Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޕަރޭޝަން ކުރަނގި ފެށުން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" ފަށައިފި

3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2024 | ބުރާސްފަތި 09:13
ހޯމް މިނިސްޓަރު އަލީ އިހުސާން މީޑީއާތަކަށް މައުލޫމާތު ދެއްވަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން މީޑީއާތަކަށް މައުލޫމާތު ދެއްވަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ގައުމީ ހަރަކާތެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement

މިމަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް މާލެއަށް ފޯކަސް ކޮށްފައިވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ފުރަތަމަ ފޭސްގެ ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރާމެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މުޅިރާއްޖޭގައި މިމަސައްކަތް ކުރިއަށްގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިހްސާން ވިދާޅުވީ އެމީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް މާލެއަށް އައުމަށް އުދަނގޫވާ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް އަޕްޑޭޓް ކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ 3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންގެ މައްސަލަ ހައްލު ކުރުމަށް މި ޕްލޭންގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ މިމައްސަލަ ހައްލު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން އެބައޮތް ކަމަށެވެ.

އިހްސާން ވިދާޅުވީ ވޯކް ޕާމިޓްގައި، ނުވަތަ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އައިސް ފިލައިގެން އުޅޭ މީހުން ދެނެގަންނާނެ ކަމަށާއި، އެމީހުން މިހާރު މަސައްކަތް ކުރަމުންދާ ކުންފުންޏެއް ދަށަށް ރަޖިސްޓްރީ ނުކުރެވޭ ހާލަތުގައި، އެމީހަކު އެބުނާ ގައުމެއްގެ އެމްބަސީއާ ގުޅިގެން ނަމަވެސް އެމީހަކު ރާއްޖެއިން ފޮނުވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމަށެވެ. ޖޫރިމަނާގެ ފައިސާ ހުރި ނަމަވެސް ބޮޑަށް ބަލަނީ އެފައިސާ މައާފު ކުރުމަށްފަހު ވެސް މިމައްސަލައަށް ހައްލު ގެނައުމަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖެއަށް އެތެރެފައިވާ އެންމެންގެ ރިކޯޑް ސިސްޓަމްގައި ހުންނާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ރާއްޖެއަށް އެތެރެވުމަށްފަހު ފުރާފައިނުވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން އޮޕަރޭޝަން ކުރަނގި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

18 ޑިސެމްބަރު 2024
އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
20 ނޮވެމްބަރު 2024

"ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕްގައި ޑްރަގު ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން"

20 ނޮވެމްބަރު 2024
"ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕްގައި ޑްރަގު ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން"
22 އޮކްޓޯބަރު 2024

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

22 އޮކްޓޯބަރު 2024
ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން
30 އޯގަސްޓު 2024

"ޤަވައިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް، ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން"

30 އޯގަސްޓު 2024
"ޤަވައިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް، ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން"
20 ޖުލައި 2024

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

20 ޖުލައި 2024
ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު