Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިރާސީ އައު އަހަރު

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް

ބޮޑު ޗުއްޓީ މާޗް މަހަށް ބަދަލުކުރުމުން 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށަނީ އެޕްރީލްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2024 | ހޯމަ 21:37
ސްކޫލް އެސަމްބްލީގައި ދަރިވަރުން ބައިވެރިވަނީ

ސްކޫލް އެސަމްބްލީގައި ދަރިވަރުން ބައިވެރިވަނީ

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސްކަން ހާމަވެއްޖެއެވެ.

ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ދިރާސީ އައު އަހަރުގެ ކަލަންޑަރުގައިވާގޮތުން، މީގެ ކުރިން އޮންނަ ގޮތާ ޚިލާފަށް، ދިރާސީ އަހަރުގައި ސްކޫލް ޗުއްޓީއާއި ބަންދުތައް އަދި އެހެނިހެން ކަންކަމަށް ވަނީ ބަދަލު ގެނެސްފައެވެ.

Advertisement - newsAdvertisement

އެގޮތުން ކުރިން 2025 ވަނަ އަހަރުގެ މާޗް މަހު އަހަރުގެ އައު ޓާމް ފެށުމަށް ނިންމި ނަމަވެސް، އެއަށް ބަދަލު ގެނެސް މިހާރު ދިރާސީ އަހަރު ފަށަން ނިންމާފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ސްކޫލުގެ ބޮޑު ބަންދު ނުވަތަ އަހަރީ ޗުއްޓީ އަންނަ ތާރީހަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން އަންނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށަން އޮތް ނަމަވެސް، މާޗް މަހުގައި ރޯދަ މަސް އަންނާތީ އަދި ރޯދައިގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރާތީއާއި އީދު ބަންދާ ދިމާވާތީ، މި ހިނގަމުންދާ 2024 ވަނަ އަހަރު ދިރާސީ އަހަރު ނިމި އަންނަ ބޮޑު ބަންދު ވަނީ ފެބްރުއަރީ މަހުން މާޗް މަހަށް ބަދަލުކޮށްފައެވެ.

އެހެންކަމުން އެޕްރީލް މަހުގެ 6 ވަނަ ދުވަހު 2025 ވަނަ އަހަރު އައު ދިރާސީ އަހަރު ފަށާގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއާއެކު އަންނަ އަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް ހެދުމާއި ދޭތެރޭގައި އެކަމަށް ތައްޔާރުވުމަށް ލިބޭނީ 6 މަސް ދުވަހެވެ.

މީގެ އިތުރުން ގްރޭޑް 8 އަދި 9 ގެ ދަރިވަރުންގެ ކިޔެވުމަށްވެސް ބަދަލުތަކެއް އާދެއެވެ. މީގެ ކުރިން 3 އަހަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭ ވަގުތުގެ ބަދަލުގައި ސަރުކާރުން ސިޔާސީ ކަމެއްގެ ގޮތުގައި ހަދައިގެން ދައިވަރުންގެ ކިޔެވުމަށް މި ގެނައި ބަދަލާއެކު އޯލެވެލްއަށް ތައްޔާރުވުމަށް ދަރިވަރުންނަށް ލިބިގެންދަނީ އަހަރަކާއި 8 މަސް ދުވަހެވެ.

ކަލަންޑަރުގައިވާ ގޮތުން، ދިރާސީ 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފަށާނީ މެއި 26 ގައެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ 26 ސެޕްޓެމްބަރުގައެވެ. އެހެންކަމުން މިއަހަރުވެސް އޯލެވެލް ހަދާ ދަރިވަރުންނަށް ލިބޭނީ 6 މަސް ދުވަހެވެ.

2024 ވަނަ އަހަރުގެ ދެވަނަ ޓާމް ފެށޭނީ އޮކްޓޯބަރު 6 ގައެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ 2025 މާޗް 6ގައެވެ.

ސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު