Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީން ޑީޕޯޓްކޮށްލުން

"ޤަވައިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް، ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން"

ރިޓްސް އިސްކޮށް ހުރި ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ ހައްޔަރުކޮށް ޑީޕޯޓްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2024 | ހުކުރު 13:55
ގަވައިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓްކުރި މީހުން

ގަވައިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓްކުރި މީހުން

ޤަވާއިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް ކަމަށާއި އެ މީހުން ޑީޕޯޓްކޮށްލީ ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިހުސާން އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އިހުސާން އެފަދައިން ވިދާޅުވެފައި މި ވަނީ ރާއްޖޭގައި ބިއުޓީ ސެލޫން ހިންގަނިކޮށް އިމިގްރޭޝަނުން ޑީޕޯޓް ކުރި ބިދޭސީން ޑީޕޯޓް ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ ބައެއް އާއްމުން އެކަމާއި މެދު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެެވެ. އިހުސާން ވިދާޅުވީ އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައިކުށްތަކަށް އަރައިގަންނަ މީހުންނަށް ޚާއްސަ ފޯކަސް އެއް ބަހައްޓާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ވިޔަފާރި ކުރާ މީހުން ހިފާ ހައްޔަރުކޮށް ޑީޕޯޓްކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ،

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ޑީޕޯޓްކޮށްލި ބިދޭސީން ޑީޕޯޓްކޮށްލުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ސެލޫން އިން ހިދުމަތް ހޯދުމަށް ފަހު ފައިސާ ދައްކަން މައުލޫމާތާ އެކު ބަހައްޓާފައި ހުރި ބޯޑުގައި ހިމަނާފައިވާ އެކައުންޓު ނަންބަރަކީ ސެލޫން ހިންގަމނުން އައި ރިޒް އާއި ޕާސަނަލް ގުޅުމެއް ބާއްވައިގެން އުޅުނު ރާއްޖޭގައި މަސައްކަތް ކުރާ އެހެން ބިދޭސީއެއްގެ އެކައުންޓް ކަމަށް އިހުސާން ވިދާޅުވިއެވެ. މި މައްސަލައިގައި އެ ބިދޭސީ މީހާ ދިން ބަޔާނަށް ބަލާއިރު، އެކަމަށް ބިދޭސީ މީހާ އެއްބަސްވެސް ވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރިޓްޒް ސެލޫންއަކީ ދިވެހިންގެ މެދުގައި މަޤުބޫލު ސެލޫނެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ހިންގަމުން ދިޔަ ދެމީހަކު ހައްޔަރުކޮށް ޑީޕޯޓުކޮށްލީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

އެކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮސްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުންދިޔަ މައްސަލައިގައި ޑީޕޯޓު ކޮށްފައި ވަނީ ދެ ސެލޫން އެއް ހިންގުމުގައި އުޅުނު މީހުންނާއި އެ ސެލޫންތައް ހިންގުމުގައި އިސްކޮށް ތިބި މީހުން ކަމަށެވެ. އެގޮތުން އެ ދެ ސެލޫނަކުން ޖުމުލަ ހަ މީހުން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޑީޕޯޓްކޮށްފައިވާ މީހުންގެ ތެެރެއިން ހަތަރު ބިދޭސީންނަކީ ރިޓްޒް ބިއުޓީ ސެލޫންގެ ނަމުގައި ހިންގި ސެލޫންގެ މީހުންނެވެ. އެ ސެލޫން ހިންގުމުގައި އިސްކޮށް ހުރި ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ އެ 5 މި މީހުން އިމިގިރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓު 11 ގައި ކަމަށެވެ. އަދި އެ އެންމެން ވެސް އޭގެ ދެ ދުވަސް ފަހުން ޑީޕޯޓު ކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.

އޭގެ ފަހުން މިމަހުގެ 18 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސުޝްމިތާ ދައުގޮދާ (ސުޒޫ)ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ޑީޕޯޓްކުރީ އަންގާރަ ދުވަހު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކާ ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންގެ ޓާސްކް ފޯސްގެ ކޮމްޕޮޒިޝަން އަށް ބަދަލުގެނެސް ބައެއް އިތުރު އިދާރާތައް ޓާސްކް ފޯސް އަށް އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ބިދޭސީންމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު