Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސޮސިއެޑާޑް އަތުން ރެއާލް މޮޅުކޮށްދިނީ ގުލެއާ

މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 33 މެޗުން 84 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2024 | ހޮނިހިރު 03:53
މެޗުގައި ލަނޑު ޖެހުމަށްފަހު ގުލެއާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ގުލެއާ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 1-0 އިންނެވެ. މޮޅާއެކު ރެއާލަށް ވަނީ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ވެސް ލިބިފަ އެވެ.

މެޗުގައި ރެއާލުން ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އާޑާ ގުލެއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ ކާވަހާލް އެވެ. އޭގެ ތިން މިނެޓު ފަހުން ސޮސިއެޑާޑްގެ ޓަކެފުސާ ކޫބޯ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ، ލޫކަސް ވަޒްކުއޭޒް، ފެޑެރިކޯ ވަލްވާޑޭ، އެޑުއާޑޯ ކަމަވިންގާ އަދި އެންޓޯނިއޯ ރޫޑިގާ އަަށް ފުރުސަތު ދީފައި ވަނީ ބެންޗުންނެވެ. ޓޯނީ ކްރޫސް އަދި ޖޫޑް ބެލިންހަމް މި މެޗުގައި ނުކުޅެ އެވެ.

މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 33 މެޗުން 84 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބެނީ 70 ޕޮއިންޓެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއާޑާ ގުލެއާރެއާލް ސޮސިއެޑާޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު