މޫސުމާ ބެހޭ ރިޕޯޓުގައި ބުނެފައިވަނީ ކެންޔާގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހަ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން އެކަށީގެންވާ ކަމަށެވެ.

ކެންޔާދުނިޔެފެންބޮޑުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު