Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ފެށި އެ ޕްރޮގްރާމަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޮކްޓޯބަރު 2024 | އަންގާރަ 14:02
ހޯމް މިނިސްޓަރ އަލީ އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން

ބިދޭސީން ގެންނަ ފަރާތްތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން، 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ވިސާ ފީ އާއި، ކޯޓާ ފީ ފަދަ ފީތައް ނުދައްކައިގެން ދައުލަތަށް ލިބެންވާ 1.7 ބިލިއަނެއްހާ ރުފިޔާ ނުލިބިވާ ކަމަށާއި އެ ފައިސާ ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. މިހާރު ދައުލަތަށް ނުލިބި ވަނީ 703 މިލިއަނެއްހާ ރުފިޔާ ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ ތެރެއިން ފައިސާ ނުދައްކާ މީހުން އެކްސްޕެކްޓް ސިސްޓަމުން ބްލޮކްކޮށް ޚިދުމަތް ދިނުން ހުއްތާލާ ކަމަށާއި، ފައިސާ ދެއްކުމުން އެ މީހުންނަށް އަލުން ޚިދުމަތް ދެމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ސަރުކާރުން ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

"އޮޕަރޭޝަން ކުރަނގި" އަށް ބޭނުންވާ ސޮފްޓްވެއަރ ވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާކުރީ ޖުލައި މަހުގެ ތެރޭގައެވެ. މިއީ، ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މިނިސްޓަރ އިހުސާން ވަނީ އެ ޕްރޮގްރާމްގެ އެންމެ ފަހުގެ ތަފްސީލްތައް ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ. ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް 3 އަހަރު ތެރޭގައި ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ މުވައްޒަފުން ތަމްރީންކުރުމާއި ވެސް އެކުގައި ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. މިހާރު 82 ރަށެއްގައި އޮޕަރޭޝަން ކުރަނގި ހިނގަމުންދާ ކަމަށާއި 6801 ފަރާތުގެ މައުލޫމާތު މިހާތަނަށް ނަގާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަމާޒަކީ އެޕްރީލްގެ ކުރިން އެ އޮޕަރޭޝަންގެ ފުރަތަމަ ފޭސްގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތް ކުރިން އަމާޒުކުރި ވަރަށް ވުރެ އަވަހަށް ނިމޭނެ ކަމަށާއި ޖެނުއަރީގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ފެށި އެ ޕްރޮގްރާމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެންމެ ފުރަތަމަ ކ. ހިންމަފުށީގަ ފެށި މި ޕްރޮގްރާމް މިހާރު ކ. މާފުށީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަން ފުޅާ ކޮށްފައި ވަނީ ކައުންސިލްތަކުގެ އެހީ އާއި އެކު ބިދޭސީންގެ މައުލޫމާތުތައް އެއް ކުރާ ގޮތަށެވެ. މީގެ އިތުރުން މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލެވޭނެއެވެ. މިހާރު ކައުންސިލްތަކަށް ވަނީ ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާ ކޮށްފައެވެ. މި އޮޕަރޭޝަން އަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން އެއްކޮށް، އެ ބިދޭސީ މީހާާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ނުވަތަ ނޫންތޯ ޔަޤީން ކުރެވޭނެއެވެ. މި އޮޕަރޭޝަންގެ ދަށުން ކައުންސިލް އިދާރާތަކުގެ އެހީތެރިކަމާއި އެކު ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްްތަކާއި އެ މީހުންގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންބިދޭސީންހައުސިންގ މިނިސްޓްރީކުރަނގިއޮޕަރޭޝަން ކުރަނގި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
03 އޮކްޓޯބަރު 2025

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު
12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު