Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަރްތިކާ ޔަހްޔާ

ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް

ލަވައިގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުމަށް ބޭނުން: ކަރްތިކާ ޔަހްޔާ

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 16 ޖެނުއަރީ 2017 | ހޯމަ 11:14
އިންޑޮނޭޝިޔާއަށް ނިސްބަތްވާ ކަރްތިކާ ޔަހްޔާ (ތީކާ) އަކީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ލަވަކިޔުންތެރިއެއް

އިންޑޮނޭޝިޔާއަށް ނިސްބަތްވާ ކަރްތިކާ ޔަހްޔާ (ތީކާ) އަކީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ލަވަކިޔުންތެރިއެއް

އިންޑޮނޭޝިޔާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ކަމަށްވާ ކަރްތިކާ ޔަހްޔާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، އެކަމުން މިހާރު އަރައިގަނެފައިވާ ޢުމުރުން 36 އަހަރުގެ އަންހެނެކެވެ.

އޭނާއަކީ މިއުޒީޝަނެއްގެ އިތުރުން އިންޑޮނޭޝިޔާގައި ޖިންސީ ހަމަހަމަކަމަށް ގޮވާލާ ތަފާތު ޙަރަކާތްތައް ހިންގާ އެކްޓިވިސްޓެއް ވެސް މެއެވެ. ޢުމުރުން އެންމެ 10 އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި، ޔަހްޔާ އެކަމުން އަރައިގަންނަން 26 އަހަރު ނެގި ކަމަށް އޭނާ ބުނެއެވެ.

ބީބީސީއިން ހޮވާ އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރޭގައި ޔަހްޔާ ހިމެނިފައިވާއިރު، އޭނާ މައިގަނޑު ގޮތެއްގައި މަޤްބޫލު ވެފައި ވަނީ ހަށިގަނޑުގައި އުފެދިފައި ހުރި ޒަޚަމްތަކުގައި ލިރިކްސް ލިޔުމުގެ އިތުރުން އަންހެނުން އެމީހުންގެ ހަށިގަނޑާ މެދު އިތުރަށް "ކޮންފިޑެންޓް" ކުރުމަށް މަސައްކަތްކުރާ އަންހެނެއްގެ ގޮތުގައެވެ.

ޔަހްޔާ ނުވަތަ މަޝްހޫރު ނަމުން ނަމަ ތީކާ ދާދި ފަހުން ލިޔެ، ކިޔާފައިވާ ލަވައެއް ކަމަށްވާ "މައި ބޮޑީ، މައި އޮތޯރިޓީ" އާ ގުޅިގެން މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ އިންޑޮނޭޝިޔާގެ އެތައް ބައެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ލަވަޔާއި މިއުޒިކްގެ ޒަރީޢާއިން އޭނާ ބޭނުންވަނީ މުޖުތަމަޢުގައި އަންހެނުން ހަމަހަމަކޮށް، ބާރުވެރި ކުރުވުމުގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި އޭނާގެ ލަވަތަކާ ގުޅިގެން މީހުންގެ މެދުގައި ޚިޔާލު ތަފާތު ވީ ނަމަވެސް، އެ ޚިޔާލުތަކުގެ ސަބަބުން ވެސް އަންހެނުންނަށް މުޖުތަމަޢުގައި ފައިދާތަކެއް ކުރުވުމަށް އޭނާ ބޭނުންވެއެވެ.

އޭނާ ކިޔާދީފައިވާ ގޮތުގައި އޭނާ ލިޔެފައިވާ ލިރިކްސްތަކަކީ އަންހެނުންނާ މެދު މީހުން ދެކޭ ދަށު ދަރަޖައިގެ ސަބަބުން އިންތިހާއަށް ކަންބޮޑުވެގެން ލިޔެފައިވާ ލިރިކްސްތަކެކެވެ. އަދި ވަކިން ޚާއްޞަކޮށް އަންހެނުންގެ ހަށިގަނޑު އެމީހަކު ބޭނުން ގޮތަކަށް ގެންގުޅުމަށް ބާރުއަޅާ، އެކަމަށް ހިތްވަރު ދޭން އޭނާ ބޭނުންވާ ކަމަށް ޔަހްޔާ ބުންޏެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު