Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޭޕް މަނާކުރުން

"ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕްގައި ޑްރަގު ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން"

ވޭޕް މަނާކުރަން ސަރުކާރުން އިއުލާންކުރި ދުވަސްވަރު އަތުލައިގަތް ވޭޕް ގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް އަންގާރަ ދުވަހު ފުލުހުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 14:47
ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން

ވޭޕް މަނާކުރަން ސަރުކާރުން އިއުލާންކުރި ދުވަސްވަރު އަތުލައިގަތް ވޭޕް ގައި މަސްތުވާތަކެތި ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުންކަމަށް ސަރުކާރުން ބުނެފިއެވެ.

އެކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ.

Advertisement - newsAdvertisement

ވޭޕް މަނާކުރަން ސަރުކާރުން އިއުލާންކުރި ދުވަސްވަރު އަތުލައިގަތް ވޭޕް ގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް އަންގާރަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލްގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވުނު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމްސްއިން ހިފަހަައްޓާފައިވާ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންގެވި ޑިސިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އަދި 14 މެއިގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހެފެހެއްޓުނު ކެނަބިސް އަޅާފައިވާ ވޭޕް ކާޓްރިޖްގެ ފޮޓޯއެއްކަމަށް ބުނާ ފޮޓޯއެއް މިނިސްޓަރު އެކްސްގައި ޕޯސްޓްކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އެހެންނަމަވެސް އެއަރޕޯޓްގައި ކަސްޓަމްސްއިން ކްލިއަރ ކުރަމުންދާ ތަކެތިން ޝައްކުކުރެވޭފަދަ ކަމެއް ފެނިއްޖެ ނަމަ ރެޕިޑް ޓެސްޓްކޮށް ޕޮޒިޓިވްވާނަމަ ހިފެހެއްޓި ތަހްގީގަށް ހަވާލުކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިވޭޕް ޝިޕްމަންޓުންވެސް ރެޕިޑް ޓެސްޓް ހެދި ކަމަށާއި އެ ޓެސްޓުން އެތަކެތު ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އާންމު އުސޫލުން މިތަކެތި ތަހްޤީގަށް ފުލުހުންނާ ހަވާލުކުރެވި ލެބޯރެޓަރީ ޓެސްޓް ހަދާފައިވާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިޓެސްޓާއި ރެޕިޑް ޓެސްޓް ނަތީޖާ ދިމާވާ ނުވެއްޖެނަމަ އިތުރަށް ކޮންފަރމެޓަރީ ޓެސްޓްތައް ހަދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ތަހުގީގަށް ބޭނުންކުރާނީ ކޮންފަރމެޓަރީ ޓެސްޓް ހެދުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޔަޤީންވާ ޓެސްޓުތަކެވެ.

މަސްތުވާތަކެތި ހިމެނޭ ވޭޕް ކާޓްރިޖްތަކެއް އެތެރެކޮށްފައިވާ ކަމަށް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓަކީ ރައީސް ވޭޕް މަނާކުރުމަށް ނިންމަވާ އެކަން އެކްސްގައި ހާމަކުރެއްވި ޕޯސްޓާއި ގުޅިގެން ކުރެއްވި ޕޯސްޓެކެވެ. ރައީސްގެ ޕޯސްޓުގައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން ވޭޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް

07 ނޮވެމްބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު