Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޖޭއޭއިން ރައީސް އޮފީސް ކުށްވެރިކުރުން

ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ އަސްލު އޮޅުވާލަން ރައީސް އޮފީހުން ކުރި މަސައްކަތް ކުށްވެރިކުރަން: އެމްޖޭއޭ

އެމްޖޭއޭއިން ވަނީ މިކަން ހިނގާ ދިޔަ ގޮތް ޔަގީންކުރުމުގެ ގޮތުން ތަފާތު އަށް މީޑިޔާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނާ ވާހަކަދައްކާފައިކަމަށް އެޖަމިއްޔާއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2024 | ހޯމަ 13:25
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ ހަގީގަތް ގަސްތުގައި އޮޅުވާލާ، ނޫސްތަކުން ރިޕޯޓްކުރި ވާހަކަތަކުގެ އަސްލު އޮޅުވާލަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި މަސައްކަތް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ކުށްވެރިކޮށްފިއެވެ.

އޭޕްރީލް 28 ވީ އާދިއްތަ ދުވަހު ރައީސް އޮފީހުގެ އިސްތަރުޖަމާން ހީނާ ވަލީދު ދެއްވި ނޫސްވެރިންގެ ބައްދަލުވުން އޮތީ އެދުވަހުގެ ހެނދުނު 11 ޖެހީއިރިއެވެ. އެބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފުރަތަމަ އެންގީ ފޯނާ ހިފައިގެން ނޫސްވެރިންގެ ބައްދަލުވުމަށް ނުވަދެވޭނެކަމުގައެވެ. ނަމަވެސް ފޯނާ ނުލާ ނުވަންނާނެކަމަށް ބުނެ ނޫސްވެރިން އެކަމާ ދެކޮޅުހެދިއެވެ. އެންމެފަހުން މީގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ، ރައީސް އޮފީހުން ވަނީ އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުމަށް ހުއްދަ ދީފައެވެ. ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ރައީސް އޮފީހުން ނޫސްވެރިން ގާތު ބުނެފައިވެއެވެ. މިޚަބަރު މީޑިޔާތަކުން ރިޕޯޓްކުރިއެވެ. އަދި ނޫސްވެރިންވެސް އެމީހުންގެ އަމިއްލަ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި އެ ބައްދަލުވުމަށް ނުވަދެވޭކަން ހިއްސާކޮށްފައިވެއެވެ. އެއާއެކު މިކަމުގެ ކަންބޮޑުވުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން އަދި އާންމުން ފާޅުކުރަމުންދިޔައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން އާދިއްތަ ދުވަހު ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ފޯނު ވެއްދުން މަނާކުރި މައްސަލައިގައި އެ ޖަމިއްޔާއިން ރައީސް އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމާއި މީގެ ކުރިން ވެސް ރައީސް އޮފީހަށް ފޯނު ވެއްދޭކަން ފާހަގަކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މި ކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ޚަބަރު ދޮގުކޮށްފައި ރައީސް އޮފީހުގެ ވެބްސައިޓްގައި ޚަބަރެއް ޖެހިއެވެ. އެޚަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިންވެސް ބައިވެރިވީ ފޯނާއި އެކުގައިކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެމްޖޭއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ހިނގާދިޔަ ކަންކަން ގަސްތުގައި އޮޅުވާލާ، އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ކޮމެންޓްތަކާ ހެދި އެމްޖޭއޭ އަދި ނޫސްވެރިން ވަނީ އިންތިހާއަށް ނުތަނަވަސްވެފައިކަމުގައެވެ. މިބައްދަލުވުމަށް ފޯނު ނުވެއްދޭނެކަން ނޫސްވެރިންނަށް އެންގީ އެބައްދަލުވުމަށް ނޫސްވެރިން ދިޔަ ފަހުންކަމަށާއި މިކަން ދުރާލާ އަންގާފައި ނެތުމާއެކު މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ ނޫސްވެރިން އިހުތިޖާޖުކުރުމުން އެ ބައްދަލުވުމަށް ފޯނު ވެއްދޭނެ އިންތިޒާމު ރައީސް އޮފީހުން ހަމަޖައްސާފައިވާކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ނޫސްވެރިންނަށް އަންގާފައިވަނީ ދެން މީގެފަހުން ކުރިޔަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަންކަމަށް އެމްޖޭއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަންތައް ހިނގާދިޔަ ގޮތް އެމްޖޭއޭއަށް ރިޕޯޓްކޮށްފައިވަނީ ބައްދަލުވުމަށް ދިޔަ ނޫސްވެރިންކަމަށާއި އަދި އެމްޖޭއޭއިން ވަނީ މިކަން ހިނގާ ދިޔަ ގޮތް ޔަގީންކުރުމުގެ ގޮތުން ތަފާތު އަށް މީޑިޔާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނާ ވާހަކަދައްކާފައިކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ ހަގީގަތް ގަސްތުގައި އޮޅުވާލާ، ނޫސްތަކުން ރިޕޯޓްކުރި ވާހަކަތައް އޮޅުވާލަން ރައީސް ކުރި މަސައްކަތް އެމްޖޭއޭއިން ކުށްވެރިކުރާކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ރައީސް އޮފީސްއެމްޖޭއޭ

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
18 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

18 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު