Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ އާރަށު މައްސަލަ

ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި

18 އެޕްރީލު 2024 | ބުރާސްފަތި 13:02

ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވެފައިވާ ޙުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އެޕްރީލު 2024 | ބުރާސްފަތި 13:02
ވ އާރަށު މައްސަލައިގެ ޙުކުމް

ވ އާރަށު މައްސަލައިގެ ޙުކުމް

ފެލިދެއަތޮޅު އާރަށް ތަރައްޤީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގައި އަބްދުﷲ ޔާމީނުގެ މައްޗަށް ޙުކުމް ކުރެއްވުމުގެ އަޑުއެހުން ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ފުރަތަމަ ކުރިއަށްދިޔަ އަޑުއެހުމުގައި ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވެފައިވާ ޙުކުމް ހައިކޯޓުން ވަނީބާތިލުކޮށްފައެވެ. އެއަށްފަހު ދެން ކުރިއަށް ދިޔައީ ޔާމީނަށް ސާބިތުވެފައިވާ ޙުކުމުގެ ބައެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް 14 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު، ފުރަތަމަ ނުކުތާއަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ކްރިމިނަލް ކޯޓުން ގުނާފައިވާ ގޮތާ ގުޅޭގޮތުން ހުށަހެޅި ނުކުތާއެކެވެ.

ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދައުލަތާއި ދިފާއަށްވެސް ދެއްވާފައެވެ. އަދި 15 ދުވަސް ގުނާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ ދަށުންކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ހުށައެޅުމެއް ހުށައަޅުއްވާފައިނުވާކަން ބަޔާން ކުރައްވައި، އެ ހުށައެޅުންތައް ބަަލައިނުގެންނެވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެއްވި މުއްދަތު ގުނާނެ ގޮތާއި ގުޅޭގޮތުން ދިފާއުން ސުވާލު ކުރުމުން ގާޒީ އޭރު ސާފު ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ.

ޔާމީނުގެ ފަރާތުން ތަކުރާރުކޮށް އެ ސުވާލު ކުރުމުންވެސް، މުއްދަތު ގުނާނެ ގޮތުގެ ސާފު ޖަވާބެއް ގާޒީ ދެއްވާފައިނުވާ ކަމަށާއި، ދަށު ކޯޓުން ފަހުން އަމަލުކުރި ގޮތުން އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް ޔާމީނަށް ގެއްލިގެން ގޮސްފައިވާކަން ފަނޑިޔާރު ހުޒައިފާ ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން އަމަލުކޮށްފައިވާ ގޮތުން ދައުލަތާއި ދިފާއަށްވެސް އޮޅުން އަރާފައިވާކަން މައްސަލައިގެ ޝަރީއަތް ހިނގާފައިވާގޮތުން އެނގިގެންދާކަމަށެވެ. އަދުލުވެރި ޝަރީއަތެއް ކުރިއަށް ދިޔަކަމަށް ބެލެވޭނީ ޝަރީއަތުގެ އިޖުރާއަތުތަކަށް ދެފުއް ފެންނަ ގޮތަކަށް އަމަލުކޮށްގެންކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ 5 އަދި 6 ވަނަ ނުކުތާ ބިނާވެފައިވަނީ ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގެންފައިވާތީ ހުށަހަޅާފައިވާ ނުކުތާއެކެވެ. އެ ނުކުތާގައި ހައިކޯޓުން މިހާރު ވަނީ ގޮތް ނިންމައި، ދައުލަތުގެ "ސަޕްރައިޒް" ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމީ ރަނގަޅަށް ނޫންކަމަށް ކަނޑަައަޅާފައެވެ. އެއީ ޔޫސުފް ނައީމްގެ ބައިގައި ކުރި ޙުކުމުގައެވެ.

ޔާމީނުގެ ފަރާތުން ވަނީ މި މައްސަލައިގައި އިއްވާފައިވާ ޙުކުމާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ ތަފާތު ކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފަށްވެސް އޭގެ އަސަރުކޮށްފައިވާކަމަށް ފާހަގަކޮށްފައވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހުށަހަޅާފައިއެއް ނުވެއެވެ. އެހެންކަމުން ހައިކޯޓުން އެ ނުކުތާގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔާމީނުގެ ފަރާތުން ހުށަހެޅި ގިނަ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައިވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައްޗަށެވެ.

ޔާމީނުގެ މައިގަނޑު ޖަދަލަކީވެސް އެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ނެތުމުން، ބޭއިންސާފު ކުރިމަތިވެފައިވާ ކަމެވެ.

ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ދެފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެވި، އަލުން އެކަންކަން ބަލަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުގެ ނިންމެވުމަށް ބާކީ ތިއްބެވި ދެ ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރުން ނިންމަވާފައިވަނީ ހައިކޯޓުގެ މި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިގަނެ، އެކަންކަމާމެދު އަލުން ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް