Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޕަރޭޝަން ބްލޫ ޓައިޑް

އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި

ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2024 | ހުކުރު 11:20
އޮޕަރޭޝަން ބްލޫ ޓައިޑް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޮޕަރޭޝަން ބްލޫ ޓައިޑް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ‘’އޮޕަރޭޝަން ބްލޫ ޓައިޑް” ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިންގ ދީފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން، ވަރަށް ފުރިހަމައަށް މިމަސައްކަތްކޮށް ދެއްވާފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކޮމާންޑަރަށާއި ޓީމަށް ޝުކުރު އަދާކުރެއްވިއެވެ. 

ހަމައެއާއެކު މިއަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަމާން އޮމާންކަމާއެކީ، ވޯޓްލާން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށްވުމާއެކު ކޮންމެ ފުލުހަކު އެފުލުހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް ވަރަށް އިހްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރައްވާއިރު ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިލެއްވިއެވެ. ކަނޑައެޅިފައިވާ މިންގަނޑަށް ތައްޔާރުވެގެން ޑިއުޓީއަށް ހާޒިރުވުމަށާއި ފުލުހުންގެ ތަސައްވުރަށް ކިލަނބުކަން އަންނާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

މީގެ އިތުރުން މިފަދަ ކޮންމެ ފުރުސަތަކީ ފުލުހުންގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވައި،  ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެއްކުމަށް ހުޅުވިގެންދާ ދޮރަކަށްވާއިރު އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.

މި ބްރީފިންގގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަ ފުޅުގައި އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކްސަސައިޒްތަކުން ދަސްވި ކަންކަމާއި ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށް، މަސައްކަތްކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ. 

މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ރިޔާސީ އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ޑެޕިއުޓީ ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްގެ އިތުރުން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ. މާލޭގައި ބްރީފިންގ ކުރިއަށް ދިޔަވަގުތު .މި ބްރީފިންގގައި ރަށްރަށުގައި ތިބި ފުލުހުންގެ ވެސް ވަނީ އޮންލައިކޮށް ބްރީފިންގގައި ބައިވެރިވެފައެވެ.

މި ބްރީފިންގ އާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން “ ބްލޫ ޓައިޑް” ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކުރެވިފައެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

އީދު ބަންދާ ގުޅިގެން ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަންގައި 92 އުޅަނދެއް ބަލާ ފާސްކޮށްފި

އީދު ބަންދާ ގުޅިގެން ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަންގައި 92 އުޅަނދެއް ބަލާ ފާސްކޮށްފި

02 ސެޕްޓެމްބަރު 2017
އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި

އައްޑޫ ސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި 315 އުޅަނދު ބަލާ ފާސްކޮށްފި

25 ޖޫން 2017
ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާ އެކު ބަޔަކު އަތުލައިގެންފި

23 ޖޫން 2017
ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

19 މެއި 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު