Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ20 ރައްޔިތުން މަޖިލިސް އިންތިޚާބުގެ ނަތީޖާ

މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ

ނަތީޖާއަށް ބަދަލު އަންނަފަދަ މާ ބޮޑު މައްސަލައެއް ކުރިމަތިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 އެޕްރީލު 2024 | ހޯމަ 10:31
މަޖިލިސް އިންތިޚާބު 2024ގެ ތެރެއިން

މަޖިލިސް އިންތިޚާބު 2024ގެ ތެރެއިން

20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ހޯމަ ދުވަހު ރާއްޖެއެމްވީއަށް އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ސުލްހަވެރިކަމާއި އަމާންކަމާއެކު ކަމަށެވެ. އަދި ނަތީޖާއަށް ބަދަލު އަންނަފަދަ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، ވޯޓުލުން މެދުކަނޑާލަންޖެހޭ ފަދަ ހާލަތެއް ވެސް ކުރިމަތިނުވާ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ހަސަން ވިދާޅުވީ މި އިންތިޚާބުގެ ހުރިހާކަމެއް ކުރިއަށް ގެންދިއުމުގައި ސިޔާސީ ޕާޓީތަކުގެ ފަރާތުންނާއި ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.

ވޯޓާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ހަސަން ވިދާޅުވީ ހޯމަ ދުވަހުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ. އަދި މިމަހުގެ 28ވާ އާދިއްތަ ދުވަހު ނުވަތަ އެއަށްވުރެ ވެސް ކުރިން ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓާސް ޓާންއައުޓަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ މަޖިލިސް އިންތިޚާބުތަަކުގައި އާއްމު ގޮތެއްގައި ވޯޓުލާ މީހުންގެ ނިސްބަތަށް މިފަހަރުގެ އިންތިޚާބުތަކުގައި ވޯޓުލާފައިވާ ކަމަށާއި، ވޯޓާސް ޓާންއައުޓް ރަނގަޅު ކަމަށެވެ. 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނުކުމެފައިވަނީ އެ ހައްގު ލިބޭ އެންމެ 75 އިންސައްތަ މީހުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 215,860 މީހުންނެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓާސް ޓާންއައުޓު އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ވޯޓިންގ ޕްރޮސެސް މިހާރަށް ވުރެ ފަސޭހަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވޯޓާސް ޓާންއައުޓް ދަށް މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގައި ދިރާސާއެއް ހަދަންޖެހޭ ކަމަށާއި ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުލާން އެހައި ފޫހިވާ ސަބަބުތައް ދެނެގަނެ މިމައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ފަހުން އިންތިޚާބެއް ނެތި ދެއަހަރު ދުވަސް ލިބިގެންދާއިރު، އިލެކްޝަންސް ކޮމިޝަނުން މި ދިރާސާ ހެދުމަށް މަސައްކަތްތައް ފަށާނެ ކަމަށާއި އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު މަޖިލިސްރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 އިލެކްޝަންސް ކޮމިޝަންހަސަން ޒަކަރިއްޔާ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު