Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި މުޒާހަރާކުރުނ

ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން 100 މީހުން ހައްޔަރުކޮށްފި

މި މުޒާހަރާއަކީ އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލުމަށް ގޮވާލައި "ޔަހޫދީ ވޮއިސް ފޯ ޕީސް" އިން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 25 އެޕްރީލު 2024 | ބުރާސްފަތި 16:31
އެމެރިކާގައި ބޭއްވި މުޒާހަރާގެތެރެއިން މީހުން ހައްޔަރުކުރަނީ -- ފޮޓޯ: އަނަޑޯލު

އެމެރިކާގައި ބޭއްވި މުޒާހަރާގެތެރެއިން މީހުން ހައްޔަރުކުރަނީ -- ފޮޓޯ: އަނަޑޯލު

ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގެ ސެނެޓަރު ޝޫމަރގެ ގެ ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން 100 އެއްހައި މީހުން ހައްޔަރުކޮށްފިއެވެ.

މި މުޒާހަރާއަކީ އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލުމަށް ގޮވާލައި "ޔަހޫދީ ވޮއިސް ފޯ ޕީސް" އިން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއެކެވެ. މި މުޒާހަރާ އިންތިޒާމް ކޮށްފައިވަނީ ޔަހޫދީ ފަސާވާ ޗުއްޓީއާ ދިމާކޮށެވެ.

އިސްރާއީލަށް 26 ބިލިއަން ޑޮލަރު ދޭނެ އެހީގެ ޕެކޭޖަކާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ ނިއުޔޯކްގެ ބްރޫކްލިންގައި ހުންނަ ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާގެ ގެ ކައިރިން ފަލަސްތީނަށް ތާއީދުކުރާ 100 މީހުން ހައްޔަރުކޮށްފައިވާއިރު، ރައިސް ޖޯބައިޑެންގެ ސަރުކާރުން އިސްރާއީލަށް ކުރާ ތާއީދު ހުއްޓާލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

ޔަހޫދީ ވޮއިސް ފޯ ޕީސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ އިސްރާއީލަށް ދޭ 26.6 ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި 95 ބިލިއަން ޑޮލަރުގެ ބޭރުގެ އެހީގެ ޕެކޭޖެއް އެމެރިކާގެ ސެނެޓުން ފާސްކުރުމާ ގުޅިގެން އިސްރާއީލަށް ދޭ އެހީ ހުއްޓާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

އެ ޖަމާއަތުން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝޫމަރގެ ގޭގެ ދޮރުމަތީގައި ޓްރެފިކް ބްލޮކްކުރީ އިސްރާއީލު ސަރުކާރުން ޖަރީމާއެއް ހިންގަމުންދާތީ އެމެރިކާއިން އިސްރާއީލު ސަރުކާރަށް ހަތިޔާރު އެޅުމާއި ފަންޑުކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ނިއުޔޯކް ގެ ފުލުހުން މުޒާހަރާގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް އެ ޖަމާއަތުން ބުނާއިރު، އެމެރިކާގެ ބައެއް އައުޓްލެޓްތަކުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ޔަހޫދީ ވޮއިސް ފޯ ޕީސްގެ އެގްޒެކެޓިވް ޑިރެކްޓަރު ސްޓެފާނީ ފޮކްސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިސްރާއީލާއި ޔޫކްރެއިން އަދި ޓައިވާނަށް 95 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖް ސެނެޓުން ފާސްކޮށްފައިވާއިރު ޝޫމަރަށް މެސެޖެއް ދިނުމުގެ ގޮތުން ފަސާވަރުގެ ތެރޭގައި މުޒާހަރާ ކުރި ކަމަށެވެ.

މިދިޔައަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލްގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުކޮށްފައިވާއިރު، 70،000 އަށްވުރެ ގިނަމީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާގެ 60 އިންސައްތަ މީހުންގެ ގޮދޮރުގެއްލި އިންސާނީ ކާރިސާއެއްގެ ތެރެއެއަށް މުޅި ޣައްޒާ ވަނީ ވައްޓާލައިފައެވެ.

އެމެރިކާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު