Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަފްރާޝީމްގެ މަރު

ރައީސް ޔާމީން އުޅުއްވަނީ އަފްރާޝީމް އަވަހާރަކުރުމަށް ފަންޑުކުރީ އަދީބު ކަމަށް ދައްކައި، މުޅި ވާހަކަ އޮއްބާލަން: ހުމާމްގެ އާއިލާ

ހުމާމާއި އަދީބު ރިސޯޓެއްގައި ބައްދަލުކުރި ވާހަކައަކީ ދޮގެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 16:27
ހ. ލޮބީ ހުސެއިން ހުމާމް

ހ. ލޮބީ ހުސެއިން ހުމާމް

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑުކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ދައްކައި، އެ މަރުގެ ވާހަކަ އޮއްބާލަން ކަމަށް، އެ މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ ހުސެއިން ހުމާމްގެ އާއިލާއިން ބުނެފި އެވެ.

ހުމާމްގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ ރައީސް ޔާމީން އުޅުއްވަނީ އަދީބާއި ހުމާމް "ލިންކު" ކުރުމަށް ފަހު އަފްރާޝީމްގެ މަރުގެ މައްސަލަ ނިމުނީ ކަމަށް ދައްކައި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ކަމަށެވެ. އެގޮތުން، ހުރިހާ ރައްޔިތުން ވެސް ސުވާލު އުފައްދަމުން ދަނީ އަފްރާޝީމް އަވަހާރަކޮށްލުމަށް ފަންޑުކުރީ ކާކުކަން ނޭނގިގެން ކަމަށާއި، ރައީސް ޔާމީން އުޅުއްވަނީ އެކަން އަދީބުގެ ބޮލަށް "ކަނޑާލަން" ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

ހުމާމުގެ އާއިލާއިން މިހެން ބުނެފައިމިވަނީ، އަފްރާޝީމުގެ މަރުގެ މައްސަލައިގައި ހުމާމު ހައްޔަރުކޮށްފައިވަނިކޮށް ދައުލަތުގެ އެއިރުގެ އިސް ފަރާތަކުން ސިއްރުން އޭނާއާ ރިސޯޓެއްގައި ބައްދަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން އާދިއްތަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ޔާމީން އެހެން ވިދާޅުވުމުގެ ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައި ހުމާމާއި އަދީބު ބައްދަލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައިވެއެވެ.

"އަފްރާޝީމްގެ މަރުގެ މައްސަލައިގައިވެސް އަޅުގަނޑަށް މިހާރު ލިބިިގެން އުޅޭ މައުލޫމާތަކީ މި މައުލޫމާތަކަށް ހެކިދޭ، ނުވަތަ ދަލީލު ދޭ ކަންތައްތައްވެސް އެބަހުރި. ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު ވަރަށް އިސް ބޭފުޅަކު، ހުމާމު ޖަލުގައި ހުއްޓައި ޖަލުން ބޭރަށް ނެރެގެން، ރިސޯޓެއްގައި އޭނާއާ ބައްދަލުކުރި. އޭނާއާ ބައްދަލުކުރި ހުރިހާ މައުލޫމާތެއް އެ ރިސޯޓުގައި އެވަގުތު ތިބި މާފުށީ ޖަލުގެ ދެގާޑުން ހެކިބަސްދީފައި އެބަ ހުރި. ސްޓޭޓްމެންޓެއްވެސް ފުލުހުން ވަނީ ނަގާފަ. އެކަކު އެބަ އޮތް ބަޔާނެއް ދީފަ. އަޅުގަނޑު ބަލަން އެބަޖެހޭ، ކީއްވެގެންތޯ ޖަލުގައި ގާއިދީއަކު ހުއްޓާ ގަވައިދާ ހިލާފަށް އޭނާއާ ބައްދަލުކުރެއްވީ. އެ ބެލީމަ އެނގޭނީ ހަގީގަތުގައި އަފްރާޝިމް މަރާލަން ޝައުގުވެރިކަން ހުރީ ކޮން ބައެއްތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ހުމާމުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ހުމާމްއާއި އަދީބު ބައްދަލުކުރި ކަމަށް ބުނެ ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ހުމާމް ހައްޔަރުކުރި ފަހުން ހަމައެކަނި ގެންގޮސްފައިވަނީ ފޭދޫފިނޮޅަށް ކަމަށެވެ. އަދި ފޭދޫފިނޮޅަށް ގެންދިޔައީ އަފްރާޝީމްގެ އާއިލާ މެންބަރުންގެ ކުރިމަތީގައި ހުމާމް ލައްވާ ކުށަށް އިއުތިރާފްކުރުވަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެންމެ ދެ ގާޑުންނަށް އެނގިގެން ޖަލުން ގައިދީއަކު ނެރެގެން ރިސޯޓަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އަފްރާޝީމްގެ މައްސަލަ އެއްކޮށް އޮއްބާލުމަށް މިހާރު ހަމައެކަނި މަދުވަނީ ފަންޑު ކުރި މީހެއް ކަމަށާއި، އެހެންކަމުން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަފްރާޝީމް މަރާލުމަށް އަދީބު ފަންޑުކުރި ކަމަށް ދައްކައި، މިކަން ނިންމާލުމަށް ކަމަށެވެ. އަފްރާޝީމްގެ ވާރިސުން ވެސް ބޭނުން ވަނީ މަރުގެ އަޑީގައި ހުރީ ކާކުކަން ދެނެގަންނަން ކަން ފާހަގަކޮށް އޭނާ ބުނީ، އެހާ ހިސާބުން ހުމާމް މަރާލުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އާއިލާއަށް ހުމާމާ ބައްދަލުނުކުރެވޭތާ އަދި ފޯނު ކޯލެއް ވެސް ނުކުރެވޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ބައްދަލުކުރަން އެދުމުން، ބައްދަލުނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި ސަބަބެއް ވެސް ހާމަކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ހުމާމްގެ އާއިލާއިން ކުރި ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "ދޭދޭ ވާހަކަތަކަށް" ކޮމެންޓް ކުރަން ބޭނުންނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު